Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަހުމަދީނިޖާދް

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

ގާޑިއަން ކައުންސިލުން ނިންމި ގޮތް

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 23 އެޕްރީލު 2017 | އާދީއްތަ 01:45
އީރާނުގެ ކުރީގެ ރައީސް މަހްމޫދު އަހުމަދީނިޖާދް

އީރާނުގެ ކުރީގެ ރައީސް މަހްމޫދު އަހުމަދީނިޖާދް

އީރާނުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެގައުމުގެ ކުރީގެ ރައީސް މަހްމޫދު އަހުމަދީނިޖާދަށް ގެއްލިއްޖެއެވެ.

އަހުމަދީނިޖާދަށް އަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނީ، އީރާނުގެ އެންމެ މަތީ މަޖްލިސް ނުވަތަ ގާޑިއަން ކައުންސިލުން އެގޮތަށް ނިންމުމުންނެވެ.

ރިޔާސީ އިންތިޚާބަށް ނުކުންނެވުމަށް އަހުމަދީނިޖާދު ނިންމެވިއިރު، އެމަނިކުފާނަކީ މީގެ ކުރިން އީރާނުގެ ރައީސްކަމުގެ ދެ ދައުރު ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ.

އަހުމަދީނިޖާދަށް މޭމަހުގެ 19 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަނުކުރޭވެ ކަމަށް ނިންމިއަސް ގާޑިއަން ކައުންސިލުން ވަނީ މިހާރުގެ ރައީސް ހަސަން ރޫހާނީ އާއި ހަރުކަށި ޚިޔާލުގެ ކެންޑިޑޭޓެއް ކަމަށްވާ އިބްރާހިމް ރައިސީއަށް ވާދަކުރެވޭނެ ކަމަށް ނިންމާފައެވެ.

އިންތިޚާބުގައި ވާދަކުރާ 6 ކެންޑިޑޭޓުންގެ ނަން ފަހުގެ ތާރީޚެއްގައި ގާޑިއަން ކައުންސިލުން އިއުލާންކުރާނެއެވެ. މި އިންތިޚާބުގައި ވާދަކުރުމަށް ސޯޅަ ހާހަށްވުރެ ގިނަ ކެންޑިޑޭޓުން ނަން ހުށަހަޅާފައިވެއެވެ.

އީރާނުގެ ރިޔާސީ އިންތިންޚާބުގައި އަހުމަދީނިޖާދަށް ވާދަ ނުކުރެވޭނެ ސަބަބު ގާޑިއަން ކައުންސިލުން ހާމަ ނުކުރިނަމަވެސް އިންތިޚާބުގައި ވާދަނުކުރެއްވުމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ އަހުމަދީނިޖާދަށް އިންޒާރު ދެއްވައިފަ އެވެ.

ރޫހީ ލީޑަރުގެ ވަރުގަދަ އިންޒާރުގައި ވިދާޅުވެފައިވަނީ އަހުމަދީނިޖާދު އިންތިޚާބުގައި ވާދަ ނުކުރަން ޖެހެނީ "އޭނާ އަށާއި ގައުމުގެ ފައިދާ އަށް" ކަމަށެވެ.

ގައުމުގެ ރައްޔިތުން އަހުމަދީނިޖާދު އިންތިޚާބުގައި ވާދަކުރައްވަން ބޭނުންނުވާ ކަމަށާއި އެހެން ނޫން ނަމަ އަނެއްކާ ވެސް ގައުމުގައި ހަމަނުޖެހުން ބޮޑުވެ ބައިބައިވުން އުފެދޭނެ ކަމަށް ޚާމަނާއީ ވިދާޅުވެފައިވެ އެވެ.

ރޫހީ ލީޑަރުގެ އިންޒާރާއި އެކުވެސް އަހުމަދީނިޖާދު އިންތިޚާބުގައި ވާދަކުރައްވަން ނިންމެވީ އެ އިންޒާރަކީ ނަސޭހަތެއް ކަމަށް ވިދާޅުވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ސާމީ އަނާން ހައްޔަރުކޮށްފި

މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ސާމީ އަނާން ހައްޔަރުކޮށްފި

23 ޖެނުއަރީ 2018
މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އަސްކަރިއްޔާގެ ކުރީގެ ލީޑަރު އިއުލާން ކުރައްވައިފި

މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އަސްކަރިއްޔާގެ ކުރީގެ ލީޑަރު އިއުލާން ކުރައްވައިފި

20 ޖެނުއަރީ 2018
ރިޔާސީ އިންތިޚާބުގައި ސިރިސޭނާ ވާދަކުރައްވާނެ: ފްރީޑަމް ޕާޓީ

ރިޔާސީ އިންތިޚާބުގައި ސިރިސޭނާ ވާދަކުރައްވާނެ: ފްރީޑަމް ޕާޓީ

18 ޖެނުއަރީ 2018
މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް އަންވަރު ސާދާތު ނިންމަވައިފި

މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް އަންވަރު ސާދާތު ނިންމަވައިފި

16 ޖެނުއަރީ 2018
މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ކުރީގެ ބޮޑުވަޒީރު ޝަފީގް ނިންމަވައިފި

މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ކުރީގެ ބޮޑުވަޒީރު ޝަފީގް ނިންމަވައިފި

08 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު