Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ ބަޔާން

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

ގެދޮރުވެރިކަމުގެ ދަތިކަން ޙައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2017 | ހޯމަ 12:03
ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވަވަނީ- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވަވަނީ- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުގެ ފުރަތަމަ 3 އަހަރު ނިމިގެން ދިޔައިރު، ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖްލިސް ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް މަޝްރޫޢު ކާމިޔާބުކަމާ އެކު ނިމިގެން ހިނގައްޖެ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ރައީސް ވިދާޅުވީ ވޭތުވެދިޔަ އަހަރު 13 ރަށެއްގެ ބަނދަރު ހަދައި ވަނީ ނިމި، 43 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި އާބާދީ ކުދި ރަށްތަކަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި 8 ރަށެއްގެ ފާލަން ހެދުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން 2016 ވަނަ އަހަރު 56 ރަށެއްގެ ނަރުދަމާގެ މަސައްކަތް، އެކި މަރުޙަލާގައި ކުރިއަށް ގެންދެވުނު ކަމަށާއި މީގެ ތެރެއިން 32 ރަށެއްގެ ޑިޒައިން މަސައްކަތް ނިންމައި، 11 ރަށެއްގެ ޢަމަލީ މަސައްކަތް ކުރާނެ ފަރާތްތައް ހޯދުމުގެ މަރުޙަލާއަށް އާދެވުނު ކަމަށެވެ. މީގެ އިތުރުން، މިދިޔަ އަހަރު 21 ރަށެއްގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ކުރިޔަށްދިޔައިރު 8 ރަށުގެ ޢަމަލީ މަސައްކަތް ނިމި ނަރުދަމާގެ ޚިދުމަތް ދޭންވަނީ ފަށާފައިވާ ކަމަށާއި މި އަހަރުގެ ތެރޭގައި ވެސް 46 ރަށެއްގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތައް އެކި މަރުޙަލާގައި ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިދިޔަ އަހަރު 40 ރަށެއްގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް، އެކި މަރުޙަލާގައި ކުރިއަށް ގެންދެވުނު. އަދި މިއަހަރުގެ ތެރޭގައި ފެނުގެ ނިޒާމު ޤާއިމުކޮށްދިނުމުގެ 28 މަޝްރޫޢެއް، އެކި މަރުޙަލާގައި ކުރިއަށްގެންދާނެ. މީގެތެރެއިން 19 ރަށުގެ ޑިޒައިން މަސައްކަތް ނިންމައި، 16 ރަށެއްގައިވަނީ ޢަމަލީ މަސައްކަތް ކުރާނެ ފަރާތް ހޯދުމުގެ މަރުޙަލާއާ ހަމައަށް އާދެވިފައި. މީގެ އިތުރުން، ޢަމަލީ މަސައްކަތް ކުރިޔަށްދިޔަ 16 ރަށެއްގެ ތެރެއިން 4 ރަށެއްގެ މަސައްކަތް ވަނީ ނިމިފައި. ބޯފެން ރައްކާކުރާ ނިޒާމު ޤާއިމުކުރުމަށް އެކުލަވާލެވިފައިވާ ޚާއްޞަ މަޝްރޫޢުގައި ހިމެނޭ 86 ރަށެއްގެ މަސައްކަތް 2016 ވަނަ އަހަރު ކުރިޔަށްދިޔައިރު، މީގެތެރެއިން 15 ރަށުގެ މަސައްކަތް ނިމި ޚިދުމަތްދޭންވަނީ ފަށާފައި. މި މަޝްރޫޢުގައި ހިމެނޭ އެހެން ރަށްރަށުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށްދާނެ" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ދުވާލުގަޑީގައި ބޭނުންވާ އެންމެ މަތީ ކަރަންޓުގެ 30 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް މެދުވެރިކޮށް އުފައްދާ ކަރަންޓަށް 2018 ގެ ނިޔަލަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުވުމަށް ފެށިފައިވާ މަޝްރޫޢުގެ ދަށުން މިދިޔަ އަހަރު 112 ރަށެއްގެ މަސައްކަތް އެކި މަރުޙަލާގައި ކުރިޔަށް ގެންދެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް 83 ރަށެއްގައި 2017 ވަނަ އަހަރު ކުރިޔަށް ގެންދެވޭއިރު، މި ނިޒާމުތަކުން 12 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގައި ގިރަމުންދާ ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ 22 މަޝްރޫޢެއް، މިދިޔަ އަހަރު ކުރިއަށް ގެންދެވި، މީގެތެރެއިން 12 މަޝްރޫޢެއްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ 6 މަޝްރޫޢެއްގެ މަސައްކަތް، 2016 ވަނަ އަހަރު ކޮންޓްރެކްޓަރުންނާ ހަވާލުކުރެވި މަސައްކަތްތައް ހިނގަމުންދާ ކަމަށާއި މިއަހަރު އަލަށް 3 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢާއި، 3 ރަށެއްގެ ފެން ހިންދުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2016 ވަނަ އަހަރު ރާއްޖޭގެ 21 ރަށެއްގައި ކުނިކޮށި އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މިއަހަރު 37 ރަށެއްގައި ކުނިކޮށި އަޅައިދިނުމަށް މަސައްކަތް ފެށުމަށް ވަނީ ރާވާފައިވާ ކަމަށެވެ.

"އިޖުތިމާޢީ ގޮތުން ރާއްޖެއަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ގެދޮރުވެރިކަމުގެ ދަތިކަން ކަމުގައިވާއިރު، ގެދޮރުގެ ތަނަވަސްކަން އިތުރުކުރުމަށް ތަފާތު ފުރުޞަތުތައް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކުގެ ދަށުން ހުޅުމާލެ، ގއ. ވިލިނގިލި، ގދ. ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޖުމްލަ 1500 ހައުސިންގ ޔުނިޓްގެ މަސައްކަތް މިހާރުވަނީ ނިމިފައި. އަދި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ށ. ކޮމަންޑޫ، ރ. މަޑުއްވަރި، ބ.އޭދަފުށި، ޅ. ހިންނަވަރު، ޅ. ނައިފަރު، ދ. މީދޫ، ދ. ކުޑަހުވަދޫ އަދި އައްޑޫސިޓީ ފޭދޫގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޖުމްލަ 600 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭނެ" ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު