Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިޔަންމާ

ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

ހަތަރު މަސްވަންދެން ހިންގި އަމަލުތަކަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކެއް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 16 ފެބުރުއަރީ 2017 | ބުރާސްފަތި 14:47
މިޔަންމާ އަސްކަރިއްޔާ ރަހީން ސްޓޭޓުގައި ހަރަކާތްތެރިވަނީ

މިޔަންމާ އަސްކަރިއްޔާ ރަހީން ސްޓޭޓުގައި ހަރަކާތްތެރިވަނީ

މިޔަންމާގައި ރޮހިންޔާ މުސްލިމުން ދިރިއުޅެމުންދާ ރަހީން ސްޓޭޓުގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައި ފައިބައިފިއެވެ.

ރަހީން ސްޓޭޓްގައި ހިންގަމުންދިޔަ އޮޕަރޭޝަން މިޔަންމާ ސިފައިން ހުއްޓާލި ކަމަށް ބުދަ ދުވަހު ސީނިއާ އޮފިޝަލަކު ކަށަވަރުކޮށްދީފައިވާއިރު، މިޔަންމާ ސިފައިން ރަހީން ސްޓޭޓްގައި ހަތަރު މަސްވަންދެން ހިންގި އަމަލުތަކަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކަކަށް ވުން އެކަށީގެންވާ ކަމަށް އދ. އިން ވަނީ ބުނެފައެވެ.

މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަނުގައި އެއްވެސް ގޮތެއް ފޮތެއް ނުބަލައި މުސްލިމުން މަރައި، ބޮޑެތި ޖިސްމާނީ އަނިޔާތައްކޮށް، އަންހެނުންގެ އިއްފަތް ފޭރި އަދި މުސްލިމުންގެ އަވަށްތަކުގައި ރޯކުރި ރޯކުރުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މިޔަންމާގެ ސަރުކާރުން ބުނެފައިވަނީ މިޔަންމާގެ ސިފައިން ރަހީން ސްޓޭޓް އިން ފޭބިއަސް ރަހީން ސްޓޭޓުގެ ކަންކަން ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ.

މިޔަންމާ ސިފައިން ރަހީން ސްޓޭޓުގައި ހިންގި އަނިޔާވެރި އަމަލުތަށް މިޔަންމާ ސަރުކާރުން ގެންދަނީ އަބަދުވެސް ދޮގު ކުރަމުންނެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި

23 ފެބުރުއަރީ 2017
ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު