Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް 2019

ނެޝަނަލް ޗެމްބަރ އޮފް ކޮމާރސްގައި އޮތީ ސިޔާސީ ކުލަޖެހިފައި: މެމްބަރުން

ވިޔަފާރިވެގެން ޖަމްއިއްޔާ ސިޔާސީ ނުފޫޒުން އެއްކިބާ ކުރަންޖެހޭ ކަމަށް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 3 ޖުލައި 2019 | ބުދަ 13:29
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ނެޝަނަލް ޗެމްބަރ އޮފް ކޮމާރސް ނުވަތަ އާއްމު ނަމުންނަމަ ވިޔަފާރިވެރިންގެ ޖަމްއިއްޔާ، ހިންގަންޖެހޭ އުސޫލުން އެއްކިބާވެ، ސިޔާސީ ކުލަޖެހިފައިވާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފާޅުކޮށްފިއެވެ.

މެމްބަރުންގެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީސްގެ ބިލްގެ އިބްތިދާއީ ބަހުސް މަރްހަލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބިލަކީ ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހުށަހެޅުއްވި ބިލެކެއެވެ.

Advertisement - newsAdvertisement

ޗެމްބަރ އޮފް ކޮމާރސް އަކީ ވިޔަފާރިވެރިންގެ ހައްގުތަށް ހިމާޔަތްކޮށް ދިވެހިރާއްޖެ ބައިނަލްއަގްވާމީ މައިދާނުގައި ތަމްސީލްކޮށް, ދިވެހި ވިޔަފާރިވެރިންގެ ކަންކަން ކުރިއަރުވައި ގައުމުގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމަށް އުފައްދާފައިވާ މުއައްސަސާއެކެއެވެ. ނަމަވެސް މިހާތަނަށް އައިއިރު، އެކަންތައް ކުރަން މުއައްސަސާ ނުކުޅެދިފައިވާކަން މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ. ޗެމްބަރު އޮފް ކޮމާރސް އަށް އެހެންވާން ޖެހުނީ ކްލަބް ޖަމްއިއްޔާ އެއްގެ ގޮތުގައި، އެ ޗެމްބަރު ބާއްވައިގެން ކުރިއަށް ދިޔުމުން ކަން މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ބިލް ހުށަހަޅުއްވަމުން، ޝަރީފް ވިދާޅުވީ ބިލް ހުށަހަޅަން ހިތްވަރު ލިބިވަޑައިގެންނެވީ "ބާރ ކައުންސިލް" ބިލް މަޖިލީހުން ފާސްކުރުމުން ކަމަށެވެ. މެމްބަރު ޝަރީފް ވިދާޅުވީ މި ބިލް ފާސްވުމަކުން ދިވެހި ދައުލަތުން އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭނެ ކަމަށެވެ. ނަމަވެސް ބިލްގެ ސަބަބުން ޗެމްބަރު ހިންގަންޖެހޭނެ ގާނޫނީ އޮނިގަނޑެއް އެކުލެވިގެންދާނެ ކަމަށެވެ.

އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ މި ބިލަކީ މުހިއްމު ބިލެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އިލްޔާސް ވިދާޅުވީ ޗެމްބަރ އޮފް ކޮމާރސްގައި ތިއްބަވާ ބޭފުޅުން، އެބޭފުޅުންގެ ނުފޫޒު ބޭނުންކުރައްވައިގެން ގިނަ ކަންތައްތަކެއް ކުރަމުން އަންނަ އަޑުތައް އިވިގެން ގޮސްފައިވާ ކަމަށެވެ. ނެޝަނަލް ޗެމްބަރ އޮފް ކޮމާރސް ފާއިތުވި ތަނުގައި ހިގާފައިވަނީ ވިޔަފާރިވެރިންނަށް ފާއިދާ ހުރި ގޮތަކަށް ނޫން ކަމަށާއި، އެތަން ހިންގާފަ

އިވާ ސިޔާސީ ހާއްޔެއް ގޮތުގައި ކަމަށެވެ. މުއައްސަސާ އޮތުމުގެ ފާއިދާ ވިޔަފާރިވެރިންނަށް މިހާތަނަށް ކޮށްފައިނުވާކަން އިލްޔާސް ވަނީ ފާހަގަކުރައްވާފައެވެ.

ކުރިއަރަމުން އަންނަ މެދު ފަންތީގެ ވިޔަފާރިތަކަށް މޯލްޑިވްސް ނެޝަނަލް ޗެމްބަރ އޮފް ކޮމާރސް އިން އެއްވެސް ފުރުސަތެއް ދީފައެއް ނެތް ކަން މެމްބަރުން ވަނީ ފާހަގަކޮށްފައެވެ. ވިޔަފާރިވެރިންގެ ޖަމްއިއްޔާ އުފެދުނު މަގްސަދާއި ޚިލާފަށް ވަރަށް ސިޔާސީކޮށް، އެ މުއައްސަސާއިން މަސައްކަތް ކޮށްފައިވާއިރު، މަސައްކަތްކޮށްފައިވަނީ ވަރަށް ނުފޫޒު ގަދަ އެހެން ކަހަލަ ވިސްނުމެއްގައިކަން މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ބިލާއި މެދު ބައެއް މެމްބަރުންގެ ޚިޔާލު ހުރީ ތަފާތުކޮށެވެ.

ބަޔަކު ބާރުވެރިކުރުވަން ބޭނުން ނަމަ ކޮންމެހެން ގާނޫނެއް ހަދަން ނުޖެހޭ ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ވަނީ ވިދާޅުވެފައެވެ. ޢަފޫރު ވިދާޅުވީ މިއަދު ކުރަންޖެހިފައި އޮތް ކަމަކީ އިންޑަސްޓްރީތަކާއި، ސިނާއަތްތަކާއި ގުޅޭ ގޮތުން ހަދާފައިވާ، ގާނޫނުތައް ރެގިއުލޭޓް ކުރުމުގެ މަސައްކަތް ކަމަށެވެ. މެމްބަރު ޢަފޫރު ވިދާޅުވީ މި ބިލް ގާނޫނަކަށް ވެއްޖެނަމަ ވިޔަފާރިތައް ކަސްތޮޅު އެޅުވުމަށް ބަޔަކު، މި ގާނޫނު ބޭނުންކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

އިދިކޮޅު ޕީއެންސީގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ، ބިލްގައި ހުރި އޭނާ ގަބޫލުނުކުރައްވާ ކަންތައް ފާހަގަކުރައްވާފައެވެ.

ސައީދު ވިދާޅުވީ ޗެމްބަރ އޮފް ކޮމާރސް އުފެދިގެން އަންނައިރު ފައުންޑަރ މެމްބަރުން ތިބެންވާނެ ކަމަށް ބިލްގައި އެބައޮތް ކަމަށާއި، އެކަމާއި ދެކޮޅު ކަމަށެވެ. ސައީދު ވިދާޅުވީ ޗެމްބަރ އޮފް ކޮމާރސް އެއް މި އުފައްދަނީ އިގްތިސާދުގެ ކަންތައްތައް ކުރިއަރުވާ ތަރައްގީކޮށް ޕްރައިވެޓް ސެކްޓަރަށް ލަފާދީ، ޕްރައިވެޓް ސެކްޓަރަށް ހުރި ދަތިތަށް އޮޅުން ފިލުވާ ސަރުކާރާއި އެކު މަޝްވަރާ ކޮށް ކަންކަން ކުރުމަށް ފަސޭހަ ކުރުމަށްޓަކާ ކަމަށެވެ.

އެހެންވީމަ ފައުންޑަރ މެމްބަރުން ތިބެންޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މި ބިލަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވަމުން ދާއިރު ބައިނަލްއަގްވާމީ އެހެން ގައުމުތަކާއި ފައި ހަމަކުރުމަށްޓަކައި ޗެމްބަރ އޮފް ކޮމާރސް އަކީ ގާނޫނީ ހައިސިއްޔަތެއް ލިބިގެން ގާނޫނުގައި ބަޔާންކުރާ ތަރުތީބެއްގެ ދަށުން އިންތިޒާމްވެގެން ހިގާ ތަނަކަށް ހެދުމަށްޓަކާ ހުށަހެޅުނު ބިލެކެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު