Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބާބްރީ މިސްކިތް

ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ

20 އެޕްރީލު 2017 | ބުރާސްފަތި 10:48

މައްސަލަ މި ބަލަނީ 25 އަހަރު ފަހުން

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 20 އެޕްރީލު 2017 | ބުރާސްފަތި 10:48
ބާބްރީ މިސްކިތް ތަޅާލުމަށް ހަރިކަށި ހިންދޫން މަސައްކަތް ކުރަނީ،

ބާބްރީ މިސްކިތް ތަޅާލުމަށް ހަރިކަށި ހިންދޫން މަސައްކަތް ކުރަނީ،

މީގެ ފަންސަވީސް އަހަރު ކުރިން އިންޑިއާގެ އަޔޯދިޔާގައި ހުންނަ ބާބްރީ މިސްކިތް ތަޅާލި މައްސަލާގައި ބީޖޭޕީގެ ތިން ލީޑަރެއްގެ މައްޗަށް ޝަރީއަތް ހިންގުމަށް އިންޑިއާގެ ސްޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

އިންޑިއާގެ އުއްތަރުޕްރަދޭޝްގެ އަޔޯދިއާގައި ހުރި ބާބްރީ މިސްކިތް ތަޅާލާފައިވަނީ ހަރުކަށި ހިންދޫންގެ ގިނަ ބަޔަކު އެއްވެގެން 1992 ވަނަ އަހަރުއެވެ.

ހަރުކަށި ވިސްނުމުގެ ހިންދޫން 16 ވަނަ ގަރުނުގެ ބާބްރީ މިސްކިތް ތަޅާލީ އެތަނަކީ އެމީހުންގެ ކަލާންގެއެއް އުފަންވީ ތަނެއް ކަމަށް ބުނުމުގެ އިތުރުން އެތަނުގައި ކުރިން ހުރީ ފައްޅިއެއް ކަމަށް ބުނަމުންނެވެ.

އޭގެ ފަންސަވީސް އަހަރު ފަހުން އިންޑިއާގެ ސުޕްރީމް ކޯޓުން އެމައްސަލައިގެ ޝަރީއަތް އަލުން ހިންގުމަށް އަންގާފައިވަނީ 1993 އަހަރު ބީޖޭޕީގެ ލީޑަރުން ކަމަށްވާ ލާލް ކްރިޝްނާ އަދުވާނީ، މުރުލީ މަނޯހަރު ޖޯޝީ، އުމާ ބާރްތީ އާ ދެކޮޅަށް އުފުލާފައިވާ ދައުވާއެވެ.

މީގެ އިތުރުން އޭރު އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރަކަށް ހުންނެވި ކަލިޔަން ސިންގް މައްޗަށްވެސް ޝަރީއަތް ހިންގާނެއެވެ. ނަމަވެސް އޭނާއަކީ މިވަގުތު ރާޖަސްތާނުގެ ގަވަރުނަރު ކަމަށްވާތީ، ކަލިޔަންގެ ޝަރީއަތް ކުރިއަށް ގެންދަން އަންގާފައިވަނީ ގަވަރުނަރުގެ ދައުރު ހަމަވުމުންނެވެ.

މިހާރު އިންޑިއާގައި ވެރިކަންކުރަމުން އަންނަ ބީޖޭޕީގެ އިސްލީޑަރުންތަކެއްގެ މައްޗަށް އަލުން މި ދައުވާކުރެވެނީ ބާބްރީ މިސްކިތް ތަޅާލުމަށް ހިންދޫންގެ ހަރުކަށި ފަރާތްތަކަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ބުނެއެވެ.

އޭގެ އިތުރުން ރުޅިވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކައި، ގައުމީ އެއްބައިވަންތަކަމަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރި ކަމުގެ ކުށުގެ ދައުވާ މި ލީޑަރުންގެ މައްޗަށް ކުރެވޭނެއެވެ.

އިންޑީއާގެ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ ކޮންމެ ދުވަކު ޝަރީއަތްތައް ބާއްވައިގެން ނަމަވެސް ދެ އަހަރު ތެރޭ މައްސަލަ ނިންމުމަށެވެ.

ބާބްރީ މިސްކިތް ތަޅާލުމުގެ ތުހުމަތުގައި 20 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ.

ބާބްރީ މިސްކިތް ތަޅައިލި މައްސަލައިގައި އިންޑިއާގެ ދެ ކޯޓެއްގައި ދެ ދައުވާއެއް އުފުލި އެވެ. އެއީ އެމިސްކިތް ތަޅައިލަން މީހުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކުމުކުގެ ކުށުގައި ރާއީ ބެރިއެލީގެ މެޖިސްޓްރޭޓް ކޯޓުގައި އުފުލި ދައުވާ އާއި މިސްކިތް ތަޅައިލި ކަމުގެ ކުށުގައި ލަކަނޫގެ ކޯޓްގައި އުފުލި ދައުވާ އެވެ. ނަމަވެސް ބީޖޭޕީގެ ލީޑަރުންގެ ޝަރީއަތް ދެން ކުރާނީ ލަކްނޯގަ އެވެ.

އިތުރަށް ކިޔާލަން

21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
28 އެޕްރީލު 2017

އުތުރުކޮރެއާގެ މައްސަލައިގައި ރައީސް ޓްރަމްޕް ޗަައިނާގެ ރައީސް ޝީއަށް ތައުރީފް ކުރައްވައިފި

28 އެޕްރީލު 2017
އުތުރުކޮރެއާގެ މައްސަލައިގައި ރައީސް ޓްރަމްޕް ޗަައިނާގެ ރައީސް ޝީއަށް ތައުރީފް ކުރައްވައިފި
19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
16 މާރިޗު 2017

ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

16 މާރިޗު 2017
ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި
07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
28 ފެބުރުއަރީ 2017

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް