Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓްރެއިނިންގ

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

އިލްމާއި ހުނަރު ދުނުމަކީ ވަރަށް ހާއްސަ ސަމާލުކަމެއް ދޭ ކަމެއް ކަމަށް ފުލުހުން ބުނޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2017 | ހޯމަ 22:59
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން

މާލެއާއި ނޯދަރން އޮޕަރޭޝަންސް ކޮމާންޑް އަދި ސަދަން އޮޕަރޭޝަންސް ކޮމާންޑްގައި ސީން އޮފް ކްރައިމް އޮފިސަރސް (ސޯކޯ)ގެ ހިދުމަތް ދެމުންއަންނަ ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓުގެ މުވައްޒަފުންގެ އިލްމާއި ހުނަރު އިތުރު ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ފުލުހުންގެ ބުނީ އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީސްއާއި ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓު ގުޅިގެން ފަރުމާކުރި މި ޕްރޮގްރާމު ފައްޓަވައިދެއްވީ ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ކަމަށެވެ. އަދި މި ޕްރޮގްރާމު ފައްޓަވައިދެއްވަމުން ނަވީން ދެއްކެވި ވާހަކަފުޅުގައި، މަސައްކަތާއި ގުޅުންހުރި އިލްމާއި ހުނަރު މުވައްޒަފުންނަށް ދިނުމަށްޓަކައި ފުލުހުންގެ މުއައްސަސާއިން ވަރަށް ހާއްސަ އިސްކަމެއްދޭކަމެއްކަމަށާއި އެކަމަށް ގިނަގުނަ ހޭދައެއް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު އެކަމުގެ ސަބަބުން ފުލުހުންގެ މުއައްސަސާއިން ދެމުންއަންނަ ހިދުމަތްތައް ހަލުވިވެ މުވައްޒަފުން މަސައްކަތް ކުރުމުގެ ރޫހު އިތުރުވެގެންދާކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މި ޕްރޮގްރާމް ނިންމުމަށްފަހު، ނޯދަރން އޮޕަރޭޝަންސް ކޮމާންޑް އަދި ސަދަރން އޮޕަރޭޝަންސް ކޮމާންޑްގެ ކޮންމެ އަތޮޅެއްގައި ފޮރެންސިކްގެ މުޅިން އައު ހިދުމަތެއް ކަމުގައިވާ "ވެހިކަލް އެންޖިން އަދި ޗެސިސް ނަންބަރ ރިސްޓޯރޭޝަން"ގެ ހިދުމަތް ދޭން ފެށިގެން ދާނެކަން ފާހަގަކުރައްވައި އަދި މިހިދުމަތުގެ ސަބަބުން، ސައިކަލުފަދަ ވެހިކަލްތައް ވަގަށްނެގުމަށްފަހު އޭގައިވާ ނަންބަރު ފޮހެލުމަށްފަހު އެހެން ނަންބަރެއް ޖަހައިގެން ވިއްކާ ސައިކަލުތަކުގެ ވެރިފަރާތް ދެނެގަތުން އަވަސްވެ އެފަދަ މައްސަލަތައް ކާމިޔާބު ކުރުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް، ސޯކޯއިންގެ ފަރާތުން އަތޮޅުތެރެއަށް ދެވޭނެކަމަށް ވެސް ނަވީން ވިދާޅުވިއެވެ.

ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް އިސްކަންދަރު ބިލްޑިންގގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ކްރައިމް ސީން އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މުވައްޒަފުން ދެބަޔަކަށް ބަހާލައިގެން ދެ ބުރަކަށެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން ޖުމްލަ 50 މުވައްޒަފަކު ތަމްރީން ކުރުމަށްވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމުގައި ފޮރެންސިކް ސަރވިސަސް ޑައިރެކްޓްރޭޓްގައި މަސައްކަތްކުރާ ހުރިހާ ސީން އޮފް ކްރައިމް އޮފިސަރުން އެއް މިންގަނޑަކަށް މަސައްކަތްކުރުމަށްޓަކައި ބޭނުންވާ ހުނަރާއި ފަންނީ މަޢުލޫމާތާއި އަމަލީ ތަޖުރިބާ ޕްރޮގްރާމުގެ ބައިވެރިންނަށް އުނގައިންނައިދެވޭނެއެވެ. މި ޕްރޮގްރާމުގައި ކިޔަވައިދެއްވަނީ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ކަމުގެ ތަޖުރިބާ ލިބިފައިވާ ފަންނީ ފުލުހުން ކަމަށް ފުލުހުންގެ މީޑިއާއިން ބުނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު