Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުހީ

އެސްއެސްސީ އިމްތިހާން 2020: ރާއްޖޭގަ ފުރަތަމަ ފަހަރަށް ޤުރުއާން ވަކި މާއްދާއެއްގެ ގޮތުގައި އިމްތިހާނު ކުރަނީ

22 ޑިސެމްބަރު 2019 | އާދީއްތަ 17:22

މާކްސް ދޭނީ އިންޓާނަލް އެސެސްމަންޓުން 60 އިންސައްތަ މާކްސް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 22 ޑިސެމްބަރު 2019 | އާދީއްތަ 17:22
ސްކޫލް ދަރިވަރުން

ސްކޫލް ދަރިވަރުން

އިމްތިހާނުގައި ގުރުއާން ވަކި މައްދާއެއްގެ ގޮތުގައި ކިޔެވުން މަޖުބޫރުވާނެކަމަށާއި ނަމަވެސް މަތީ ސާނަވީ ތައުލީމް ހާސިލްކުރާއިރު މާއްދާ އިހްތިޔާރީ މާއްދާއެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން ޑިވޮލެޕްމެންޓް އޮފިސަރ ހަސަން ލަބީބް ވިދާލުވީ 2015 ވަނަ އަހަރުން ފެށިގެން އައު މަންހަޖު ފެށިގެން އައުމާއެކު އައި އެންމެ ބޮޑު ކުރިއެރުމަކީ ގުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވަން ފެށިގެން އައުންކަމަށެވެ.

Advertisement - newsAdvertisement

ކުރިން، އިސްލާމް މާއްދާގެ ތެރެއިން ގުރުއާނުގެ ބައި ހިމެނިފައިވާކަން ފާހަގަކޮށް ލަބީބް ވިދާޅުވީ ސެކެންޑްރީ ނިމެންދެން ގުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ކިޔެވުމަކީ މަޖުބޫރުކަމެއްކަމަށެވެ. ނަމަވެސް މަތީސާނަވީ ތައުލީމް ހާސިލްކުރާ ކުދިންނަށް ގުރްއާން އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި ވާކަމަށާއި ގްރޭޑް 1 އިން ފެށިގެން 10 އަކަށް ކިޔަވާ ހުރިހާ ކުދިންނަށް ގުރުއާން ތަޖުވީދު ހަމަތަކުގެ މަތިން ކިޔަވަން ދަސްވާނެކަމަށެވެ.

ޕްރޮގުރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން ލަބީބު ވިދާޅުވީ މުގައްރަރުގައި ވާގޮތަށް ކުރިޔަށް ގެންދިޔުމަށްޓަކައި ނޭޝަނަލް އެޑިޔުކޭޝަން އިންސްޓިޓްގެ ވެބްސައިޓުގައި މުގައްރަރު ހިމަނާފައިވާކަމަށާއި ދަރިވަރުންނެކޭ އެއްގޮތަށް ކޮންމެ އަހަރަކުވެސް މުދައްރިސުންގެ ފޮތް ޗާޕްކޮށް ހުރިހަ ސްކޫލްތަކަށްވެސް ފޮނުވާކަމަށެވެ. 2015 ވަނަ އަހަރުން ފެށިގެން ގުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވާ ކުދިން މިފެށޭ ދިރާސީ އައު އަހަރުގައި ގްރޭޑް 10 އަކަށް ދާކަން ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ އިސްލާމް، ދިވެހި އަދި ގުރުއާން މި ތިން މާއްދާވެސް 2020 ވަނަ އަހަރުގެ އެސްއެސްސީ އިމްތިހާނުގައި ހިމެނޭނެކަމަށެވެ.

ޕްރޮގުރާމްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން އޮފިސަރ ހަސަން ސާމިރު ވިދާޅުވީ، އަލަށް ގުރުއާން އެސްއެސްސީ އިމްތިހާނުގައި ހިމެނޭއިރު ކަންބޮޑުވުންތަކެއް އެބަހުރިކަމަށާއި އަލަށް ތައާރަފްކުރެވުނަސް އެޑިއުކޭޝަން މިނިސްޓްރީން ވީހާވެސް އޮމާންކޮށް ކުރިޔަށް ގެންދިއުމަށް މަސައްކަތްކުރާކަމަށެވެ. އެގޮތުން އެންއައީން ގުރުއާން އެސެސް ކުރާނެ ވަކި އުސޫލުތަކެއް ކަނޑައަޅާފައިވާކަމަށާއި އެ މައުލޫމާތުތައް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން އެޕްރޫވްކޮށް ސްކޫލްތަކަށްވެސް ހިއްސާކުރެވިފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެސްއެސްސީ އިމްތިހާނުގައި މި މާއްދާއަށް މާކްސް ދޭނީ ސްކޫލުގެ އިންޓާނަލް އެސެސްމަންޓުން 60 އިންސައްތަ މާކްސް ބާކީ 40 އިންސައްތަ ނަގާނީ ޕަބްލިކް އެގްޒަމިނޭޝަނުން ނުވަތަ ޕްރޮޖެކްޓް އެސެސްމަންޓްތަކުން އެޑިއުކޭޝަން މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް