Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމް

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

ލޯޔަރު ވައްޑެއަކީ ވަރަށް އިހުލާސްތެރި ބޭފުޅެއް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2017 | ބުދަ 04:14
ޤާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް

ޤާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް

ތުލުސްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު އިބްރާޙިމް (ލޯޔަރ ވައްޑެ) އަކީ އިޚުލާސްތެރިއެއް ނޫން ކަމަށް ވިދާޅުވެ، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ރައީސް މައުމޫނު އަބްދުއްޤައްޔުމް ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމްގެ ވާހަކަތައް ދޮގުކުރަށްވައި ރައީސް މައުމޫނު ނެރުއްވި ބަޔާނެއްގައި އެމަނިކުފާނު ވިދާޅުވީ، ޕީޕީއެމްގެ ނާއިބް ރައީސް، ލޯޔަރ ވައްޑެ އަކީ ދިވެހިރާއްޖޭގެ ޤައުމީ މަސްލަޙަތު ހިމެނޭ ހުރިހާ ކަމެއްގައި، މިހާތަނަށް، ޤައުމަށް ފައިދާ ކުރަނިވި ގޮތަށް މަސައްކަތް ކޮށްދެއްވާފައިވާ ނުހަނު އިޚުލާސްތެރި ބޭފުޅެއް ކަމަށެވެ. އަދި ޤައުމަށާއި ރައްޔިތުންގެ ލާބައާއި މަންފާއަށް ކަނޑައެޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި ރައްޔިތުންގެ ހައްޤުގައި އިޚުލާސްތެރިކަމާއެކު ވަކާލާތު ކުރަށްވަމުން ގެންދަވާ ބޭފުޅެއް ކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް މައުމޫނު ވިދާޅުވީ، ތުލުސްދޫ ދާއިރާގެ ތަރައްޤީއަށްޓަކައި އެތަކެއް މަޝްރޫޢުތަކެއް ގެނެސްދެއްވާފައިވަނީ ވެސް ވަހީދުގެ ނުހަނު އިޚުލާސްތެރި ބުރަ މަސައްކަތުން ކަމުގައި ފާހަގަވާކަމަށެވެ. އަދި އޭގެ ތެރޭގައި މިހާރު ނިމިފައިވާ ބިންހިއްކުމުގެ މަޝްރޫޢާއި އަދި މިހާރުވެސް ކުރިޔަށް ހިންގަމުންދާ އެތައް މަޝްރޫޢުތަކެއް ހިމެނޭ ކަމަށާއި، މި މަޝްރޫޢުތަށް ދަޢުލަތުގެ ބަޖެޓުގައި ހިމެނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަށްވާފައިވަނީ ވެސް ވަރަށް އަގުހުރި، އިޚުލާސްތެރި މަސައްކަތްޕުޅުތަކެއް ކަމަށެވެ.

މީގެ އިތުރުން މުޙައްމަދު ވަޙީދު އިބްރާޙިމް (ލޯޔަރ ވައްޑޭ) އަކީ ޕީޕީއެމް އުފެއްދުމަށްޓަކައި އަގުނުކުރެވޭނެ އިޚުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ. އެގޮތުން އޭނާއަކީ ޕީޕީއެމްގެ ފުރަތަމަ ޤައުމީ ޖަލްސާއިން ޕީޕީއެމްގެ ކައުންސިލަށް ކުރިމަތިލާ މެންބަރުންގެ ވަރަށް ފުރިހަމަ ތާޢީދާއެކު ކައުންސިލް މެންބަރު ކަމަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅެއް ކަމަށް މައުމޫނު ވިދާޅުވި އެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ލޯޔަރ ވައްޑޭ އަކީ ނުހަނު އިޚުލާސްތެރި ކަމާއެކު، ޕާޓީގައި ހެދިފައި ވާ ޤަވާއިދުތަކާއި ޢުސޫލުތަކުގެ ތެރޭގައި މަސައްކަތް ކުރައްވަމުން ގެންދަވާ އަދި މެންބަރުންގެ ލޯތްބާއި ތާޢީދު ލިބިވަޑައިގެންފައިވާ، ޕާޓީގެ ރައީސްގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ، ޤައުމަށާއި ޕާޓީއަށް، އަދި އެ މަނިކުފާނު ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް އިޚްލާސްތެރި ބޭފުޅެއްކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ.

އެހެންކަމުން ޕާޓީއަށާއި ޤައުމަށް އިޚުލާސްތެރި ބޭފުޅުންނާ ބެހޭގޮތުން ހަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ދައްކަމުން ގެންދާ ފަރާތްތަކުގެ އެ ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ. ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި އެކަހަލަ ވާހަކަތައް ދެއްކުމުން، ޕީޕީއެމްގެ އާންމު މެންބަރުންނާއި ދިވެހި ރައްޔިތުންގެ ކުރިމަތީގައި އެބަޔަކު ފަލީޙަތްވެ އިތުބާރު ގެއްލުން ނޫން ކަމެއް ނޫނީ ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު