Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

ކައުންސިލަރުންގެ މުސާރަ ކުޑަކޮށް ބިރު ދައްކަމުންދިއުން

ލީވާން އަލީ
ލީވާން އަލީ | 21 ޖެނުއަރީ 2017 | ހޮނިހިރު 10:22
ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު

ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު

މިއަދު މި ރާއްޖޭގައި އޮތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން ކަމަށާއި މި ސަރުކާރުން ފަރިތަވާނީ ލޯކަނު ކައުންސިލަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ރ. ދުވާހަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ދާއިރާތަކެއްގައި ހުރި ކައުންސިލްތައް ލޯކަނުކޮށް ލިބިފައިވާ ބާރުތައް ކޮށާލަން ކަމަށެވެ.އަދި ކައުންސިލަރުންގެ މުސާރަ ކުޑަކޮށް ބިރު ދައްކަމުންދާކަން ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ މިގައުމުގައި ކޮރަޕްޝަނާއި، އަނިޔާވެރިކަމާއި، ބިރުދެއްކުން އިންތިހާއަށް ގޮސްފައިވާ ކަމަށާއި އެބޭފުޅަކު ބޭނުންވާ ކަމެއް ބޭނުންވެކައްވާ ގޮތަކަށް ކޮށް ސަރުކާރުގެ މަތިއަޅުވައިގެން ތިބުން މިވަނީ އާންމު ކަމަކަށްވެފައި ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ވަރިހަމަ ކޮށްލައިގެން ތިބެވޭކަން ނެތް. އަޅުގަނޑުމެނަންނަކަށް ނެތް ހުރިހާ ކަމެއް މިދަނީ އޯކޭކޮށްނޭ ބުނެލައިގެން ތިބެވޭކަށް. އޯކޭއެއް ނޫން ކަންތައްތައް ދާލެއް،" ޝާހިދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން މިއަދު ނިކުމެ ތިބީ އެކަންތައްތައް ވަރިހަމައެއް ނޫނޭ ބުނަންވެގެން ނޫން ކަމަށާއި މިއަދުގެ ސަރުކާރަށް ފިސާރި ކެރިގެން ސާފު ޖަވާބެއް ދޭންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެޖަވާބުގައި އޮންނަން ޖެހޭނީ ރާއްޖެގައި މިއަދު މި އޮތް ސަރުކާރު ގަބޫލު ނުކުރާ ކަމަށާއި ރައީސް ޔާމީނަށް އިތުރު ފުރުސަތެއް ދޭން ޖެހޭ ކަމަށް ގަބޫލު ނުކޮށް ޕީޕީއެމްއަށް ބޮޑުތަނުން ނޫނެކޭ ބުނުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ދޭ ޖަވާބުގައި އޮންނަން ޖެހޭނީ ކުރު އިބާރާތުން އަޅުގަނޑުމެން ބަލެއެއް ނުގަންނަމޭ ވަގު ސަރުކާރެއް އަޅުގަނދުމެން ގަބޫލެއް ނުކުރަމޭ ކޮރަޕްޝަނެއް، އަޅުގަނމެން ގަބޫލެއް ނުކުރަމޭ އަނިޔާވެރިކަމެއް. އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ އަބްދުﷲ ޔާމީނަށް އިތުރަށް އެއްވެސް ފުރުސަތެއް ދޭންޖެހޭކަމެއް. އެހެން ކަމުން ޕީޕީއެމްއަށް ބޮޑުތަނުން ނޫނެކޭ،" ޝާހިދު ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވައްކަމާއި ކޮރަޕްޝަންގެ ތުހްމަތު ގިނަ ބަޔަކު ކުރަމުންދާއިރު، އެ މައްސަލަތައް ތަހްގީގެއް ކުރިއަށް ނުދެއެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު