Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

ޓީޗަރުންގެ މުސާރަ މިހާރުން މިހާރަށް ބޮޑު ކުރުމަށް ޝާހިދު ވަނީ ސަރުކާރަށް ގޮވާލައްވާފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 15 ފެބުރުއަރީ 2017 | ބުދަ 15:02
މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު

މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ތައުލީމުގެ ބިލްގައި ވެސް އޮތީ ޖަރީމާ ހިންގުން ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ތައުލީމުގެ ބިލަށް ބަހުސް ކުރައްވަމުން ޝާހިދު ވިދާޅުވީ މި ބިލްގައި "ފޮރުވިފައިވާ ކުދިކުދި އެހެން ނަމަވެސް ބޮޑެތި ޖަރީމާތައް" ލިޔެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

"ސްކޫލް ބޯޑު މިބިލްގައިވާ ގޮތުން އައްޔަން ކުރެވިގެންދަނީ ވަރަށް ރީތިކޮށް، ބެލެނެވެރިން އެއްވެ އިންތިހާބުކޮށްގެން. އެހެންނަމަވެސް މިނިސްޓަރު ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެބޯޑުގައި ތިބޭ މީހުން ވަކިކުރުމުގެ ފުރުސަތު ލިބިގެންދޭ. އެއީ މިސަރުކާރު ފަރިތަ ގޮތް. އެއީ މިސަރުކާރު އަމަލުކުރާ ގޮތް. އެ ހުދުހުމުތާރު ގޮތް. އެގޮތަށް މީގައި މިވަނީ. މުޅި މި ބިލުގައިވާ އެންމެ ނުރައްކާތެރި ކަމަކީ ޓީޗަރުންގެ ރަޖިސްޓްރީ. އޭގެ ޒާތުގައި އެއީ ރަނގަޅުކަމެއް. ނަމަވެސް މިސަރުކާރުގެ އަތްމައްޗަށް ޓީޗަރުންގެ ރަޖިސްޓްރީއެއް ހަދާފަ، ސަރުކާރުން ކަނޑައަޅާ ކޮމެޓީއަކަށް އެ ޓީޗަރުންނަށް ރާއްޖޭގައި ކިޔަވައިދިނުމުގެ ފުރުސަތު އޮންނާނެ ގޮތަށް ދޫކޮށްލުން އެއީ ކުރާވަރުގެ ކަމެއް ނޫން. އެކޮމެޓީގައި ތިބޭނީ ސަރުކާރު ހިންގާ ޕާޓީގެ އެކްޓިވިސްޓުން. އެމީހުންގެ މައްޗަށް އަޅުގަނޑުމެން މިދޫކޮށްލަނީ ޓީޗަރުން ކަނޑައެޅުމުގެ ކަންކަން. އެހެންވީމާ ޕީޕީއެމްއަށް ސޮއިކުރިއްޔާ ނޫނިއްޔާ ޓީޗަރަކަށް ވުމުގެ ފުރުސަތެއް ނުލިބޭނެ. އެއީ ފެންނަންއޮތް ހަގީގަތް،" އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މި ބިލް އެހާ އަވަސްކޮށްލައިގެން ފާސްކުރަންއުޅޭ ސިއްރަކީ މިހާރު އެހިންގަވާ ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ތިބި ހުރިހާ ޓީޗަރުން ޕީޕީއެމްއަށް ވަނުމަށް މަޖުބޫރު ކުރުވުމަށް ކުރެވެން އޮތް ނުވަތަ ޖެހެން އޮތް "މަޅި" އެއް ޖެހުން ކަމަށެވެ.

ޝަހީދު ވިދާޅުވީ ރާއްޖޭގެ ތަރައްގީގައި އެންމެ ބުރަކޮށް މަސައްކަތްކުރާ އަދި އެންމެ ހިތްވަރު ކުރާ ބަޔަކީ ޓީޗަރުން ކަމަށެވެ. ސިޔާސީ ގޮތުން ސަރުކާރުން މަޖުބޫރުކުރާ އެފަދަ ކަންކަމަށް ޓީޗަރުން ދެކޮޅު ހައްދަވަން ޖެހޭނެ ކަމަށާއި ސަރުކާރުން ޓީޗަރުން މަޖުބޫރީ ހާލަތަށް ގެންދަންއުޅޭ އުޅުމާ ދެކޮޅު ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

މިފަދަ ކަންކަންކަމުން ޓީޗަރުންނަށް ދަތިކުރުމުގެ ބަދަލުގައި، ޝާހިދު ވަނީ ޓީޗަރުންގެ މުސާރަ ހަމަ މިހާރުން މިހާރަށް ބޮޑު ކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު