Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިހާބު

ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު

މުޅި މާލޭގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށް، ނަމަވެސް މާލެއަށް ތަރައްޤީ މި ސަރުކާރުން އެބަ ގެނޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 4 މާރިޗު 2017 | ހޮނިހިރު 04:20
އެމްޑީޕީ ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު

އެމްޑީޕީ ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު

މި ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ ޕްރޮޖެކްޓެއް ބޭނުންކަމުގައިވާނަމަ، އެމްޑީޕީގެ ކެނޑިޑޭޓުންނަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވޯޓުދޭންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ށ. ފޯކައިދުގައި އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އަބްދުﷲ ޝާހިދު ވިދާޅުވީ، މާލެގެ ކައުންސިލްއާއި، ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށް ކަމަށެވެ. އަދި މުޅި މާލެ ތަމްސީލްކުރަނީ އެމްޑީޕީގެ މެމްބަރުން ކަމަށާއި، ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށްގެންދާކަމަށް ބުނާ ތަރައްޤީގެ އެންމެ ގިނަ ޕްރޮޖެކްޓްތައް ކުރިއަށްގެންދަނީ މާލޭގައި ކަމަށެވެ. އެހެންކަމުން މި ސަރުކާރުން ބުނާ ތަރައްޤީގެ ޕްރޮޖެކްޓްތައް ބޭނުންކަމުގައިވާނަމަ އެމްޑީޕީގެ މެމްބަރުންނަށް ކައުންސިލް އިންތިހާބުގައި ވޯޓުދޭންޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މަލޭ ކައުންސިލްގެ ގިނަ ގޮނޑިތައް، މާލޭގެ ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތައް، ނަގައިގެން ތިބީ އެމްޑީޕީގެ މީހުން. މާލޭގައި ހިންގާވަރާއި ގަތަށްވެސް ރާއްޖޭގެ އެއްވެސް ރަށެއްގައި މި ސަރުކާރުން ތަރައްޤީގެ މަޝްރޫއެއް ނުހިންގާ. އެހެންވިމަ ތިޔަ ބޭފުޅުންވެސް ހައްދަވަންވީގޮތަކީ ތަރައްޤީގެ މަޝްރޫއު ބޭނުންވާކަމަށްވާނަމަ އެމްޑީޕީއަށް ވޯޓުދެއްވަންވީ" ޝާހިދު ވިދާޅުވި އެވެ.

އިތުރަށް ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، މިއަދު ޖެހިފައިމިވަނީ "ތޮށަލިތަކުރާޖެހުނު ވިގަންޏާ" ކަމަށެވެ. އެގޮތުން ދައުލަތުގެ ތެރެއިން އެތަށް ބައިވަރު ފައިސާއެއްކަމުންގެންދާކަމަށާއި، އެގޮތަށް އެއް ބިލިއަން ރުފިޔާ ކައިފައިވާކަމަށެވެ. އަދިވެސް ކަމުންގެންދާއިރު، "ތޮށަލިތަކުރާޖެހުނު ވިގަނި" މިހާރު އުޅެނީ އަތޮޅެއް ވިއްކާ ކާލުމަށްކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެގެންދާއިރު، ސަރުކާރުން ރަނުގެ ދިއުޓީ އެއްކޮށް ކަނޑާލައި، ލަގްޖަރީ ޔޮޓްތަކުން ނަގާ ޑިއުޓީވެސް ކަނޑާލާފައިވާކަމަށެވެ. އަދި މި ސަރުކާރަށް ގަބުލުކުރެވިފައި އޮންނަގޮތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން އުޅެނީ ރަން އަޅައިގެން ލަގްޖަރީ ޔޮޓްތަކުގައި ކަމަށް ޝާހިދު ވިދާޅުވި އެވެ. އެ ތަކެތި ޑިއުޓީ ކަނޑާލުމަށްފަހު، އެންމެފަހުން ސަރުކަރުން ރައްޔިތުންގެ ކަރަށް އަތްބާނާފައިވާކަމަށާއި، މި އަނިޔާވެރިކަމުން ސަލާމަތްވާންޖެހޭކަމަށް ޝާހިދު ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި ކުރިއަށް ކައުންސިލް އިންތިހާބުގައި ރައީސް ޔާމީންގެ ކިބައިން ޤައުމު ސަލާމަތްކުރާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

05 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން

ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު