Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް

އެމްއެންއައިއެސްގެ ފަރާތުން ފަސް ކޯހެއް ފަށައިފި

22 އޯގަސްޓު 2019 | ބުރާސްފަތި 13:44

ޔޫތް މިނިސްޓްރީ އިން އަންނަނީ ކުޅިވަރު ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުން

އަތޫފް އާތިފް
އަތޫފް އާތިފް | 22 އޯގަސްޓު 2019 | ބުރާސްފަތި 13:44
އެމްއެންއައިއެސް އިން ހިންގަމުން އަންނަ ކޯހުގެ ތެރެއިން

އެމްއެންއައިއެސް އިން ހިންގަމުން އަންނަ ކޯހުގެ ތެރެއިން

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ނެޝަނަލް އިންސްޓިޓުއުޓް އޮފް ސްޕޯޓްސް އިން ފަސް ކޯހެއް ފަށައިފިއެވެ.

މިއީ ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި ކުޅިވަރަށް އަހުލުވެރި ފަރާތްތައް އުފެއްދުމުގެ ގޮތުން އެ އިންސްޓިޓިއުޓްއިން ކުރިޔަށް ގެންދާ ކޯސްތަކެކެވެ.

މި މަހުގެ 20 ވަނަ ދުވަހު ގއ. ވިލިނގިލީގައި ބޭސިކް ފުޓްބޯލް ކޯޗިންގ ކޯހެއް ފަށާފައިވާއިރު މިއީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން އެމްއެންއައިއެސްއިން ކުރިޔަށް ގެންދާ ކޯހެކެވެ.

މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ ކޯހުގައި 30 ފަރާތަކުން ބައިވެރިވެފައިވާއިރު މި ކޯހުގައި އިރުޝާދު ދެއްވަނީ އެފްއޭއެމްގެ ކޯޗު އަހްމަދު ޝަރީފްއެވެ.

ހަމައެހެންމެ ހއ. ދިއްދޫގައި ބޭސިކް ސްވިމިންގ ކޯޗިން ކޯހެއް މި މަހުގެ 20 ވަނަ ދުވަހު ފަށާފައިވާއިރު މި ކޯހުގައި 30 ފަރާތަކުން ބައިވެރިވެއެވެ.

ސްވިމިންގް އެސޯސިއޭޝަނާއި ގުޅިގެން ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހާ ހަމަޔަށް ކުރިޔަށްގެންދާ މި ކޯހުގައި އިރުޝާދު ދެއްވަނީ އެ އެސޯސިއޭޝަންގެ ކޯޗު އާދަމް މުހައްމަދުއެވެ.

މީގެއިތުރުން ށ. ކޮމަންޑޫގައި ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯހެއް ފަށާފައިވާއިރު މި ކޯހުގައި 40 ފަރާތަކުން ބައިވެރިވެއެވެ. މި ކޯހުގައި އިރުޝާދު ދެއްވަނީ ހޭންޑްބޯލް އެސޯސިއޭޝަންގެ ކޯޗު އެމްޑީ އަމްޒަދު ހުސައިންއެވެ. ހޭންޑްބޯލް އެސޯސިއޭޝަނާއި ގުޅިގެން ކުރިޔަށް ގެންދާ މި ކޯސް މި މަހުގެ 20 އިން ފެށިގެން 26 އާ ހަމަޔަށް ކުރިޔަށް ދާނެއެވެ.

ބ. ދަރަވަންދޫގައި ވޮލީބޯލް ކޯޗިންގް ސެޓިފެކެޓް ލެވެލް 1ގެ ކޯހެއް 21 އޮގަސްޓްގައި ފަށާފައިވާއިރު ވީއޭއެމްއާ ގުޅިގެން ކުރިޔަށް ގެންދާ މި ކޯހުގައި 22 ފަރާތަކުން ބައިވެރިވެއެވެ. މި ކޯހުގައި އިރުޝާދު ދެއްވަނީ އެ އެސޯސިއޭޝަންގެ ކޯޗު އިސްމާއިލް ރިފާއުއެވެ.

ފުވައްމުލައް ސިޓީގައި އެފްއޭއެމްއާ އެމްއެންއައިއެސް ގުޅިގެން ފުޓްސަލް ރެފްރީ ކޯހެއް މާދަމާ ފަށަން ހަމަޖެހިފައިވާއިރު މި ކޯހުގައި 29 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މާލޭގައި މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދެވުނު ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯސްވަނީ ކާމިޔާބު ކަމާއެކު ނިންމާލާފައެވެ. ހޭންޑްބޯލް މޯލްޑިވްސްއާ ގުޅިގެން ކުރިޔަށް ގެންދިޔަ މި ކޯހުގައި 50 ބައިވެރިން ބައިވެރިވި އިރު ކޯހުން ފާސްވެ ކޯސް ނިންމިކަމުގެ ސެޓްފިކެޓް ހާސިލްކުރީ 37 ބައިވެރިޔެކެވެ. މި ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 21 އޮގަސްޓް ވަނަ ދުވަހުގެ ރޭއެވެ.

ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަކީ މިސަރުކާރުގެ ސިޔާސަތެކެވެ. އަދި ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ގެންދަވަނީ ކުޅިވަރު ތަރައްގީ ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
13 ފެބުރުއަރީ 2017

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017
އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި
11 ފެބުރުއަރީ 2017

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް