Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމް އޮފީސް ހުޅުވުން

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017 | ހުކުރު 12:04

ބޮޑު ޕާޓީއެއްގެ ތެރޭގައި ހަމަނުޖެހުން އޮންނާނެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 10 ފެބުރުއަރީ 2017 | ހުކުރު 12:04
އަބްދުއް ރަހީމު އަބްދުﷲ

އަބްދުއް ރަހީމު އަބްދުﷲ

ޕީޕީއެމް ބޮޑުވަމުންދާ ވަރަކަށް ޚީޔާލު ތަފާތުވުން އޮންނާނެ ކަމަށާއި ސިޔާސީ މައިދާނުގައި ގޮންޖެހުންތައް ގިރާކޮށް ކުރިއަށް ދެވެންޖެހޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދައިރާގެ މަޖިލީސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމް އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕާޓީގެ ތެރޭގައި ޚިޔާލު ތަފާތުވުންތަކާ ވެސް ކުރިމަތިލާން ޖެހޭނެ ކަމަށާއި އެއީ އެއްވެސް ހާލެއްގައި މައްސަލައެއް ނޫން ކަމަށެވެ. ގިނަ ބަޔަކު އެކީގައި މަސައްކަތް ކުރާ އިރު ދިމާވާ އެފަދަ މައްސަކަތަކަކީ ހައްލު ކުރެވެންޖެހޭ މައްސަލަތަކެއް ކަަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް އިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާ، އަބްދުއްރަހީމް ވިދާޅުވީ، އެޕާޓީގެ ވެރިކަމުގައި އެހެން އެއްވެސް ސަރުކާރުން ގެނެސް ނުދޭ މިންވަރަށް ތަރައްގީ ގެނެސްދީފައިވާ ކަމަށެވެ. އެގޮތުން މިއީ އެޕާޓީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް އޭނާ ވިދާޅުވި އެވެ. އަބްދުއްރަހީމް ވިދާޅުވީ، އެހެން ޕާޓީތަކުން ކިޔާ ފާޑު ކިޔުންތަކަށް ރައްދު ދިނުމަކީ އޭނާ ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ޕީޕީއެމް އިން މަސައްކަތްކުރަނީ ރައްޔިތުންނަށް ބޭނުންވާ ކުރިއެރުމާއި ފާގަތިކަން ގެނެސްދިނުމަށް ކަމަށެވެ.

ޕީޕީއެމް އަބަދުވެސް މަސައްކަތް ކުރާނީ ޕީޕީއެމްގެ މޮޓޯ ކަމުގައިވާ އެންމެ ފުރަތަމަ ގައުމުގެ ޝިއާރުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕާޓީގެ މަގްސަދަކީ މިޕާޓީގެ ސަރުކާރު، ރައީސް ޔާމީންގެ ވެރިކަމަކީ ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބޭނެ ޕާޓީ އަކަށް ހެދުން، ދިވެހިރާއްޖެއަށް ކުރިއެރުމާއި ތަރައްގީ ލިިބިގެންދިޔުން، ރާއްޖެއަކީ ހިންހަމަޖެހިގެން ރައްޔިތުންނަށް އުޅެވޭނެ ތަނަކަށް ހެދުން" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމް އަށް ތާއީދެއް ނެތް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކާއިރު ޕީޕީއެމްއަކީ މިއަދު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ފުރިހަމަ ތާއީދު އޮތް ކަމަށާއި ދެން އޮތް ރިޔާސީ އިންތިހާބުގައިވެސް އެކަން ފެނިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި

04 މާރިޗު 2017
މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި
04 މާރިޗު 2017

ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ

04 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ
02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
02 މާރިޗު 2017

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
08 ފެބުރުއަރީ 2017

ފާޑު ކިޔަސް އުސޫލް ދުލެއް ނުކުރާނަން: ރައީސް ޔާމީން

08 ފެބުރުއަރީ 2017
ފާޑު ކިޔަސް އުސޫލް ދުލެއް ނުކުރާނަން: ރައީސް ޔާމީން
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް