Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީޓާ ސެގާޓް

ގޭމްސްގައި ނެރުނު ދަށް ނަތީޖާ ތަކާއި އެކު ސެގާޓް މަގާމުން ވަކި ކޮށްފި

ޕީޓާ ސެގާޓްގެ ކޯޗު ކަމުގެ ދަށުން ރާއްޖެ ވަނީ ސާފް ސުޒުކީ ކަޕް ކާމިޔާބުކޮށްފަ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2019 | ހޮނިހިރު 14:53
ޕީޓާ ސެގާޓް

ޕީޓާ ސެގާޓް

ނޭޕާލުގައި ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ނެރުނު ދަށް ނަތީޖާ ތަކާއި އެކު ގައުމީ ކޯޗު ޕީޓަރ ސެގާޓް މަގާމުން ވަކި ކޮށްފިއެވެ.

ޕީޓާ ސެގާޓް މަގާމުން ވަކި ކުރިކަން ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ ކަށަވަރު ކޮށްދީފައެވެ. އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ގައުމީ ކޯޗު ޕީޓަރ ސެގާޓާއި، އެފްއޭއެމް އާއި މަޝްވަރާ ކުރުމަށްފަހު ކޯޗާއި އެކު ހެދިފައިވާ އެއްބަސްވުން ބާތިލު ކުރުމަށް ނިންމައިފައިވާ ކަމަށެވެ. އަދި ސެގާޓް ގައުމީ ޓީމަށް ހޯދައިދިން ކާމިޔާބީ އާއި ކުރިއެރުމަށް އެފްއޭއެމުން ވަނީ ޝުކުރު ދަންނަވާފައެވެ.

ގައުމީ ޓީމު ކޯޗު ސެގާޓް މަގާމުން ވަކި ކޮށްފައި މިވަނީ މިހާރު ކުރިޔަށްދާ ސައުތު އޭޝިއަން ގޭމްސްގައި މެޗަކުން މޮޅުނުވެވި، މުބާރާތް ނިންމާލަން ޖެހުމާއި ގުޅިގެންނެވެ. ރަނަށް އަމާޒު ހިފައިގެން އައި ޓީމުން މި މުބާރާތް ނިންމާލީ މިހާތަނަށް ގައުމީ ފުޓުބޯޅަ ޓީމަކުން ނެރުނު އެންމެ ދަށް ނަތީޖާ އާއި އެކުގައެވެ. މި މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ސްރީލަންކާ އަތުން އެއްވަރު ވެފައިވާއިރު، ދެވަނަ އަށް ކުޅުނު މެޗުން ބަންގްލަދޭޝް އަތުން ވެސް ވަނީ އެއްވަރު ވެފައެވެ. އަދި ބޫޓާނާއި، ނޭޕާލް އަތުން ބަލިވެ ރާއްޖެއިން މުބާރާތް ނިންމާލާން ޖެހުނީ ހުސް އަތާއެވެ.

މިދިޔަ އަހަރު މާރޗް މަހުގެ 14 ވަނަ ދުވަހު ގައުމީ ޓީމުގެ ކޯޗު ކަމުގެ މަގާމާއި ހަވާލުވި ޕީޓަރ ސެގާޓް މަގާމާއި ހަވާލު ވުމަށްފަހު ބުނެފައިވަނީ އޭނާގެ އަމާޒަކީ ދިވެހި ފުޓުބޯޅައަށް ބަދަލު ތަކެއް ގަނައުން ކަމަށެވެ. އޭގެ ފަހުން މިދިޔަ އަހަރު އޮތް ސާފް ސުޒުކީ ކަޕް ވަނީ ސެގާޓްގެ ކޯޗު ކަމުގެ ދަށުން ރާއްޖެއިން ހޯދައިފައެވެ.

ސެގާޓް އަށް އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒު ވެފައިވަނީ އޭރުގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް ސްކޮޑުން ބޭރު ކުރުމާއި ގުޅިގެންނެވެ. އަޝްފާގް ސްކޮޑުން ބޭރުކޮށްފައިވަނީ ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރު ނުވުމުންނެވެ. އޭގެ ފަހުން ސެގާޓް ވަނީ އަޝްފާގާއި ބެހޭ ގޮތުން މީޑިއާގައި އެކި ފަހަރު އެކި ގޮތް ގޮތަށް ވާހަކަ ދައްކާފައެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމާޒުގައި ސެގާޓާއި މަގާމު ހަވާލު ކުރި އިރު، ކޮލިފިކޭޝަނުގައި މިހާތަނަށް ރާއްޖެއަށް މޮޅު ވެވިފައިވަނީ ދެ މެޗުންނެވެ. ކޮލިފިކޭޝަނުގައި ރާއްޖެ ގްރޫޕުގެ ހަތަރު ވަނައިގައި އޮތް އިރު އެއް ވަނައިގައި އޮތީ ސީރިއާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް

ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް

28 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

11 މާރިޗު 2017
މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ

މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ

03 މާރިޗު 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު