Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޔާމީން

ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން

ކުރިއަށް ދެ ހަފްތާ ތެރޭ މުޅި ރާއްޖެއިން ހިމަބިހި ނައްތާލާނަން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2017 | ބުދަ 15:33
ރައީސް އަބްދުﷲ ޔާމީން

ރައީސް އަބްދުﷲ ޔާމީން

ޕީޕީއެމްގެ ސަރުކާރުން ރައްޔިތުންނާއި ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރާ ކަންތައްތަކުގެ "ހަފުށް" ވެސް ފެންނަމުންދާ ކަމަށާއި ދެފުށް ނުފެނުނީ "ކަޑަޖަހާ ފަސްއެޅި" ދުވަސްވަރުގައި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއާ އަލަށް ގުޅިވަޑައިގެންނެވި މެމްބަރުންގެ ފޯމްތައް ރައީސް އަބްދުﷲ ޔާމީންއާ ހަވާލު ކުރެއްވުމަށް ބުދަ ދުވަހު ސްޓެލްކޯގެ ހޯލުގައި ބޭއްވި ރަސްމީއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ މީގެކުރިން އިވެނީ ސަރުކާރުން ކުރާ އެކިއެކި ކަންކަމުގައި ގަޑަޖަހާ އޭގެ މައްޗަށް ފަސް އަޅަމުންދާ ވާހަކަ ކަމަށާއި އޭރު ސަރުކާރުން ކުރާ ކަންތައްތަކުގެ ދެފުށް ނުފެންނަ ކަމަށެވެ. ނަމަވެސް މިއަދު ސަރުކާރުން ޖަހާ ކަޑައިގެ މައްޗަށް އިމާރާތްތައް އާރާސްތު ވެގެންދާ ތަން ފެންނަމުންދާ ކަމަށާއި އެހެން ކަމުން ސަރުކާރުން ކުރާ ހުރިހައި ކަމެއްގެ ވެސް ދެފުށް ފެނުމުގެ ބަދަލުގައި ހަފުށް ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ކޮންމެ އިންތިހާބަކަށް ދިމާކޮށް ކަޑަ ޖަހާ ވާހަކަ ސިޔާސީ ޕޯޑިއަމްތަކުގައި އެންމެ ގިނައިން ދައްކަނީ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ވެރިކަމަށް ނިސްބަތްކޮށްފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ މައްސަލައަކީ ސަރުކާރުން ކުރާ ކަންތައްތަކުގެ ދެފުށް ނުފެނުމެއް ނޫން ކަމަށާއި ހަގީގީ މައްސަލައަކީ ސަރުކާރަށް ފަޑުކިޔާ ފަރާތްތަކަށް ކަންތައްތައް ކުރުމުގެ ފުރުސަތު ލިބުނުއިރު ރައްޔިތުން އުންމީދުކުރިވަރާ ގާތަށް ވެސް ކަންތައްތައް ނުކުރެވުން ކަމަށާއި އެހެން ކަމުން ކުޅިބަލަން މިއަދު އިދިކޮޅު ފަރާތްތަކަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލެ ހުޅުލެ ގުޅާލުމުގެ ބްރިޖާ އަދި އައިޖީއެމްއެޗް ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެޓްތަކުގެ އިތުރުން އެތައް ބޮޑެތި ޕްރޮޖެކްޓްތަކެއް ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާންގެ ސަރުކާރުން ހަމައެކަނިކުރައްވާ ކަމަކީ ސިނގިރެޓާއި އެނާޖީ ޑްރިންކުން ޓެކްސް ނެގުން ނޫން ކަމަށާއި ކުރިއަށް އޮތް ދެ ދުވަސް ތެރޭ މުޅި ރާއްޖެއިން ހިމަބިހި ފިލުވާލުމށްޓަކައި ގައުމީ މަޝްރޫއެއް ފައްޓަވާނެ ކަމަށެވެ. މުޅި ރާއްޖެއިން ހިމަބިހި ފިލުވާލުމަށްޓަކައި ޖަހަން ޖެހޭ ވެކްސިން އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ ހުރިހައި ދިވެހިންގެ ގަޔަށް ޖަހައި އެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ ކަމަށާއި ނަމަވެސް ކަންކަން ތަރައްޤީކުރުމުން ޚިދުމަތް ހޯދަން ގޮސް އެންމެ ކުރީ ސަފުގައި ތިބެނީ ހަމަ އެމީހުން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ޓެކްސް ނަގަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށެވެ. ރައްޔިތުންގެ އަތުން ޓެކްސް ނެގުމަށްފަހު އެ ފައިސާ އަނބުރައި ޚަރަދުކުރަނީ ރައްޔިތުންގެ ބޭނުންތަކަށް ކަމަށެވެ. ސަރުކާރުން ދެމުން އައި ސަބްސިޑީތައް ކަނޑައިލިކަމަށް ދައްކާ ވާހަކަތައް ރައީސް ޔާމީން ވަނީ ދޮގުކުރައްވައިފައެވެ. ރައީސް ޔާމީން ވިދާޅުވީ ސަބްސިޑީއަކީ އެއްވެސް ޤައުމުގެ އެންމެންނަށް ދޭ އެއްޗެއް ނޫންކަމަށާއި ސަރުކާރުން ސަބްސިޑީ ދެނީ އޭގެ ހައްޤުވެރިންނަށް ކަމަށެވެ. އެގޮތުން ހައްޤުވެރިންނަށް މިހާރުވެސް ގެންދަނީ ސަބްސިޑީ ދެމުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ހުރިހާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ. ކައުންސިލަށް ހޮވުމުން، އެއްވެސް ވަރަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެއްބާރުލުން ނުދޭ ކައުންސިލަރުން ތިއްބެވީމަ، އެކަން ބަދަލުކުރުމުގެ ފުރުސަތު ރައްޔިތުންނަށް އިންތިހާބުގައި އޮންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އޭޕްރީލް 15ގައި އޮންނަ އިންތިހާބަކީ މި ސަރުކާރު ދަމަހައްޓަން ދޭ ވޯޓަކަށް ހަދަން ޖެހެ އެވެ. ސަރުކާރާ ދެކޮޅަށް ވޯޓު ދޭން ބޭނުންނަމަ، މި ސަރުކާރަށް ވުރެ ރަނގަޅަށް ކަންކަން ކޮށްދެވޭނެ ކަން އަންގައި ދިނުމަށް ރައީސް އެދިވަޑައިގަންނަވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު