Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑރ. ޝައިނީ

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރަންޖެހޭ "ހާލަތެއް" މި ވަގުތު ރާއްޖޭގައި ނެތް ކަމަށް

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2017 | އަންގާރަ 11:29
ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ

ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތަށް މުހިންމު ނޫން ކަމަށް ސަރުކާރުން ބުނެފިއެވެ.

އިންޑިއާގެ " ދަ ވަޔާރ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ސަރުކާރުގެ ފަރާތުން އެގްރިކަލްޗަރ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރަންޖެހޭ "ހާލަތެއް" މި ވަގުތު ރާއްޖޭގައި ނެތް ކަމަށެވެ. ނަމަވެސް ސަރުކާރުން ކުރިން ވެސް އޮތީ ޝަރުތެއް ނެތި އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާކުރުމަށް ތައްޔާރަށް ކަމަށް ޑރ. ޝައިނީ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ފަރާތުން މަޝްވަރަތާކުގައި އިސް ފަރާތެއްގެ ގޮތުގައި ބައިވެރިވަޑައިގަންނަވާ މިނިސްޓަރު ޝައިނީ ވިދާޅުވީ މިއީ މަޝްވަރާތަކަށް ރައީސް އަބްދުﷲ ޔާމީން އިސްނެންގެވި ދެވަނަ ފަހަރު ކަމަށެވެ. އަދި ޕާޓީތަކުން މަޝްވަރާ ކުރާނެ ފަރާތްތައް ކަނޑައެޅުމުން މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް ވެސް ޑރ. ޝައިނީގެ އިންޓަވިއުގައި ވިދާޅުވެފައި ވެއެވެ.

ޑރ. ޝައިނީ ވިދާޅުވީ މަޝްވަރާތަކުގެ ފުރަތަމަ ބުރު ނިމިގެންދިޔަ އިރު ސަރުކާރުން އެއްބަސްވި އެއްބަސްވުންތަކާ ޚިލާފުވި ކަމަށް ތުހުމަތުކުރި ކަމަށާއި ނަމަވެސް އެއީ ތެދެއް ނޫން ކަމަށެވެ. އަދި ސަރުކާރުން އެއްބަސްވި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ކަންކަމަކީ ބައްދަލުވުމުގައި އެއްބަސްވެފައިވާ ކަންކަން ނޫން ކަމަށް ވެސް ޑރ. ޝައިނީ ވިދާޅުވެފައި ވެއެވެ. ނަމަވެސް އެ އެއްބަސްވުންތަކަކީ ސަރުކާރުގެ ނަމުގައި އެހެން ފަރާތަކާ އެކު ވަކިން ވެވުނު އެއްބަސްވުމެއްކަން ފަހުން އެނގުނު ކަމަށް ވެސް ޑރ. ޝައިނީގެ އިންޓަވިގައި ވިދާޅުވެފައި ވެއެވެ.

އެއީ ކޮން ކަންކަމެއް ކަން ޑރ. ޝައިނީ ވިދާޅުވެފައި ނުވި ނަމަވެސް އެއީ ޓެރަރިޒަމްގެ ތުހުމަތުގައި 13 އަހަރަށް ޖަލަށްލާފައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް ސަރުކާރުން ވި އެއްބަސްވުމުގެ ވާހަކަ ކަމަށް ބެލެވެއެވެ. ރައީސް ނަޝީދު ގެއަށް ބަދަލުކުރައްވާފައި ހުންނަވަނިކޮށް މިނިވަންކުރުމާ ބެހޭ ލިޔުން ކަރެކްޝަންސް އިން ހަވާލުކުރި ނަމަވެސް ފަހުން ވަނީ އެއީ ސައްޚަ ލިޔުމެއް ނޫން ކަމަށް ބުނެފައެވެ. އެ ލިޔުމުގެ މައްސަލަ ތަހުގީގުކުރަމުން ގެންދާތާ ވެސް އެތައް ދުވަހެއް ވެއްޖެއެވެ.

ޑރ. ޝައިނީ ވިދާޅުވީ ކަން ހިނގައިދިޔަ ގޮތުން ދެން ބާއްވާ މަޝްވަރާތަކެއްގައި ބައިވެރިވާ ފަރާތްތަކަކީ ގާނޫނީ އިމުގެ ތެރެއިން ބައިވެރިވާ ފަރާތްތަކެއްކަން ކަށަވަރުކުރަން ސަރުކާރުން ބޭނުންވާ ކަމަށެވެ.

މަޝްވަރާތައް ކުރިއަށް ނުގޮސް ހުއްޓިފައިވާތާ އެތައް މަހެއް ވެގެން ގޮަސްފައިވާއިރު އަދިވެސް މަޝްވަރާތަކަށް އުންމީދުކުރަންތޯ "ދަ ވަޔާރ" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ޝައިނީ ވިދާޅުވީ މަޝްވަރާ ނުކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އަންގާފައި ނުވާ ކަމަށާއި އެހެން ކަމުން މަޝްވަރާތަކަށް ސަރުކާރުން އުންމީދުކުރާ ކަމަށެވެ. ނަމަވެސް އެންމެ މަތީ ފެންވަރުގައި މަޝްވަރާކުރާ ފަދަ ހާލަތަކަށް ގައުމުގެ ކަންކަން ގޮސްފައި ނުވާ ކަމަށާއި ރާއްޖޭގެ އާންމު ހާލަތު ރަނގަޅު ކަމަށެވެ. އެފެދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އިދިކޮޅު ފަރާތްތަކުން މަޝްވަރާތައް ފެށުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ޑރ. ޝައިނީ ވިދާޅުވިއެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ ރާއްޖޭގެ ހާލަތު މިހާރު އޮތީ މަގުމަތި ހަލަބޮލިކޮށް ހަމަނުޖެހުން ހިންގަންޖެހޭ ފަދަ ހާލަތެއްގައި ނޫން ކަމަށާއި ކޮންމެ ރަށެއްގައި ކަހަލަ ގޮތަކަށް ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާތައް ރައްޔިތުންނަށް ފެންނަން އެބަ އޮތް ކަމަށެވެ. އަދި އެކަންކަން ފެނި ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާކުރުން ހުއްޓާލާފައިވާ ކަމަށް ޑރ. ޝައިނީ ވިދާޅުވިއެވެ.

ރައީސް ނަޝީދު މިނިވަންކުރުމާއި އަދި އިންތިޚާބުގައި ވާދަކުރުމަށް ފުރުސަތު ދިނުމާ ގުޅޭ ގޮތުން އެ ނޫހުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ޝައިނީ ވިދާޅުވީ އެހެން ގިނަ ބަޔަކަށް ހީވެފައި އޮތް ނަމަވެސް އެއީ ގާނޫނުއަސާސީ ތަންނުދޭ ކަމަކަށް ވާތީ އެ ކަމަށް ހޯދަންޖެހޭނީ ސިޔާސީ ހައްލެއް ކަމަށެވެ. އަދި އެކަން ވެސް ކުރެވޭނީ މަޝްވަރާކޮށް ގާނޫނުތަކުގެ ތެރެއިން ކަމަށާއި ގާނޫނުއަސާސީއާ ޚިލާފަށް އެކަން ނުކުރެވޭނެ ކަމަށް ޑރ. ޝައިނީ ވިދާޅުވިއެވެ. އަދި އެކަމަށް ހައްލެއް ހިފައިގެން އަންނަޖެހޭނީ އިދިކޮޅު ފަރާތްތަކުން ކަމަށް ވެސް ޑރ. ޝައިނީ ވިދާޅުވެފައި ވެއެވެ.

އެ ކަމަށް ސައްޚަ ހައްލެއް އެބަ އޮތްތޯ ކުރި ސުވާލަށް ޑރ. ޝައިނީ ވިދާޅުވީ އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް މިހާތަނަށް މަޝްވަރާކުރުމަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނެތް ކަމަށް ވެސް ޑރ. ޝައިނީ ވިދާޅުވިއެވެ.

ކޮމަންވެލްތާ އަލުން ގުޅިދާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ޝައިނީ ވިދާޅުވީ އެފަދަ ކަމަކާ ބެހޭ ގޮތުން ސަރުކާރުން މަޝްވަރާކުރަމުން ނުގެންދާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ

ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ

28 މާރިޗު 2017
ރައީސް ޔާމީންގެ އޯޑަރު: އިދިކޮޅު މެންބަރުންނަށް ފިޔަވަޅު އަޅާފައިވިޔަސް، ވޯޓް ނަގާތި!

ރައީސް ޔާމީންގެ އޯޑަރު: އިދިކޮޅު މެންބަރުންނަށް ފިޔަވަޅު އަޅާފައިވިޔަސް، ވޯޓް ނަގާތި!

27 މާރިޗު 2017
އިދިކޮޅު މެމްބަރުން މަޖިލީހުން "ބޭރުކޮށް" މަސީހަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފި

އިދިކޮޅު މެމްބަރުން މަޖިލީހުން "ބޭރުކޮށް" މަސީހަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފި

27 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017
އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

06 މާރިޗު 2017

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު