Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމިނިސްޓަރ މަހްލޫފް

މިނިސްޓަރ މަހްލޫފް މ. އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަންނަވައިފި

މިހާތަނަށް ވަޑައިގެންނެވީ ރަތްމަންދޫ އާއި ދިއްގަރާއި، މަޑުއްވަރި އާއި ވޭވަށް އަދި މުލަކަށް

ލީވާން އަލީ
ލީވާން އަލީ | 7 ސެޕްޓެމްބަރު 2019 | ހޮނިހިރު 15:03
މ. އަތޮޅަށް މިނިސްޓަރ މަހްލޫފް

މ. އަތޮޅަށް މިނިސްޓަރ މަހްލޫފް

ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް މ. އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަންނަވައިފިއެވެ.

ހުކުރު ދުވަހު ދުވަހުގެ ރޭ މިނިސްޓަރ މަހްލޫފް ފެއްޓެވި މި ދަތުރުގައި އެދުވަހުގެ ރޭ ވަނީ މ. ރަތްމަންދޫއަށް ވަޑައިގަންނަވާފައެވެ.

މި ދަތުރުގައި ރަތްމަންދޫ ފުޓްސަލް ދަނޑު އަޅާނެ ބިމެއް ހަމަޖެހުނުހާ އަވަހަށް އެ މަސައްކަތް ނިންމާނެ ކަމަށް މިނިސްޓަރ މަހްލޫފް ވަނީ ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހު މިނިސްޓަރ މަހްލޫފް މ. ދިއްގަރާއި، މ. މަޑުއްވަރި އާއި މ. ވޭވަށް އަދި މ. މުލަކަށް ވަޑައިގެންފައެވެ.

އެގޮތުން މ. ދިއްގަރުގައި ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުމަށް މަޝްވަރާ ކުރެވުނުއިރު، ފެންވަރު ރަނގަޅު ވޮލީ ކޯޓެއް އެޅުމަށް ވަނީ ނިންމާފައެވެ.

މ. މަޑުއްވަރީގައި ފުޓްސަލް ދަނޑު ނިންމުމަށް ހަމަޖައްސާފައިވާއިރު، ދެން އިއުލާންކުރާ ލިސްޓުގައި އައުޓްޑޯ ޖިމެއްވެސް ތަރައްގީކުރަން ވަނީ ނިންމާފައެވެ. އަދި އެ ރަށުގައި ޕާކެއްގެ އިތުރުން ކައުންސިލްގެ މަޝްވަރާއާއެކު ވޮލީ އައުޓްޑޯ ކޯޓެއް އެޅުމަށްވެސް ވަނީ ނިންމާފައެވެ.

މ. ވޭވަށުގައިވެސް ޕާކެއް އަޅައިދެއްވާނެ ކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވެފައިވާއިރު، ފުޓްސަލް ދަނޑުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި އެ ރަށުގައިވެސް އައުޓްޑޯ ޖިމެއް ތަރައްގީ ކުރަން ވަނީ ހަމަޖެހިފައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މ. މުލަކުގައި ހުރި ބެޑްމިންޓަން ކޯޓު މަރާމާތުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށާއި، ދެން އިއުލާންކުރާ ލިސްޓުގައި އައުޓްޑޯ ޖިމެއް އެ ރަށުގައި ތަރައްގީ ކުރުމަށް ވަނީ ނިންމާފައިވާ ކަމަށެވެ. އަދި ފުޓްބޯލް ޕިޗު ނިންމުމުގެ އިތުރުން ޔޫތު ސެންޓަރވެސް ތަރައްގީކުރަން ވަނީ ނިންމާފައެވެ.

މިނިސްޓަރ މަހްލޫފް މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އާދީއްތަ ދުވަހު އެ އަތޮޅުގެ ބާކީ ތިން ރަށް ކަމަށްވާ ކޮޅުފުއްޓާއި، ނާލާފުށި އަދި މުއްޔަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި

21 މާރިޗު 2017
ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި
19 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު ޔުނައިޓެޑް ފަސްވަނައަށް

19 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު ޔުނައިޓެޑް ފަސްވަނައަށް
19 މާރިޗު 2017

ފަސްޕޮއިންޓްގެ ލީޑަކާއިއެކު ރެއާލް ހަމަޖެހިލައިފި

19 މާރިޗު 2017
ފަސްޕޮއިންޓްގެ ލީޑަކާއިއެކު ރެއާލް ހަމަޖެހިލައިފި
14 މާރިޗު 2017

އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި

14 މާރިޗު 2017
އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
06 މާރިޗު 2017

ފަސް އަހަރު ކުރިން ދުވަން ނުކުތް ޝަރަފް، ގައުމީ މެރެތަން ދުވުމުގެ ރެކޯޑް މުގުރާލައިފި

06 މާރިޗު 2017
ފަސް އަހަރު ކުރިން ދުވަން ނުކުތް ޝަރަފް، ގައުމީ މެރެތަން ދުވުމުގެ ރެކޯޑް މުގުރާލައިފި
21 ފެބުރުއަރީ 2017

މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި

21 ފެބުރުއަރީ 2017
މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި
13 ފެބުރުއަރީ 2017

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017
އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި
11 ފެބުރުއަރީ 2017

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް
06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު