Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިލެކްޝަންސް ކޮމިޝަން

ޑިމޮކްރެސީއޭ ކިޔައިގެން ވާހަކަ ދައްކާއިރު ކޮމިޝަނުގެ ހާލަތު!

ރައްޔިތުން އިންތިހާބުކުރި ރައްޔިތުންގެ މަޖިލީހުގެ ހަތް މެމްބަރެއްގެ މެމްބަރުކަން ގެއްލުވާލި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 13 ސެޕްޓެމްބަރު 2017 | ބުދަ 13:48
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާނު

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާނު

ބައިނަލް އަގްވާމީ ޑިމޮކްރެސީ ދުވަސް ފާހަގަ ކުރުމަށް ފޫގަޅައިގެން ރާއްޖޭގައި އުޅެނީ އިލެކްޝަންސް ކޮމިޝަނުންނެވެ. އެކަމަކު އެ ކޮމިޝަނުން ކަންކަން ކުރަނީ ޑިމޮކްރެސީއާ ދިމާ އިދިކޮޅަށް ކަމަށް ގިނަ ސިޔާސީ ޕާޓީތަކުންނާއި ރައްޔިތުން ގަބޫލު ކުރެ އެވެ.

ދިވެހި ރައްޔިތުން ޑިމޮކްރެސީއަށް ހޭލުންތެރި ކުރުވުމަކީ އިލެކްޝަންސް ކޮމިޝަނުން ކުރަން ޖެހޭ ކަމެއް ކަމަށް ބުނެ "ޑިމޮކްރެސީ ވީކް"ގެ ނަމުގައި މީގެ ކުރިން ޑިމޮކްރެސީ ވީކެއް ފާހަގަ ކޮށްފައިވެއެވެ. އެ ޑިމޮކްރެސީ ވީކް އެތައް ފަހަރެއްގެ މަތިން ފަސްކުރަމުން ގޮސް ބޭއްވުނީ 2016 އަހަރުގެ ފެބްރުއަރީ މަހު 14 ދުވަހު ހއ. ހޯރަފުށީގައެވެ. ޑިމޮކްރެސީ ވީކް 2015 ވަނަ އަހަރު އޮކްޓޯބަރު މަހު ބޭއްވުމަށް ނިންމި ނަމަވެސް ޑިމޮކްރެސީ ވީކް ފަސްކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެންނެވެ. ނަމަވެސް 2016 ވަނަ އަހަރު ފެބްރުއަރީ މަހު ބޭއްވި އެ ޑިމޮކްރެސީ ވީކެކޭ ޕީޕީއެމްގެ ހަރަކާތަކޭ ވަކި ތަފާތެއް ނެތް ކަމަށް ބައެއް ރައްޔިތުން ބުނަމުންދިޔަ އެވެ. ރާއްޖޭގެ ރައްޔިތުން ޑިމޮކްރެސީއަށް ހޭލުން ތެރި ކުރުމަށް އެ ޑިމޮކްރެސީ ވީކްގައި ކުރިއަށް ގެންދިޔައީ ގޯނި ރޭހަކާއި މަސްރޭހަކާއި ބަށި މެޗެކެވެ.

މިފަހަރު ޑިމޮކްރެސީ ދުވަސް ފާހަގަ ކުރުމަށްޓަކައި ބާއްވަނީ "ޑިމޮކްރެސީ ރަން 2017" ގެ ނަމުގަ އެވެ.

ބައިނަލްއަގްވާމީ ޑިމޮކްރެސީ ދުވަހަކީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ. މިފަހަރު ވެސް މޮޅު ނަމެއްގައި ކަމެއް ހިންގަން އެވަނީ ރާވާފަ އެވެ.

"ޑިމޮކްރެސީ ރަން 2017" ނަމުގައި ހަރަކާތްތަކެއް ހިންގުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިއިރު، އެ ހަރަކާތްތަކުގައި އެނަން ބޭނުންކުރި ސަބަބެއް ނޭނގުނެވެ. އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންވެސް އެކަން ސާފު ކޮށްދީފައެއް ނުވެއެވެ.

ރާއްޖެއިން ޑިމޮކްރެސީ ނެތިގެންދާ ކަމަށާއި ޑިމޮކްރެސީ އަށަގަންނުވަންޖެހޭ ކަމަށް ބޭރުގެ ބައެއް ގައުމުތަކުން ގޮވާލާފައިވާއިރު، ދިވެހި ގިނަ ރައްޔިތުން ވެސް ދަނީ އެގޮތަށް ގޮވަމުންނެވެ. ސަރުކާރުގެ އަމަލުތައް ހުރީ ޑިމޮކްރެސީއާ ދިމާއިދިކޮޅަށް ކަމަށް ގިނަ ސިޔާސީ ލީޑަރުން ގަބޫލު ކުރެއެވެ.

ރައްޔިތުންގެ އިންތިހާބު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ހަތް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިއިރު، އެއީ ވެސް މި "ރަން ޑިމޮކްެެސީ"ގެ ދަށުން ހިންގާފައިވާ ކަމެއްކަމަށް ވެދާނެ އެވެ.

ސަރުކާރު ހިންގާ ޕާޓީގެ ގޮތްޕެއްގޮތަށް ހިންގަމުން އަންނަ އިލެކްޝަންސް ކޮމިޝަނުން "ޑިމޮކްރެސީ ރަން 2017" ކިޔައިގެން ހަރަކާތްތަކެއް ހިންގުމަށް ނިންމިއިރު، ރައްޔިތުން ކުރަނީ އެކަމަށް މަލާމާތެވެ.

އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިހާބު ތަކާއި ވަކި ސިޔާސީ ޕާޓީއަކަށް ތައްޔާރު ނުވެވިގެން އިންތިހާބުތައް ފަސްކުރުމާއި އިންތިހާބުތަކަށް ކެމްޕެއިން ކުރުމަށް ސަރުކާރުން ހިންގާ ކޯލިޝަނުން ބޭނުންވާ ގޮތްގޮތަށް ކަންކަން ފަހިކޮށްދީ، އިދިކޮޅު ސިޔާސީ ޕާޓީތަކަށް ޖެއްސުން ކުރުމުގެ ނިޔަން އެ ކޮމިޝަނުގައި އޮތްކަން، އެކޮމިޝަނުން މިހާތަނަށް އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އެނގެ އެވެ.

ދައުލަތުގެ ބަޖެޓްގައި ސިޔާސީ ޕާޓީތަކަށް ކަނޑައަޅަފައިވާ ފައިސާ ދޭންޖެހޭ މުއްދަތު ފަހަނަ އަޅާގޮސް އަހަރު ނިމޭއިރުވެސް އެފައިސާ ސިޔާސީ ޕާޓީތަކަށް ދޫނުކޮށް، އަދި ގާނޫނާ ހިލާފަށް އިލެކްޝަންސް ކޮމިޝަނުން ކަންކަން ކުރަމުންދާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުންނާއި ރައްޔިތުން ބުނާއިރު، ފުރަތަމަ ކަމަކަމަށް އިލެކްޝަންސް ކޮމިޝަން ގާނޫނީ އިމުގެ ތެރެއަށް ވަންނަންޖެހެ އެވެ. އޭގެ ފަހުން ޑިމޮކްރެސީގެ ވާހަކަ ދައްކާށެވެ.

އިތުރަށް ކިޔާލަން

08 އެޕްރީލު 2017

ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!

08 އެޕްރީލު 2017
 ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!
07 އެޕްރީލު 2017

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން
01 އެޕްރީލު 2017

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟
30 މާރިޗު 2017

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ
24 މާރިޗު 2017

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު