Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކްލައިމެޓް އިމަރޖެންސީ އިއުލާނުކުރުމަށް ފާސްކޮށްފި

މިގޮތަށް އިއުލާނު ކުރުމަށް ފާސްކުރީ މަޖިލީހުގެ 68 މެމްބަރުންގެ ވޯޓުން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2020 | ބުދަ 08:41
ރަށްގިރުން

ރަށްގިރުން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކްލައިމެޓް އިމަރޖެންސީ އިއުލާނުކުރުމަށް ފާސްކޮށްފިއެވެ.

މިގޮތަށް އިއުލާނު ކުރުމަށް ފާސްކުރީ މަޖިލީހުގެ 68 މެމްބަރުންގެ ވޯޓުންނެވެ. މޫސުމީ ކުއްލި ހާލަތު އިއުލާނު ކުރުމަށް ހުށަހެޅި ގަރާރަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ނުލިބި އަދި މިބޮޑު ނުރައްކަލުން ދުނިޔެ ސަލާމަތްކުރުމަށް އޮތް ހަނި ފުރުސަތު ދުވަހެއް ދުވަހަކަށް ކުޑަވަމުންދާތީ އެކަމުގެ ކަންބޮޑުވުން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެދި ހުށަހެޅި ގަރާރެކެވެ.

Advertisement - newsAdvertisement

މިގަރާރުގައި ގޮވާލާފައިވާ މައިގަނޑު ކަންކަމަށް ބަލާލާއިރު ފޮސިލް ފިއުލް އުފެއްދުމުގެ މަޝްރޫޢުތަކަށް ގައުމު ތަކުން މިހާރު ކުރަމުންދާ އިންވެސްޓްމަންޓްތަކާއި ދެމުން ގެންދާ ސަބްސިޑީތައް ހުއްޓާލައި، އިއާދަކުރަނިވި ހަކަތަ އުފައްދަން މި ފައިސާ ހޭދަ ކުރުމަށް މަގުފަހި ކުރުމަށް ގައުމު ތަކަށާއި، ބައިނަލްއަޤްވާމީ ޖަމާއަތްތަކާއި، މާލީ އިދާރާތަކުގެ ސިޔާސަތުތައް ބަދަލުކުރުމަށް ގޮވާލާފައިވެއެވެ. މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ކުޑަކުރުމަށް ބައިނަލްއަގްވާމީ މުޖްތަމައުން ރާއްޖެއަށާއި ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް ދެމުން އަންނަ އެހީ އަކީ ބޭނުންތެރި އެހީއެއް ކަމުގައި ވީ ނަމަވެސް، އެއީ މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމެއް ކަމަށް ރާއްޖޭން ނުދެކޭ ކަމަށް ގޮވާލުންވެސް ހިމެނެއެވެ.

އަދި ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ދެމި އޮތުމާއި ސަލާމަތް ބިނާވެފައި އޮތީ، ޖައްވު ހޫނުވުމަށް މެދުވެރިވާ ގޭސްތައް ބޭރުވުން މަދު ކުރުމަށް ކުރާ މަސައްކަތުގެ މައްޗަށް ކަމަށް ވުމާއެކު، ކަނޑައެޅިފައިވާ މިންގަނޑުތަކެއްގެ ތެރޭން، ޤައުމުތަކުން ޖައްވަށް ބޭރު ކުރާ ކާބަން މަދުކުރުމަށް ބައިނަލް އަގްވާމީ މުޖްތަމައުގައި ރާއްޖޭން ވަކާލާތު ކުރުމަށް ވެސް ގަރާރުގައި ގޮވާލާފައިވެއެވެ.

ގަރާރުގައި ގޮވާލާފައި އިތުރު ކަންކަމަށް ބަލާލާއިރު ގޮތުން ދުނިޔެ ހޫނުވުމާއި މޫސުމަށް ބަދަލު އަންނަ މައްސަލައަކީ، ދެބަސް ވެވެން ނެތް މިންވަރަށް ޒަމާނީ ސައިންސްގެ އަލީގައި ސާބިތުކޮށް ދީފައިވާ މައްސަލައެއް ކަމަށް ދުނިޔޭގެ ގައުމުތަކުން ބަލައިގަތުމަށް ގޮވާލުންވެސް ހިމެނެއެވެ.

ސައިންސްވެރިންގެ އިންޒާރު ތަކަށް އިޖާބަދީ، ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދިޔަ ނުދިނުމުގެ ގޮތުން، ޤައުމުތަކުން ގްރީންހައުސް ގޭސް ޖައްވަށްދޫކުރާ މިންވަރު 2030 ވަނަ އަހަރުގެ ނިޔަލަށް މިހާރަށް ވުރެ 45 އިންސައްތަ ދަށް ކުރުމަށާއި، 2050ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯއަށް ތިރިކުރުމަށް ގައުމުތަކަށް ގޮވާލާ ދިވެހިރާއްޖޭން ވަކާލާތު ކުރުމަށް ވެސް ގޮވާލާފައިވެއެވެ. އަދި ޕެރިސް އެގްރިމެންޓްގެ ރޫހާ ޚިލާފަށް މަތީ މިންވަރަކަށް ޖައްވަށް ކާބަން ބޭރުކުރާ ގައުމުތައް ފާހަގަކޮށް،އިގްތިސާދީ ގޮތުން އެ ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އެޅޭނެ އުސޫލުތަކެއް އ.ދ ގެ ގިއުގަނޑުގެ ދަށުން އެކުލަވާލާ ތަންފީޒް ކުރުމަށް ބައިނަލް އަގްވާމީ މައިދާނުގައި ރާއްޖޭން ވަކާލާތު ކުރުމަށްވެސް ގަރާރުގައި ގޮވާލާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު