Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ޗައިނާ

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

ޗައިނާގެ ރައީސް ގެންދަވަނީ ރައީސް ޓްރަމްޕާއި އެކު މިހާރު މަޝްވަރާތައް ބާއްވަވަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 8 އެޕްރީލު 2017 | ހޮނިހިރު 11:42
ޗައިނާގެ ރައީސް ޝީ ޖިންޕިން (ކ)، އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ)

ޗައިނާގެ ރައީސް ޝީ ޖިންޕިން (ކ)، އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ)

ރައީސް ޝީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ވަޑައިގަތުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އެރުއްވި ދައުވަތު، ރައީސް ޓްރަމްޕް ގަބޫލުފުޅު ކުރައްވާފައިވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވިދާޅުވެއްޖެއެވެ.

ޗައިނާ އަށް ވަޑައިގަތުމަށް ޓްރަމަށް ދައުވަތު ދެއްވީ ޝީ މިހާރު އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

ޓިލާސަން އިތުރަށް ވިދާޅުވީ 2017 ގައި ރައީސް ޓްރަމްޕް ޗައިނާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާނެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

އެމެރިކާގެ ރައީސް ކަމާއި ޑޮނަލްޑް ޓްރަމްޕް ހަވާލުވެވަޑައިގަތް ފަހުން ޗައިނާގެ ރައީސް ޝީ ޖިންޕިން، ރައީސް ޓްރަމްޕާއި ކުރައްވާ ފުރަތަަމަ ބައްދަލުވުމަށް އެމެރިކާ އަށް ބުރާސްފަތި ދުވަހު ވަނީ ވަޑައިގެންފައެވެ.

ރިޕޯޓުތައް ބުނާގޮތުން ރައީސް ޓްރަމްޕް، އުތުރު ކޮރެއާ އާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ރައީސް ޝި އަށް ވަނީ ބާރު އަޅުއްވާފައެެވެ. އަދި ރައީސް ޝީ، ޓައިވާންއާ ގުޅޭ ކަންކަމުގައި، ރައީސް ޓްރަމްޕާއި މަޝްވަރާ ކުރައްވާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރައީސް ޓްރަމްޕް މީގެ ކުރިން ރައީސް ޝީ އާއި އެކު ބާއްވާ ބައްދަލުވުމާއި ގުޅޭގޮތުން ވިދާޅުވެފައި ވަނީ ދެބޭފުޅުން ގެ ސަމިޓަކީ "ވަރަށް އުނދަގޫ ސަމިޓަކަަށް" ވާނެ ކަމަށެވެ. މިދިޔަ އަހަރު ރައީސް ޓްރަމްޕް ޗައިނާއާ ދޭތެރޭ ވިދާޅުވެފައި ވަނީ ޗައިނާ އިން އުޅެނީ "އެމެރިކާ ރޭޕް ކުރުމަށް" ކަަމަށެެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު