Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިހާބު

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

ލޯކަލް ކައުންސިލް އިންތިހާބު އޭޕްރީލް 15 އަށް ފަސްކުރުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2017 | ބުދަ 12:34
އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން

ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ ތާރީހު ދެވަނަ ފަހަރަށް ފަސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ، އެ ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިހާބު އޭޕްރީލް މަހުގެ އަށް ވަނަ ދުވަހަށް ތާވަލް ކުރި ނަމަވެސް އިންތިހާބު އޭޕްރީމް 15 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.

މިގޮތަށް ފަސްކޮށްފައިވަނީ، އިންތިހާބު ބާއްވާ ދުވަހަކީ ސްކޫލުތަކުގައި ވަރަށް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާ ދުވަހަކަށް ވާތީ ފަސްކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދިފައިވުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އިންތިހާބީ މަސައްކަތްތަކުގައި އެންމެ ގިނައިން ބޭނުން ކުރާ ތަނަނީ ސްކޫލުތައް ކަމަށް ވާތީ 8 ވަނަ ދުވަހަށް ސްކޫލުތައް އެވެއިލެބެލް ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އިންތިހާބުގެ ކަންކަން އެންމެ ފުރިހަމައަށް ރަގަޅަށް ބޭއްވޭނީ އިންތިހާބު ފަސްކޮށްގެން ކަމަށް ވާތީ އިންތިހާބު ފަސްކުރީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިގޮތަށް ބަދަލު ކުރުމުން އެއްވެސް ހާލެއްގައި ގާނޫނީ މައްސަލައެއް ދިމާނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަމުގައި ގާނޫނީ ހުރަހެއް ނެތް. ސިވިލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައި އެބަ އޮތް އަލަށް އިންތިހާބު ކުރާ ކައުންސިލް މަޤާމުތަކާއި ހަވާލުވަންދެން މިހާރު އޮތް ކައުންސިލްތައް ދެމި އޮންނާނެ ކަމަށް،" އަމްޖަދު ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިހާބުގައި ފޮށިތައް ބެހެއްޓޭ 90 ޕަސެންޓް ތަންތަނަކީ، ސްކޫލުތަކާއި އެޑިއުކޭޝަންގެ އިމާރާތްތައް ކަމަށެވެ. އަދި އިންތިހަބާ ބެހޭ ގައުމީ ލަފާދޭ ކޮމިޓީގެ ހުރިހާ މެންބަރުން މިކަމާ އެއްބަސްވެފައިވާ އިރު މިކަމުގެ ސަބަބުން އިންތިހާބުގެ ކަންކަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ހުރިހާ މެންބަރުންގެ އިއްތިފާގުން މިކަން ފާސްވެފައިވާ ކަމަށް އަމްޖަދު ވިދާޅުވި އެވެ.

ކޮމިޓީގެ ބައްދަލުވުމުން މިކަން ފާސްވި ނަމަވެސް އެ މަޖިލީހުގައި އެމްޑީޕީން ބައިވެރިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ އިތުރުން ޑީއާރްޕީން ވެސް ބައްދަލުވުމަށް އައިސްފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"އިންތިހާބަށް ނިންމަންޖެހޭ ހުރިހާ ކަމެއް ނިންމަމުން މިދަނީ. އިދާރީގޮތުން ނިންމަންޖެހޭ ހުރިހާ ކަމެއް ނިމިފައިވަނީ.އަޅުގަނޑުމެން ޓްރެއިނިންތައް ބާއްވާނެ ތާރީހުތަކާއި ކުރަންޖެހޭ ކަންކަން ކުރުމަށް ބޭނުންވާ ދުވަސްތައް ވަނީ ކަނޑައަޅާފަ. މިއީ އިންތިހާބު އިތުރަށް ހަރުދަނާކުރުމަށް ލިބިގެންދިއަ ފުރުސަތެއް ކަމަށް އަޅުގަނޑުމެން މިބަލަނީ،" އަކްރަމް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ ތާރީހު ފަސް ކުރުމުން ވޯޓުލެވޭ މީހުންގެ ލިސްޓަށް ބަދަލުތަކެއް އަންނާނެ ކަމަށާއި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައި އޮތް ކައުންސިލް އިންތިހާބް ދެ މަސް ދުވަސް ފަސްކުރީ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ. ކައުންސިލް އިންތިހާބު ފަސް ކޮށްފައިވަނީ ވަކި ބަޔަކަށް މަންފާތަކެއް ހޯދާ ދިނުމަށް ކަމަށް އެމްޑީޕީ އާއި ޕީޕީއެމްގެ މައުމޫން ޕެކްޝަނުންވެސް ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކަމަށް ބުނެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު