Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސީރިއާގެ ސުލްޙައިގެ ވާހަކަތައް

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

މިއީ މަޝްވަރާތައް ބާއްވާ ހަތަރު ވަނަ ފަހަރު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2017 | ހޮނިހިރު 10:17
މަޝްވަރާތަކުގައި ބައިވެރިވާ ސީރިއާގެ އިދިކޮޅު ފަރާތްތަކުގެ ވަފުދު – ފޮޓޯ: ރޮއިޓަރޒް

މަޝްވަރާތަކުގައި ބައިވެރިވާ ސީރިއާގެ އިދިކޮޅު ފަރާތްތަކުގެ ވަފުދު – ފޮޓޯ: ރޮއިޓަރޒް

ޖެނީވާގައި އިއްޔެ ފެށި ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފުރަތަމަ ބައްދަލުވުން ކާމިޔާބު ކަމަށް ސީރިއާގެ އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

އދ. އިން ސީރިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު، ސްޓެފަން ޑި މިސްތޫރާގެ އިސްނެންގެވުމުގެ ދަށުން، ފެށި މި ވާހަކަތަކުގެ ފުރަތަމަ ބައްދަލުވުމަށް ފަހު ސީރިއާގެ އިދިކޮޅު ފަރާތްތަކުން ބުނީ، މަޝްވަރާތަކުގެ ފެށުން ކާމިޔާބު ކަމަށާއި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ސިޔަސީ ބަދަލާ ގުޅޭ ގޮތުން ކަމަށެވެ. އެގޮތުން، ސީރިއާގެ ވެރިކަމާ އިދިކޮޅު ފަރާތްތަކުން ހަވާލުވުމާއި، އިންތިޤާލީ މަރުހަލާގައި ކަންކަން ކުރާނެ ގޮތާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާކަން އިދިކޮޅު ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

މަޝްވަރާތަކަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ފަރާތްތަކުގެ ވަފުދުގެ އިސްވެރިއަކަށް ހުންނަވާ ނާސިރް އަލް ހަރީރީ ވިދާޅުވީ، ކުރިން ބޭއްވުނު މަޝްވަރާތަކަށް ވުރެ ފުޅާ ދާއިރާއެއްގައި މިފަހަރުގެ މަޝްވަރާތަކުގައި ވާހަކަ ދެކެވުނު ކަމަށާއި، ނަމަވެސް އެއްވެސް ކަމަކާ މެދު އަދި ގޮތެއް ނިންމޭވަރު ވެފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ސީރިއާގެ ވެރިކަން ބަދަލުކުރުމާއި، އާ ސަރުކާރައި، އާ ޤާނޫނު އަސާސީއެއް އެކުލަވައިލުމާއި، އަދި އދ. ގެ ބެލުމުގެ ދަށުން ބާއްވަން ހުށަހަޅާ ރިޔާސީ އިންތިޚާބުގެ ވާހަކަތައް ހިމެނޭ، އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު ނަންބަރު 2254 އާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތް އދ. ގެ މަންދޫބަށް ހުށަހަޅާފައިވާ ކަމަށެވެ.

ނާސިރް އިތުރަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ އުއްމީދަކީ، މި ވާހަކަތަކުގެ ސަބަބުން ސީރިއާގެ އާންމު ރައްޔިތުންނަށް، އެފަރާތްތަކުގެ އުއްމީދުތަކާއި ހުވަފެންތައް ކާމިޔާބު ކުރުމަށް، އިންސަފުވެރި ސިޔާސީ ހައްލެއް ލިބިގެން ދިއުން ކަމަށެވެ. އަދި ހަމަ މިއާ އެކު އދ. ގެ މަސައްކަތްތަކަށް ރައީސް ބައްޝާރުގެ ސަރުކާރުގެ އެއްބާރުލުން ހޯދުމަށް އިދިކޮޅު ފަރާތްތަކަށް ބާރުއަޅާނެ ކަމުގެ ޔަޤީން ވެސް ނާސިރު ވަނީ ދެއްވާފައެވެ.

ނަމަވެސް ހުކުރު ދުވަހުގެ ހެނދުނު ސީރިއާ ސަރުކާރުގެ ވަފުދާއި އެކު އދ. ގެ މަންދޫބު ބޭއްވެވި މަޝްވަރާތަކަށް ފަހު، ސީރިއާ ސަރުކާރުގެ ވަފުދުގެ އިސްވެރިޔާ، ބައްޝާރް އަލް ޖާފަރީ ދެއްކެވި ވާހަކަތަކަށް ބަލާއިރު، އދ. ގެ ހުށަހެޅުންތަކަށް ސީރިއާ ސަރުކާރުގެ މާބޮޑު ޝައުޤުވެރިކަމެއް ނެތްކަން ދޭހަވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސީރިއާގައި ހިނގަމުންދާ ހަނގުރާމައަށް ހަ އަހަރު ވެފައިވާއިރު، މި މައްސަލައިގައި އެކަށޭނަ ޙައްލެއް ހޯދުމަށް މީގެ ކުރިން ސުލްޙައިގެ ވާހަކަތައް ބާއްވަން މަސައްކަތްކުރި 3 ފަހަރުވެސް އެކި ސަބަބުތަކާ ހުރެ ވަނީ ނާކާމިޔާބުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
ނިއުކްލިއާ އާ ޓެސްޓް ކާމިޔާބު، ވޯހެޑް އުފުލޭނެ: އުތުރު ކޮރެއާ

ނިއުކްލިއާ އާ ޓެސްޓް ކާމިޔާބު، ވޯހެޑް އުފުލޭނެ: އުތުރު ކޮރެއާ

15 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

05 މެއި 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު