Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްލަބު އީގަލްސް

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

އީގަލްސްގެ ފަރިތަކުރުންތަކުގައި ނައްޓޭ ބައިވެރިވޭ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 15 ޖެނުއަރީ 2017 | އާދީއްތަ 14:10
ކްލަބް އީގަލްސްގެ ކުޅުންތެރިން ފަރިތަކުރުންތައް ކުރިއަށް ގެންދަނީ

ކްލަބް އީގަލްސްގެ ކުޅުންތެރިން ފަރިތަކުރުންތައް ކުރިއަށް ގެންދަނީ

ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކްލަބު އީގަލްސްގެ ފަރިތަކުރުންތައް ފަށައިފި އެވެ. އީގަލްސްގެ ފަރިތަކުރުންތައް ފެށިއިރު، އެ ކްލަބު އިތުރަށް ވަރުގަދަ ކުރުމަށް މާޒިޔާއަށް ކުޅެމުން އައި ޒުވާން ކުޅުންތެރިއާ އަހުމަދު ނާޝިދު (ނައްޓޭ) ވަނީ ގެންގޮސްފަ އެވެ. މީގެ އިތުރުން ބިދޭސީ ދެ ކުޅުންތެރިއަކު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެކްލަބުން މައުލޫމާތުދެ އެވެ. އާ ސީޒަނަށް ކުރިމަތިލާއިރު، އީގަލްސްއާއެކު ހަދާފައިވާ އެއްބަސްވުން އެޓީމުގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ވަނީ އާކޮށްފަ އެވެ. ސާންތި އެ ކްލަބުގެ އެއްބަސްވުން އާކުރީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އީގަލްސްއާއެކު ސާންތި މީގެ ކުރިން ހަދާފައިވާ އެއްބަސްވުން މިދިޔަ ސީޒަން ނިމުނުއިރު ވަނީ ހަމަވެފަ އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން އީގަލްސް ވަނީ މިދިޔަ ސީޒަނުގެ ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. ސާންތި އަކީ 27 އަހަރުގެ އީގަލްސްގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗެވެ. އީގަލްސްގެ ފަރިތަކުރުންތައް ކުރިއަށްދިޔަ ވަގުތު ނޫސްވެރިންނަށް މައުލޫމާތުދެމުން ސާންތި ބުނީ ފަރިތަކުރުންތައް ފެށިއިރު އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިދިޔަ އަހަރު ކްލަބުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން 95 އިންސައްތަ ކުޅުންތެރިން ޓީމުގައި މަޑުކުރުން ކަމަށެވެ. މި ފެށޭ ސީޒަން އުނދަގޫ ސީޒަނަކަށްވީ ނަމަވެސް ކުޅުންތެރިންގެ މަސައްކަތުން ކާމިޔާބު ހޯދޭނެ ކަމަށް ވެސް ސާންތީ ބުންޏެވެ. ކްލަބު އީގަލްސްގެ ފަރިތަކުރުން ފެށިއިރު، އާ ސީޒަނަށް ތައްޔާރުވުމަށް މާޒިޔާ އާއި ކްލަބު ވެލެންސިއާ އަދި ވިކްޓްރީންވެސް ވަނީ ފަރިތަކުރުންތައް ފަށާފަ އެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017
އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި
12 ފެބުރުއަރީ 2017

ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ

12 ފެބުރުއަރީ 2017
ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު