Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލާމަރުކަޒީނިޒާމު

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

އިންތިހާބުތައް ނުބޭއްވުމަށް ފުރުސަތެއް ނުދޭނަން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 12 ޖެނުއަރީ 2017 | ބުރާސްފަތި 05:10
 ބުދަ ދުވަހުގެ ރޭ ގެނެސްދިން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން

ބުދަ ދުވަހުގެ ރޭ ގެނެސްދިން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން

ސަރުކާރާއި، އިލެކްޝަންސް ކޮމިޝަން ގުޅިގެން މަސައްކަތްކުރަނީ އިންތިހާބުތައް ލަސްކުރަން ނޫން ކަމަށާއި، އިންތިހާބުތައް ނުބޭއްވުމަށް ކަމަށް އެމްޑީޕީގެ އިޤްތިސާދީ ކޮމެޓީގެ ނައިބް މުޤައްރިރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ރާއްޖޭޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، މިހާރު އޮތް ހާލަތަށް ބަލާކަމުގައިވާނަމަ މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ކަށަވަރުވާ ކަމަށެވެ. އަދި ހުރިހާ ހައްޤުތަކެއްވެސް ނިގުޅައިގަނެފައިވާ ކަމަށާއި، އެ ހައްޤުތައް ނިގުޅައިގަނެފައިވަނީ ރާއްޖޭގައި ތިއްބެވި ވެރިން ވޯޓު ހޯދުމަށް ރައްޔިތުންގެ ކައިރިއަށް ދިއުމަށް ޖެހިލުންވާތީކަމަށް އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީނަކީ 25 ޕަސެންޓްގެ ސަރުކާރެއް ކަމަށެވެ. މިހާރުގެ ހާލަތަށް ބަލާއިރު، މި ސަރުކާރަށް 5 ޕަސެންޓް ރައްޔިތުންވެސް ތާއީދު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ ހަޤީޤަތުގައި މިވާގޮތަކީ، ބޭނުމެއް ނުވޭ، ޖެހިލުންވޭ ރައްޔިތުންގެ ކައިރިޔަށް ވޯޓަށް އަހަންދާން. އެހެންވީ މި ބޭފުޅުން ކޮންމެވެސް ބަހަނާއެއް ދެކުމަށްފަހު، އިންތިހާބުތަކާއި ކުޅެމުން އެގެންދަނީ" އަމީރު ވިދާޅުވި އެވެ.

އިތުރަށް ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ އިންތިހާބުތައް ރާއްޖޭގައި ނުބޭއްވުމަށް ކަމަށެވެ. އަދި އިންތިހާބުތައް ފަސްކުރަމުންގެންދަނީ މިހާރު ޤާނޫނުތައް ހުރި ގޮތުގެ ސަބަބުން ކަމަށް އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، 2018 ގައި ރާއްޖޭގައި އިންތިހާބެއް ބޭއްވުމަށް ސަރުކާރުން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އެކަން ކުރުމަށް އިދިކޮޅު ފަރާތްތަކުން ފުރުސަތު ނުދޭނެ ކަމަށް އަމީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހުރިހާ ފަރާތްތަކުންވެސް ބޭނުންވަނީ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރި، ހުދުމުތާރު ސަރުކާރު ބަދަލުކުރުމަށެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް