Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ކާބަން ޕޮލިސީ

ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

ކާބަން ނިއުޓްރަލް ކުރުމުގެ ހުވަފެން ވަނީ ނިމިފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 5 މާރިޗު 2017 | އާދީއްތަ 23:14
މިނިސްޓަރ އޮފް އެންވާރަމަންޓް އެންޑް އެނާޖީ، ޠާރިޤު އިބްރާހިމް

މިނިސްޓަރ އޮފް އެންވާރަމަންޓް އެންޑް އެނާޖީ، ޠާރިޤު އިބްރާހިމް

ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ކުރުމަކީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެކިލެއްވި ހުވަފެންފުޅެއް ކަމަށާ، އެކަން މިހާރު ނިމި ހިނގަޖެއް ކަމަށާއި، މިހާރު ބޭނުންވަނީ ތަރައްޤީ ކަމަށް މިނިސްޓަރ އޮފް އެނަރޖީ އެންޑް އެންވާރަމަންޓް، ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ދި ގާޑިއަން ނޫހަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ ޠާރިޤު ވިދާޅުވީ، ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ކުރުމަކީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެކިލެއްވި ހުވަފެންފުޅެއް ކަމަށާ، އެ ހުވަފެން މިއަދު ނިމިފައިވާ ކަމަށެވެ. އަދި ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތައް މިއަދު ބޭނުން ނުވާކަމަށާ،މިހާރު ބޭނުންވަނީ ތަރައްޤީ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޠާރިޤު ވިދާޅުވީ ސަރުކާރުގެ ވިސްނުން މިހާރު ހުރީ ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމުގެ ބަދަލުގައި ދިވެހިރާއްޖެ ލޯ ކާބަން އެމިޝަން ޤައުމަކަށް ހެދުން ކަމަށެވެ.

ޠާރިޤު ވިދާޅުވީ، މޫސުމަށް ބަދަލުތަކެއް އަންނަމުންދާ ކަމަށާ، ނަމަވެސް ދިވެހިން ތިބީ ދިވެހިރާއްޖެ ރާޅުތަކުގެ ތެރެއަށް ދޫކޮށްލަން ނޫން ކަމަށެވެ. އަދި މޫސުމީ ބަދަލުގެ ރެފިއުޖީންގެ ގޮތުގައި އެހެން ތަނަކަށް ހިޖުރަން ކުރަންވެސް ބޭނުން ނުވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޠާރިޤު ވިދާޅުވީ ސަރުކާރުގެ ވިސްނުން މިހެން ހުރި ނަމަވެސް، ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއްވެސް އަންނަކަން ޤަބޫކުކުރައްވާ ކަމަށެވެ. އެގޮތުން، ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ހޭދަވުމާއި، ވާރޭ ފެން ލިބުން ދަތިވުން ހިމެނޭ ކަމަށާ، ވައި ގަދަވެ، ރާޅުތައް ބޮޑުވާކަން ފާހަގަ ކުރެވޭއިރު، ފެން ލޮނުވާ މިންވަރުވެސް އިތުރުވެ، އަވަސްވަމުންދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި މި ކަންކަމުގެ ސަބަބުން، މަސްވެރިކަމާއި ދަނޑުވެރިކަމަށް ބޮޑެތި އަސަރުތަކެއް ކުރާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި ކަންކަން މިހެން ހުރި ނަމަވެސް، މޫސުމީ ބަދަލަކީ އަޅުގަނޑުމެންނަށް ދިމާވެފައިވާ އެއް މައްސަލަ ކަމަށާ، މިވަގުތު އެންމެ ބޮޑު މައްސަލަ ތަކަކީ ފެނާއި، ނަރުދަމާ އާއި ގޮނޑުދޮށް ހިމާޔަތް ކުރުން ކަމަށެވެ.

ރާއްޖޭގައި އެކަށޭނަ ނަރުދަމާ ނިޒާމެއް ޤާއިމް ކުރެވިފައިވަނީ 31 ރަށުގައި ކަމާއި، ކުނި މެނޭޖް ކުރުމުގެ ވަޞީލަތް ޤާއިމް ކުރެވިފައިވަނީ 6 ރަށުގައި ކަން ފާހަގަ ކުރައްވާ މިނިސްޓަރ އިތުރަށް ވިދާޅުވީ، މިވަގުތު ބޭނުންވަނީ ވަޢުދު ތަކަކާއި، ފޮނި ބަސްތަކެއް ނޫން ކަމަށާ، މިވަގުތު ބޭނުންވަނީ، ކަންކަން ކުރުން ކަމަށެވެ.

ސަރުކާރުން އުއްމީދު ކުރާ ތަރައްޤީގެ މަޝްރޫޢުތަކާއި އެކު ކްލައިމެޓް އެމިޝަން، ނުވަތަ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް އިތުރުވެގެން ދާނެ ކަން ސަރުކަރުންވެސް ޤަބޫލުކުރާކަން ފާހަގަކޮށް ގާޑިއަންގައި ބުނެފައިވަނީ، ޖައްވައް ބޭރުވެގެންދާ އިތުރު ގޭސްތަކުގެ މައްސަލައިގައި ސަރުކާރުގެ ޖަވާބަކީ، ރާއްޖެ އަކީ ދުނިޔޭގެ ކްލައިމެޓް އެމިޝަންގެ ހިއްސާގެ ނިސްބަތުން ބަލާއިރު އެ ނިސްބަތަށް އެންމެ 0.003 އިންސައްތަ ހިއްސާކުރާ ޤައުމެއް ކަމުން ތަރައްޤީ ވުމުގެ ޙައްޤު ރާއްޖެއަށް އޮތް ކަން ކަމެވެ.

ސަރުކާރުން ބޭރުގެ މީޑިއާތަކުގައި ތިމާވެށީގެ ސިޔާސަތައް ބަދަލުގެނައިކަން ހާމަކޮށްފައިވާއިރު، މި ބަދަލާއި ގުޅޭގޮތުން ދިވެހި ރައްޔިތުންނަށް ތަފްޞީލް މަޢުލޫމާތު މީގެ ކުރިން ދީފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!

16 މާރިޗު 2017
ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!
08 މާރިޗު 2017

ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން

08 މާރިޗު 2017
ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން
08 މާރިޗު 2017

އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް

08 މާރިޗު 2017
އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް
06 މާރިޗު 2017

އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

06 މާރިޗު 2017
އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން
06 މާރިޗު 2017

ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު

06 މާރިޗު 2017
ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު