Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޮޑު ސުވާލު ޕްރޮގްރާމު

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

ޕީޕީއެމް އަކީ މައުމޫން ކަމަށް އަރީފު ވަނީ ވިދާޅުވެފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 27 ޖެނުއަރީ 2017 | ހުކުރު 12:11
މެންބަރު އަރީފު މައުމޫން ފެކްޝަނު މެންބަރުންނާ އެކު

މެންބަރު އަރީފު މައުމޫން ފެކްޝަނު މެންބަރުންނާ އެކު

ރައީސް ޔަމީނަނީ ޕީޕީއެމްއެއް ނޫން ކަމަށާއި މިއަދު މިފެނިގެންދަނީ ރައީސް ޔާމީން ހިންގެވި ޕީޕަލްސް އެލަޔަންސް (ޕީއޭ) ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ ބޮޑު ސުވާލު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މައުމޫން ފެކްޝަނަށް ނިސްބަތްވާ މެންބަރު ހުސައިން އަރީފު ވިދާޅުވީ، މިއަދު ޕީޕީއެމްގެ ނަމުގައި ރައީސް ޔާމީން ނުކުމެވަޑާއިގެން މަސައްކަތް ކުރެއްވި ނަމަވެސް ފެނިގެންދަނީ ޕީޕީއެމް އެއް ނޫން ކަމަށާއި މިއަދު ފެނިގެންދަނީ ޕީއޭ ޕާޓީ ކަމަށެވެ. ޕީޕީއެމް އަކީ ރައީސް މައުމޫންގެ ފިކުރަށް ތާއީދު ކުރާ ފަރާތްތައް ކަމަށް ދޭހަވާގޮތަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެމަނިކުފާނު ރަށްރަށަށް ވަޑައިގަތުމުން މަރުހަބާ ކިޔުމަށް ނުވަތަ ޖަލްސާ އެއް ބޭއްވުމަށް އެއްވާ ފަރާތްތަކަކީވެސް ކިހިނެތް ވެގެން އެއްވާ ފަރާތްތަކެއް ކަން ރައްޔިތުންނަށް މިއަދު ވަރަށް ސާފުކަމަށެވެ.

Advertisement - newsAdvertisement

އަރީފު ވަނީ މަޖިލީހުން މިއަދު ފާސްކުރާ ގާނޫނުތަކަކީ ކަނޑާއި ޖަންގަލީގައި ހެދިފަ އޮންނަ ގާނޫނުތަކެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. މަޖިލީހުން ފާސްކުރި އަބުރުގެ ބިލްގެ ސަބަބުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ސަރުކާރުގެ ކޮރަޕްޝަން ގޮސްފައިވާ މިންވަރު ވަނީ އަޅުގަނޑުމެން އިނގިނލީގައި ބޭއިހްތިޔާރުގައި ދަތްއެޅޭ ހިސާބަށް ގޮސްފައި. އެގޮތުން އެމްޕީއެލްގެ ތެރެއިން ފެންމަތިވި މައްސަލަތަކާއި ހައުސިން މިނިސްޓރްީގެ އޮޑިޓް ރިޕޯޓުންވެސް މިކަން އިތުރަށް ދޭހަވޭ." އަރީފު ވިދާޅުވި އެވެ.

މި ގައުމުގައި މިނިވަންކަމާ އަދުލުއިންސާފާއި ރައްކާތެރިކަމެއް އެއވެސް ރައްޔިތުންނަށް ނެތް ކަމަށް އަރީފު ވިދާޅުވި އެވެ.

ސަރުކާރުން ހިންގާ ޕާޓީ ޕީޕީއެމް ދެފަޅިވެ، ރައީސް ޔާމީން ފެކްޝަނާއި މައުމޫން ފެކްޝަން އުފެދިފައިވާ އިރު މައުމޫން ފެކްޝަނަށް ނިސްބަތްވާ ޕީޕީއެމް މެންބަރުން އަންނަނީ ސަރުކާރުން ނިންމާ ނިންމުންތަކަށް ފާޅުގައި ފާޑުވިދާޅުވެ އެކަން ބަލައިނުގަންނަކަން ހާމަކުރަމުންނެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު