Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަލީ ވަހީދު

ދައުރުވަނީ ސައްހަ އޯޑިއޯތަކެއް ނޫން، އެއީ އަބުރުކަތިލުމަށް ހިންގާ ޖަރީމާއެއް: އަލީ ވަހީދު

އޯޑިއޯ ލީކް ކޮށްލާފައިވަނީ ހޮނިހިރު ދުވަހުގެރޭ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2020 | ހޮނިހިރު 20:33
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަމީން އާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަމީން އާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ޝޯޝަލް މީޑީއާގައި ލީކްވެފައިވާ އޯޑިއުތަކަކީ ސައްހަ އޯޑިއޯތަކެއް ނޫންކަމަށް ވިދާޅުވެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިފާއުވެވަޑައިގެންފިއެވެ.

ޓުވިޓަރގައި ލީކުކޮށްލާފައިވާ އޯޑިއޯއަކީ ޓުރިޒަމް މިނިސްޓަރ އަލީ ވަހީދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްސަދު އަލީ (އަޑުބަރޭ) އާއި ދެމެދު ބުރާސްފަތި ދުވަހު ދެކެވުނު ވާހަކައެއް ކަމަށް އެ އޯޑިއޯ ލީކުކޮށްލި ޓްވިޓަރ އެކައުންޓުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

އެ އޯޑިއޯގައި، ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖޭގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށްޓަކައި ހުރިހާ މަސައްކަތެއް ކުރެއްވީ ޓޫރިޒަމް މިނިސްޓަރުކަމަށް ވިދާޅުވެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އަށް ނިސްބަތްކޮށް ބޭއަދަބީކޮށް "އަލީ ވަހީދު" ކަމަށް ބެލެވޭ ފަރާތަކުން ވާހަކަދައްކަވާ އަޑުއިވެއެވެ. އަދި ހެލްތު މިނިސްޓަރަށް ކުރެވޭހާވެސް ކަމަކީ ހެދިކާ ކެއުން ކަމަށާއި ޕީއާރަށް ދެ ކެމެރާމަނުން ގެންގުޅުން ކަމަށް ވެސް އޯޑިއޯގައި ވިދާޅުވެއެވެ.

އަމީން ހުރިހާ މަސައްކަތެއްވެސް ކުރައްވަނީ ޓްވިޓަރއަށް ކަމަށާއި އެއީ ވަގުތު ބޭކާރުކުރުން ކަމަށް އޯޑިއޯގައި އަޑުއިވެއެވެ. އަދި ޓްވިޓަރގައި ދައްކާ ވާހަކައަކީ އާއްމުން ބަލައިގަންނަ ކަންކަމެއް ނޫން ކަމަށާއި، ކޮރޯނާވައިރަސް އާއި ގުޅިގެން ގާއިމު ކުރެވުނު އައިސޮލޭޝަން ފެސިލިޓީތަކުގައި ރަނގަޅީ މީހަކު ކަރަންޓީނު ނުވިއްޔާ ކަމަށް އޯޑިއޯގައި އަލީ ވަހީދުކަމަށް ތުހުމަތުކުރެވޭ ފަރާތުން ވިދާޅުވާ އަޑުއިވެއެެވެ.

އެކަމާއި ގުޅިގެން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަބުރު ކަތިލުމުގެ ގޮތުން ހިންގާ ޖަރީމާތަކުން އަޒުމެއް ނުގުޑާނެ ކަމަށެވެ. އަދި ހިތްވަރެއްވެސް ބައްޔެއް ނުކުރެވޭނެ ކަމަށެވެ.

މިނިސްޓަރ އަމީނަށް ފާދުވިދާޅުވެ ދައްކަވާފައިވާ އޯޑިއޯއެއްގެ އިތުރުން، މިނިސްޓަރ އަލީ ވަހީދުކަމަށް ތުހުމަތުކުރެވޭ ފަރާތަކުން އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ އާއި، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާ އާއި ގުޅޭގޮތުންވެސް ދައްކަވާފައިވާ އޯޑިއޯތަކެއްވެސް ވަނީ ލީކްކޮށްލާފަ އެވެ. އޯޑިއޯ ރައްދުވާ އެއްވެސް މިނިސްޓަރަކު މިހާތަނަށް އޯޑިއޯތަކާއި ގުޅޭގޮތުން އެއްޗެއް ވިދާޅެއްނުވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު