Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓުބޯޅަ

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017 | އާދީއްތަ 23:25

ވެލެންސިޔާ ވަނީ އެފްއޭކަޕް ކާމިޔާބުކޮށް އޭއެފްސީ ކަޕަށް ދަތުރުކޮށްފަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 22 ޖެނުއަރީ 2017 | އާދީއްތަ 23:25
ވެލެންސިޔާ އިން އެފްއޭކަޕްގެ ތަށި އުފުލާލަނީ

ވެލެންސިޔާ އިން އެފްއޭކަޕްގެ ތަށި އުފުލާލަނީ

މިއަހަރުގެ ފުޓްބޯޅަ ސީޒަނަށާއި އޭއެފްސީ ފުޓުބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކްލަބު ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި އެވެ.

އެފްއޭއެމްގެ ޓާފް ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ވެލެންސިއާގެ ފަރިތަކުންތައް ފެށިއިރު، މިއަހަރު ވެސް އެޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ ކީޕަރު ޓްރެއިނަރު މުހައްމަދު އިގުބާލް އެވެ. އަދި އޭނާއާ އެކު އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނީ ކުރީގެ ކެޕްޓަން އިސްމާއިލް އާސިފް (ކުޑަހީނާ) އެވެ.

އާ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ވެލެންސިއާގެ ފަރިތަކުންތައް ފެށިއިރު، މިމަހުގެ 31 ވަނަ ދުވަހު އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި ބޫޓާންގެ ތިމްޕޫއާ ދެކޮޅަށް ރަށުން ބޭރުގައި ވެލެންސިއާ ކުޅޭނެ އެވެ. މި ދެޓީމް ބައްދަލުކުރާ ދެ ވަނަ ލެގުގެ މެޗް ކުޅޭނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު މާލޭގަ އެވެ. ވެލެންސިއާ އޭއެފްސީ ކަޕުން ޖާގަ ހޯދީ މިދިޔަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބު ކޮށްގެންނެވެ.

ޕްރިލިމިނަރީ ބުރުން މޮޅުވާ ޓީމެއް ޕްލޭއޮފް ގައި ބައްދަލުކުރާނީ އިންޑިއާގެ މޯހަން ބަގާން އާއި ކޮލަމްބޯ ކުޅެ މޮޅުވާ ޓީމަކާ އެވެ. ޕްލޭއޮފް އޮންނާނީ ފެބްރުއަރީ 21 އަދި 28 ގައެވެ.

މިއަހަރުގެ ސީޒަންގައި ވެލެންސިއާއާ ގުޅުނު ބައެއް ކުޅުންތެރިންނަކީ ބީޖީ އަށް މިދިޔަ އަހަރު ކުޅުނު އިބްރާހިމް ޝިޔާމް (ދޮނާ) އާއި ވިކްޓަރީ އަށް މިދިޔަ ސީޒަނުގައި ކުޅުނު މުހައްމަދު ތަސްނީމް (ތައްތި) އާއި ގޯލްކީޕަރު ތޮލާލް ހަސަން އާއި ބިދޭސީ ކުޅުންތެރިޔާ އޮމޮދޫ ވެސްޓް އަދި ނިއު އަށް މިދިޔަ ސީޒަންގައި ކުޅުނު މުހައްމަދު މުސްލިހު އެވެ.

ވެލެންސިއާ ދޫކޮށް ދިޔަ ކުޅުންތެރިންގެ ތެރޭގައި އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ހަސަން އަދުހަމް (ސަޑޭ) އަދި މުހައްމަދު އާރިފް (ބަކާ) ހިމެނެއެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމަށް އެފްއޭއެމްއިން ނިންމާފައި ވަނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
13 ފެބުރުއަރީ 2017

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017
އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި
12 ފެބުރުއަރީ 2017

ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ

12 ފެބުރުއަރީ 2017
ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް