Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮރަޕްޝަން

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

ވަކީލަކު އައްޔަނުކުރުމަށް ވަނީ 14 ދުވަހުގެ މުއްދަތެއްދީފަ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 6 ފެބުރުއަރީ 2017 | ހޯމަ 16:13
މިއަދުގެ ޝަރީއަތުގެ އަޑުއެހުމަށްފަހު ސޯބެ ކޯޓުން ނިކުންނަނީ

މިއަދުގެ ޝަރީއަތުގެ އަޑުއެހުމަށްފަހު ސޯބެ ކޯޓުން ނިކުންނަނީ

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ސޯދިޤް އާއި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ހަސަން ޝާހިދުގެ މައްޗަށް ދައުލަތުންކޮށްފައިވާ ކޮރަޕްޝަންގެ ދައުވާއަށް ދެ ބޭފުޅުންވެސް އިންކާރުކުރައްވައިފި އެވެ.

ސޯބެ އާއި ޝާހިދުގެ މައްޗަށް ކުރަނީ މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖައިޒު ފާއިދާއެއް ހޯދައި ދިނުމުގެ ކުށުގެ ދައުވާއެވެ. ދެބޭފުޅުންވެސް ދައުވާއަށް އިންކާރުކުރައްވާފައިވަނީ ހޯމަ ދުވަހު (މިއަދު) މެންދުރުފަހު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވި ޝަރީއަތުގެ ފުރަތަމަ އަޑު އެހުމުގައެވެ.

ޝަރީއަތުގެ އަޑުއެހުމުގައި ދެ ބޭފުޅުންވެސް ވަނީ ދައުވާއަށް އިންކާރުކުރައްވައި، ވަކީލަކު ހަމަޖެއްސުމަށް އިތުރު މުއްދަތެއް ދިނުމަށް އެދިވަޑައިގެންފަ އެވެ. ދެބޭފުޅުންވެސް އެގޮތަށް އެދިވަޑައިގަތުމުން ވަކީލަކު އައްޔަނުކުރެއްވުމަށް ދެބޭފުޅުނަށްވެސް ވަނީ 14 ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ.

ސޯބެ އާއި، ޝަހިދުގެ މައްޗަށް މަޤާމުގެ ނުފޫޒު ބެނުންކޮށްގެން ނާޖައިޒު ފައިދާއެއް ހޯދައިދިނުމުގެ ދަައުވާކުރަނީ، އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް އެ ސިޓީގެ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ކުރެހުންތަކެއް ބަހައްޓަން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ބަޔަކާ ހަވާލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

އެކަމާއި ގުޅިގެން އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮންވެންޝަން ސެންޓަރުގެ ކޮންކްރީޓް ރީފިލް މަސައްކަތް ކުރުމަށް ކުންފުންޏަކާ ހަވާލު ކުރީ އިއުލާނު ކުރުމެއް ނެތި ކަމަށާއި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މޭޔަރުކަން އެނގެން އޮންނަ ކަމަށެވެ. އޭސީސީން ބުނެފައި ވަނީ އެއްބަސްވި އަދަދަށް ވުރެ އިތުރަށް ރިލީފް އާޓް ތައްޔާރުކޮށްފައިވާ ކަމަށާއި އެ މަސައްކަތް ކުރި ފަރާތަށް 336،000ރ. ދީފައިވާ ކަމަށް ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު