Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ވަރުގަދަ ހަމަލާއެއް

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

14 އެޕްރީލު 2017 | ހުކުރު 06:02

މި ބޮން އަޅާފައިވަނީ އައިސްގެ ހަނގުރާމަވެރިން ދުއްވާލަން

| 14 އެޕްރީލު 2017 | ހުކުރު 06:02
ނިއުކްލިއާ ބޮން ފިޔަވައި، އެމެރިކާއިން ތައްޔާރުކޮށްފައިވާ އެންމެ ބާރުގަދަ ބޮން: މި ބޮން ފުރަތަމަ ފަހަރަށް ބުރާސްފަތި ދުވަހު ވަނީ ބޭނުންކޮށްފައި

ނިއުކްލިއާ ބޮން ފިޔަވައި، އެމެރިކާއިން ތައްޔާރުކޮށްފައިވާ އެންމެ ބާރުގަދަ ބޮން: މި ބޮން ފުރަތަމަ ފަހަރަށް ބުރާސްފަތި ދުވަހު ވަނީ ބޭނުންކޮށްފައި

"ބޮންތަކުގެ މަންމަ ބޮމު"ގެ ނަމުން ނަންދީފައިވާ، ނިއުކްލިއާ ބޮން ފިޔަވައި އެމެރިކާގައި އުފެއްދި އެންމެ ބާރުގަދަ ބޮން، އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސްގެ ހަނގުރާމެވަވެރިންނާ ދެކޮޅަށް ބުރާސްފަތި ދުވަހު ބޭނުންކޮށްފި އެވެ.

އެމެރިކާގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ސީއެންއެންގައި ބުނެފައިވާ ގޮތުގައި، 30 ފީޓް ދިގު، އަދި 21،600 ޕައުންޓްގެ މި ބޮން އަފްޣާނިސްތާނަށް ވައްޓާލާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 7:32 ގަ އެވެ.

އެއަށް ފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ "އެއީ ކާމިޔާބެއް" ކަމަށެވެ.

ޖީބީޔޫ-43/ބީ މެސިވް އޯޑެންސް އެއާ ބްލާސްޓް ބޮން ނުވަތަ "ބޮންތަކުގެ މަންމަ ބޮން" އަޅާފައި ވަނީ ނަންގަހާރު ޕްރޮވިސްގެ އަޗިން ޑިސްޓްރިކްޓްގައި އައިއެސްގެ ހަނގުރާމަވެރިން ފިލައިގެން އުޅޭ ކަމަށް ބެލެވޭ، ހޮހޮޅަތަކަށާއި ޓަނެލްތަކަށެވެ.

އެމެރިކާގެ އަސްކަރީ މައިމަރުކަޒު، ޕެންޓަގަންގެ ތަރުޖަމާނު އެޑަމް ސްޓަމްޕް ވިދާޅުވީ އައިއެސްގެ ހަނގުރާމަވެރިން ބަލިކުރުމުގެ މަސައްކަތަކީ އެމެރިކާއިން ވަރަށް ސީރިއަސްކޮށްކުރަމުން ގެންދާ ކަމެއް ކަމަށެވެ.

އަފްޣާނިސްތާނަށް ވަރުގަދަ ބޮމުގެ ހަމަލާއެއް ދިނީ، އެމެރިކާގެ ރައީސް ޑްނަލްޓް ޓަރަމްޕް ސީދާ އޯޑަރަށް ކަމަށް އެ މަނިކުފާނު ވިދާޅު ނުވި ނަމަވެސް، ބޮމުގެ ހަމަލާއަށް އިޝާރަތްކުރައްވައި ވިދާޅުވީ، "ހިނގައި ދިޔަ ކަންކަން އެންމެނަށް ވެސް އެނގޭ" ކަމަށާއި އަސްކަރިއްޔާއިން ކުރަން ބޭނުންވާ ކަންކަމުން ފުރިހަމަ އިހްތިޔާރާއި ހުއްދަ އޮންނާނެ ކަމަށެވެ.

ބޮން އަޅައި އައިއެސްގެ ހަނގުރާމަވެރިން ފުހެލާނެ ކަމަށް ރިޔާސީ ކްމެޕޭނުގެ ތެރޭގައި ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

އިރާގުގެ ހަނގުރާމައިގެ ދުވަސްވަރު ތައްޔާރުކުރި ޖީބީޔޫ-43/ބީ މެސިވް އޯޑެންސް އެއާ ބްލާސްޓް ބޮން ފުރަތަމަ ފަހަރަށް ޓެސްޓްކުރީ 2003 ގަ އެވެ. މި ބޮން އަޅައިފި ނަމަ ބޮޑު ސަރަހައްދެއް ހަލާކުވެގެންދެ އެވެ.

އިތުރަށް ކިޔާލަން

24 އޯގަސްޓު 2020

މަންމަގެ ވަޒީފާގެ ސަބަބުން "ދިރިއުޅުން" ހަލާކުވެއްޖެ ކަމަށް ދަރިފުޅު ބުނުމުން ވައިޓް ހައުސްގެ އެޑްވައިޒަރ މަގާމުން އިސްތިއުފާ ދެއްވައިފި

24 އޯގަސްޓު 2020
މަންމަގެ ވަޒީފާގެ ސަބަބުން "ދިރިއުޅުން" ހަލާކުވެއްޖެ ކަމަށް ދަރިފުޅު ބުނުމުން ވައިޓް ހައުސްގެ އެޑްވައިޒަރ މަގާމުން އިސްތިއުފާ ދެއްވައިފި
03 ޖޫން 2020

ޖޯޖް ފްލޮއިޑްގެ ދަރިފުޅުގެ މަންމަ: "ދަރިފުޅުގެ ގްރެޖުއޭޝަންވެސް އޭނާއަށް ނުފެންނާނެ"

03 ޖޫން 2020
ޖޯޖް ފްލޮއިޑްގެ ދަރިފުޅުގެ މަންމަ: "ދަރިފުޅުގެ ގްރެޖުއޭޝަންވެސް އޭނާއަށް ނުފެންނާނެ"
19 ޖުލައި 2019

މަންމަ އާއި ތިން ދަރިން މަރާލުމުގެ ތުހުމަތުގައި ކުދިންގެ ބައްޕަ ހައްޔަރުކޮށްފި

19 ޖުލައި 2019
މަންމަ އާއި ތިން ދަރިން މަރާލުމުގެ ތުހުމަތުގައި ކުދިންގެ ބައްޕަ ހައްޔަރުކޮށްފި
14 އޮކްޓޯބަރު 2018

ތޫފާން މައިކަލް ފޮލްރިޑާގެ ގޮނޑުދޮށުގެ އަވަށަށް އަރާފައިވަނީ ބޮންތަކުގެ މައި ބޮން ވައްޓާލި ފަދައިން

14 އޮކްޓޯބަރު 2018
ތޫފާން މައިކަލް ފޮލްރިޑާގެ ގޮނޑުދޮށުގެ އަވަށަށް އަރާފައިވަނީ ބޮންތަކުގެ މައި ބޮން ވައްޓާލި ފަދައިން
05 އޮކްޓޯބަރު 2017

ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

05 އޮކްޓޯބަރު 2017
ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި
16 އެޕްރީލު 2017

އިނގިރޭސިވިލާތުން އައިއެސްއަށް 200 އަށްވުރެ ގިނަ ހަމަލާ ދީފި

16 އެޕްރީލު 2017
އިނގިރޭސިވިލާތުން އައިއެސްއަށް 200 އަށްވުރެ ގިނަ ހަމަލާ ދީފި
14 އެޕްރީލު 2017

އެމެރިކާ އިން ވައްޓާލި ބޮމުން 36 މީހުން މަރުވެއްޖެ

14 އެޕްރީލު 2017
 އެމެރިކާ އިން ވައްޓާލި ބޮމުން 36 މީހުން މަރުވެއްޖެ
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް