Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސުލްޖުމްހޫރިއްޔާ، މުލަކަތޮ

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް ލިބެންޖެހޭ ކަމަށް ވިދާޅުވި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2017 | ހޯމަ 13:01
ރައީސް ޔާމިން ސަރުކާރުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ

ރައީސް ޔާމިން ސަރުކާރުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ

ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވަޑައިގެންނެވީ އިސްވެ އެއްވެސް ބޭފުޅަކާއި ހަނގުރާމަ އިއުލާން ކުރައްވައިގެންނެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

މުލަކަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މ. ދިއްގަރަށް ވަޑައިގެން، އެ ރަށުގައި ރައްކާތެރި ބޯފެން ފޯރުކޮށްދިނުން އިފްތިތާޙްކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ "އެއްވެސް ބޭފުޅަކާއި އިސްވެ މިއަދުވެސް ޖަދަލުކުރާކަށް ނެތިން" ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އިދިކޮޅު ފަރާތްތަކުންނާއި އަދި އެއްކޮޅުފަރާތަކުން ވިޔަސް ޖަދަލުކުރާ ނަމަ އެމަނިކުފާނުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ކުރަންޖެހުނު ކަމެއް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ޒީނަތްތެރި ނުވޭ މިއަދަކު މުޒާހަރާ ކޮށްގެންނެއް، ބޭރުގައުމުތަކުން ހިމާޔަތް ހޯއްދަވައިގެން ތިބެ، ގައުމަށް ޚިދުމަތް ކުރައްވާނެ ވާހަކަތައް ވިދާޅުވެގެނެއް މިއަދަކު ޒީނާތްތެރިއެއް ނުވެވޭ، އެކަމެއް އަޅުގަނޑުމެންނަކަށް ބަލައެއް ނުގަނެވޭ، އަޅުގަނޑުމެން ޤަބޫލުކުރަންޖެހެނީ ޤާނޫނުތަންފީޒް ކުރުމުގައި އެންމެން ހަމަހަމަވާނެޖެހޭނެ ކަން" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި އެއްވެސް ބިރުވެރިކަމެއް ނެތި ދިވެހި ޖައްވަށް ނޭވާ ލެވޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭން ޖެހޭ ބަޔަކީ ސިފައިންނާއި ފުލުހުންނެއް ނޫނެވެ.

ރައްޔިތުންގެ މެދުގައި އެއްކުވެރިކަމާއި އެއްބާރުލުން އޮންނަންވާނެ ކަމަށާއި އެހެންނޫނީ ދިވެހިރާއްޖެއަކީ އަބަދުވެސް ތަޅާފޮޅުން އޮންނަތަނަކަށް ވެދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޔާސީ އަރާރުމުގެ ސަބަބުން ރައްޔިތުންގެ ތަރައްޤީއަށް ސަރުކާރުން ކުރަންބޭނުންވާ އެތައްކަމެއް މަޑުޖެހި ނުވަތަ ލަސްވަމުން ދާ ކަމަށެވެ.

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެއްވެސް ޚިދުމަތެއް ލަސްވުމަކީ އެއްވެސް ގޮތަކަށް ބޭނުންވާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު