Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

އިދިކޮޅު ފަރާތްތަކަށް ކޮސްތެޅިދާނެ ، ލާދީނީ ކިޔައި ރައްޔިތުން ގުނބޯ ހެއްދި ޒަމާން ގޮސްފި !

ބަޢާވާތުގެ އުންމީދުގައި ކުރާ ހުރިހާ ކަމެއް ގޮވަނީ އަތަށް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2019 | އަންގާރަ 13:47
ޔާމީނާއި ކުރީ ސަރުކާރުގެ އިސްވެރިން

ޔާމީނާއި ކުރީ ސަރުކާރުގެ އިސްވެރިން

ޒިންމާދާރުވެރި އިދިކޮޅެ ޕާޓީއެއްގެ ވާހަކައަކި މި ސަރުކާރު ވުޖޫދަށް އައިއްސުރެން އަޑުއިވިގެންދާ އެއް ވާހަކައެވެ. ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއަސް ، މުޒާހަރާއެއް ކުރިޔަސް ، ޖަލްސާއެއް ބޭއްވިއަސް ސަރުކާރު ޖަވާބު ދާރީ ކުރުވާ ވާހަކަ ނޫނީ އިދިކޮޅު ފަރާތްތަކަށް ނުދެއްކެއެވެ. ތެދުވާހަކައެއް ، ޙަޤީޤީ ދިމިކްރާތީ ވެރިކަމެއްގައި ޒިންމާދާރުވެރި އިދިކޮޅު ފަރާތެއް އޮންނަން ޖެހޭ ކަމީ އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތެކެވެ.

މިހާތަނަށް ޒިންމާ ދާރު އިދުކޮޅުފަރާތުގެ ގޮތުގައި އަމިއްލައަށް ވަކާލާތުކުރާ ބޭފުޅުންނަށް ކުރެވުނީ ކޮންކަމެއްތޯ ؟ ސަރުކާރާއި ރައްޔިތުން ޖައްސައި ، ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކެނޑިނޭޅި ކުރާއިރު އާޚިރުގައި އަމިއްލައަށް ޖަހާ މަޅިފަތިތަކުގައި ބެދުން ނޫންކަމެއް ނުވެއެވެ.

ގަދަ ބާރުން ރައްޔިތު މީހާގެ ތާއީދު ހޯދައި ރައްޔިތުންގެ ލޯބި ލިބުނު ދުވަސް މާޒީވެ ގޮސްފިއެވެ. ޒިންމާދާރުވެރި އިދިކޮޅު ފަރާތަށް މި ސަރުކާރު ވުޖޫދައް އައުމާއެކު ކުރެވުނު ކަންތައްތަކަށް ދެކެވުނު ވާކަތަކަށް ކުޑަކޮށް ނަޒަރު ހިންގާލަމާ ހިނގާށެވެ. ދައްކަން ފެށީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރައްޖެއަށް ދިން ޢަދުވާނީ ޙަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުޠުފީ، ރާއްޖެ ނުގެނެސް ސަރުކާރުން އޭނާ ފިލުވައިގެން އުޅޭކަމުގެ ވާހަކަ އެވެ.

ލުޠުފީ ރާއްޖެ ގެންނާނެކަމުގެ ޔަޤީންކަން ސަރުކާރުން މެދުކެނޑުމެއް ނެތި ދެމުންގެންދިޔަނަމަވެސް އިދިކޮޅު ފަރާތްތަކުން ބެލީ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާމެދު ނަފްރަތު އުފެއްދުމަށްޓަކައި ހުރިހާކަމެއްވެސް ކުރެވޭތޯ އެވެ. ތަފާތު އެކި ވާހަކަތައް ފަތުރައި، ސަރުކާރުން ލުޠުފީއަށް ޙިމާޔަތްދީ، ވީއައިޕީ ޚިދުމަތް ދެމުން އަންނަނަކަމަށް ބުނެ ޤައުމުގެ ހަމަޖެހުން ނަގާލެވޭތޯ އެވެ . އެތަކެއް ޖަލްސާއެއް ބާއްވައި ކޮސްގޮވަ ގޮވާ ތިއްބައެވެ.

ބައިނަލްއަޤުވާމީ މުޢާހަދާތަކާއި އެއްގޮތްވާގޮތުގެ މަތިން ލުޠުފީ ރާއްޖެ ގެނެސް މިހާރު ދަނީ ޙުކުމް ތަންފީޒުކުރަމުންނެވެ. ޒިންމާ ދާރުވެރި އިދިކޮޅު ފަރާތްތައް އެއިރު ސަރުކާރުގައި ތިބި އިރު މިކަން ވެސް ނުކުރެވުނު ނޫންތޯ ؟ ފަޅުރަށްތައް ވިއްކުމާއި ،ދައުލަތުގެ ޚަޒާނާ ލޫޓޫވުމުގައާއި ކަޅު ދަބަހުން ފައިސާ ބޮނޑި ގުނުމުގައި ތިބި އިރު ، އެކަން ހަނދުމަފުޅެއް ނެތެވެ. ލުޠުފީ ހުރިކަން އެނގި ތިބެ، ބޮޑު ގޮނޑިއަށް ވެޑުވިގެން އިނދެ ޖަހައިގަނެގެން ގެނެވުނީވެސް ސޯޝަލް މީޑިއާ އެކްޓިވިސްޓެކެވެ. ދީން އައްޑަނައަކަށް ނަގައިގެން ކުރަން އުޅުނު ފުރަތަމަ ކަންވެސްވީ ނާކާމިޔާބެވެ. ސަރުކާރެއް ނުވެއްޓުނެވެ.

2008 ވަނަ އަހަރުސުރެން އެމްޑީޕީ ސަރުކާރަކާއި ދެކޮޅަށް އިދިކޮޅަށް ތިއްބަވާ ފަރާތްތަކުން ދައްކާ ވާހަކައަކީ އިސްލާމް ދީން ނޫން އެހެން ދީންތަކަށް ރާއްޖެގައި މިނިވަންކަމާއެކު ، އުޅެވޭނެ ގޮތް ހަދަން އުޅޭ ވާހަކައެވެ. ސަރުކާރުގެ އިސްފަރާތްތައް ނުވަތަ އެމްޑީޕީއަށް ތާއީދު ކުރާ ހުރިހާ ފަރާތްތައް ލާދީނީ ޓެގް އެޅުވުން ނޫން ކަމެއް ނުކުރެއެވެ. 2012 ގައި ބަޢާވާތްކޮށް ވެރިކަން ވައްޓާލި ގޮތަށް ، މިފަހަރު އެކަންކުރަން އުޅުނަސް ރައްޔިތުން އެ ޖާގަ ނުދޭނެކަން ކަށަވަރެވެ. ބަދަލެއް ނުވާ ޕްލޭނަކާއެކު އަނެއްކާވެސް ފީނައި އިތުރު މައްސަލައެއް ނެގުނެވެ.

ދެން ފެނުނު ކަމަކީ ''ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ'' ނަމުގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ފަރާތުން ޢާންމުކުރި ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާ އުވާލަން ޒިންމާ ދާރުވެރި އިދިކޮޅު ފަރާތްތަކުން ގޮވި މަންޒަރެވެ. ތެދު ވާހަކައެއް ، އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ނިޞްބަތްކޮށް ފުރައްސާރަކޮށްފައިވާ މައްސަލަ ރަނގަޅަށް ބަލައި ، ތަޙްޤީޤުކޮށް އެ ރިޕޯޓު ނެރުމުގައި ޝާމިލުވި ފަރާތްތަކަށް އެކަށީގެން ވާ ފިޔަވަޅު އަޅަންޖެހެއެވެ. ކަމާބެހޭ އިދާރާތައް އެ މައްސަލަ ހުށަހެޅިފައިވާއިރު ، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެކަމަށް ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުވެސް ވަނީ ވިދާޅުވެފައެވެ.

ނާރު އަރުވާފައި ދެން ޒިންމާދާރު އިދިކޮޅު ފަރާތުން ފެށީ މިކަމުގެ ނާޖާއިޒު ފައިދާ ނަގާނެ ގޮތަކަށް ރައްޔިތުން ގުނބޯ ހައްދަންށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި ވެސް ހުދު ފޮތި ކޮޅެއް ހެން ، އިދިކޮޅު މެމްބަރުން ސަރުކާރަށް ލާދީނީ ސަރުކާރޭ ގޮވަމުން އައި އިރު ، ބާރު ލިބިފައި އޮތް ދުވަހު ނެރެފައިވާ ރިޕޯޓެއްކަން ނޭނގުނެވެ. ލާދީނީ ވަނީ ވެސް ހަމަ އެކަނިމި މި ސަރުކާރުން ކަމަށް ބުނެ އިދިކޮޅު މެމްބަރުން ވާހަކަ ދައްކަވާއިރު ، ޙަރާމް ފައިސާގެ ވާހަކަ ދެއްކި އިރު އެވާހަކައަށް އަތް ޖަހައި ނިވާކަން ކުޑަ ހެދުން ލައިގެން ނަށަން ތިބި ދުވަހު އިސް ސަފުގައި އަތުރާފައި ހުރި ގޮނޑިތަކުގައި ޢާއިލާއެކު ތިބެ އަތް ޖެހީވެސް އެއީ ދީން ހިމާޔަތުގައި ތިބީމަތޯ ؟

ޝައިޙުންވެސް ، ސޯޝަލް މީޑީއާގައި ދެއިރު ކާ ބޭހެއް ހެން ސްޓޭޓަސް ތަކާއި ޓުވީޓުތައް ކުރަމުން ދާއިރު ،އެއް ފަހަރުވެސް އެ ރިޕޯޓު ނެރުނު ފަރާތްތަކާއި ބައްދަލުކޮށް ނަޞޭޙަތް ދިނުމަށް ހުށަހެޅިތޯ؟ 2015 ވަނަ އަހަރު ނެރުނު ރިޕޯޓަކަށް ފިޔަވަޅު ނޭޅުނީ އެމްޑީޕީގެ އިހުމާލުންތޯއެވެ؟ އަންނަނީ... އަންނަނީ... ކިޔައި ، ޖަލްސާ ބާއްވައި އިތުރަށް ރައްޔިތުން ގުނބޯ ހެއްދުމުގެ ބަދަލުގައި އެވާހަކަ ދެއްކުން މާ ބުއްދިވެރިއެވެ. ކަމާބެހޭ އިދާރާތަކަށް އެކަން އެއިރުވެސް ހުށަހަޅާފައިވާއިރު، ދީން ޙިމާޔާތް ކުރުމުގައި ކެނޑިނޭޅި އުޅުއްވާ ތަރައްޤީގެ ބާނީ އުޅުއްވީ ކޮންތަނެއްގަތޯ ؟ ޙަރާމް ފައިސާއިން މެމްބަރުން ގަނެ ރައްޔިތުންގެ ފައިސާގައި ޖެހި ދައުލަތުގެ ޚަޒާނާ ލޫޓުވާލި އިރުވެސް ޙައްޤު ބަސް ނުބުނެ ތިބީ ހަމަ ތިހާ ބޮޑަށް ދީން އެނގިވަޑައިގަންނަވާތީ ތޯ؟

ރައްޔިތުން ގުނބޯ ހައްދަން އުޅޭ ކޮންމެ ފަހަރަކުވެސް ފެއިލްވެ އަތަށް ގޮވުން ނޫން ކަމެއް ނުވެއެވެ. ބިތު ފަންގި ނެގީމައި ފެންނަނީ ޔާމީނުގެ ސަރުކާރުގެ އިހުމާލެވެ. ތެދެކެވެ. ހިނި ވެސް ފަރުބަދަ ކަނޑައެވެ. އެހެނަސް ފެއިލް ވެ އިތުބާރު ގެއްލިފައި ތިބި ބަޔަކަށް ރައްޔިތުން އިތުބާރެއް ދެނެެއް ނުކުރާނެއެވެ. ރައްޔިތުންގެ ނަޞޭޙަތް އަޑުއަހާށެވެ. ބޮޑާ ކަމާއި މޮޅުކަން ދެއްކުމަށް، ބޮޑު ގޮނޑިއަށް ވެޑުވިގެން އިނދެ، ވާހަކަ ދެއްކި ބޭފުޅާ ޖޯލީގައި އިނދެ ކޮސް ގޮވާ ލަވަ ކިޔަމުން ދާ ގޮތަށް ބަޢާވާތް ކުރަން އުޅެ ރައްޔިތުންނާއި ސަރުކާރު ޖެއްސުމަށް މަސައްކަތް ކުރާ މީހުން އުޅުނަސް މާ ރަނގަޅުވާނެއެވެ. ރައްޔިތުންނަށް ވުރެ މާ ހުޝިޔާރެވެ. ތާސް ކުޅުއްވަން ކޮޓަރީގައި އުޅުއްވާ 4 ބޭފުޅުން ދައްކާ ކޮންމެ ވާހަކައެއް ޤަބޫލުކުރިއަސް ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރު މާ ބޮޑެވެ. ފޫނެއް ފަޔަށް ފެންފުރުމުގެ ބަދަލުގައި ރައްޔިތުންގެ އަޑު އަހަން ދަސްކުރާށެވެ.

.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017
ވަޑައިގަންނަވާށޭ ކިލާހަށް "މަސީހީ"، ފިލާވަޅު ކިޔައި ދެއްވުމަށް ނަންގަވާ!

ވަޑައިގަންނަވާށޭ ކިލާހަށް "މަސީހީ"، ފިލާވަޅު ކިޔައި ދެއްވުމަށް ނަންގަވާ!

04 އޮކްޓޯބަރު 2017
ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

29 ސެޕްޓެމްބަރު 2017
ޑިމޮކްރެސީއޭ ކިޔައިގެން ވާހަކަ ދައްކާއިރު ކޮމިޝަނުގެ ހާލަތު!

ޑިމޮކްރެސީއޭ ކިޔައިގެން ވާހަކަ ދައްކާއިރު ކޮމިޝަނުގެ ހާލަތު!

13 ސެޕްޓެމްބަރު 2017
އިދިކޮޅު އެއްވެސް މެމްބަރަކަށް ރާއްޖޭން ބޭރަށް ނުފުރޭ ގޮތަށް ހިފެހެއްޓުން!

އިދިކޮޅު އެއްވެސް މެމްބަރަކަށް ރާއްޖޭން ބޭރަށް ނުފުރޭ ގޮތަށް ހިފެހެއްޓުން!

06 އޯގަސްޓު 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު