Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަ ސުރުޚީ

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

ޑރ. ޖަމީލަކީ ދިވެހިރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައި ހުންނެވި ބޭފުޅެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2017 | ހޮނިހިރު 21:46
ރައީސް ނަޝީދު ރާއްޖެ ޓީވީއަށް އިންޓަވިއު ދެއްވަނީ

ރައީސް ނަޝީދު ރާއްޖެ ޓީވީއަށް އިންޓަވިއު ދެއްވަނީ

އިދިކޮޅު އިއްތިހާދު މޯލްޑިވިއަން ޔުނައިޓެޑް އޮޕްޒިޝަން (އެމްޔޫއޯ) ގެ ލީޑަރ ޑރ މުހައްމަދު ޖަމީލް އަހުމަދާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ދެބޭފުޅުންގެ މެދުގައި އޮންނަނީ ވަރަށް ގާތް ގުޅުމެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަވައްޓެރި ސްރީ ލަންކާގައި ހުންނަވައިގެން ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ސްރީ ލަންކާއަށް ކުރިންވެސް އަދި މިފަހަރުވެސް ސްރީ ލަންކާއަށް ވަޑައިގެންނެވއިރު ޑރ ޖަމީލް ބައިވެރިވެވަޑައި ނުގެންނެވީ ދެބޭފުޅުންގެ ދެމެދުގައި މައްސަލައެއް އުޅެނީތޯ ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ އެފަދަ ކަމެއް ނޫޅޭ ކަމަށެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެއްވެސް މައްސަލައެއް ޑރ. ޖަމީލާ ދެމެދު ނެތްކަމަށާއި ދެބޭފުޅުންގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ. އަދި ގިނަގިނައިން ބައްދަލުވެ މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއްވެސް މައްސަލައެއް އުޅެނީ އެއް ނޫން، އަޅުގަނޑު މިތަނަށް އައި އިރުވެސް ޑރ. ޖަމީލާ ބައްދަލުކޮށްފައި އަޅުގަނޑު މި އައީ އަދި އަޅުގަނޑުމެން އިނގިރޭސީވިލާތުގައި އުޅޭ އިރުގައި މަދުވެގެން ހަފްތާއަކު ދެ ފަހަރު އަޅުގަނޑުމެން ދެ މީހުން ބައްދަލުވެ މަޝްވަރާކޮށް ހަދަން، އަޅުގަނޑާ ޖަމީލާ ދޭތެރޭގައި އޮންނަނީ ވަރަށް ގާތް ގުޅުމެއް، ހަމަގައިމުވެސް އަޅުގަނޑު ވަރަށް އިޚްތިރާމްކުރަން ޖަމީލަށް، އަޅުގަނޑު ދެކޭ ގޮތުގައި ޑރ. ޖަމީލަކީ ދިވެހިރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައި ހުންނެވި ބޭފުޅެއް، އެހެންވީމަ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޑރ. ޖަމީލާއެއްކޮށް މަސައްކަތް ކުރަމުން ކުރިއަށް އޮތްތަނުގައި ވެސް ދާނަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޔޫއޯއަކީ އެމްޑީޕީއަށް ވަރަށް މުހިއްމު އިއްތިހާދެއް ކަމަށާއި އެންމެބޮޑު ބޭނުމަކީ އެހެން ސިޔާސީ ޕާޓީތަކާ އެކުގައި އެމްޑީޕީ މަސައްކަތްކުރުމުގެ ތަރުތީބުތަކެއް ހޯދުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީވެސް އަދި ރައީސް މައުމޫން ވެސް އިއްތިހާދާގުޅި މި ސިޔާސީ އެކުވުމުގައި މިހާރަށް ވުރެ މާބޮޑަށް ބައިވެރިވެވަޑައިގެން މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.

"އެމްޔޫއޯގެ އެންމެ ބޮޑު ބޭނުމަކީ އެހެން ސިޔާސީ ޕާޓީތަކާ އެކުގައި އެމްޑީޕީ މަސައްކަތްކުރުމުގެ ތަރުތީބުތަކެއް ހޯދުން، އަޅުގަނޑުމެންނަށް ވަރަށް ދަތިވެފައި އޮންނަނީ އެހެން ޕާޓީއަކާ އެކުގައި މަސައްކަތް ކުރަން، އަޅުގަނޑު ދުށް ގޮތުގައި އަދި މިހާރު ވެސް އަޅުގަނޑު ދެކޭ ގޮތުގައި ޑިމޮކްރަސީގެ ވަރަށް މުހިންމުކަމެއް އެއީ ތަފާތު ފިކުރުތަކުގެ ޕާޓީތަކާއެކުގައި މަސައްކަތްކުރުމުގެ ތަޖުރިބާތަކެއް ހޯދުން، އެމްޔޫއޯ އިން އަޅުގަނޑުމެންނަށް އެ ފުރުސަތު ވަރަށް ފުޅާކޮށް ލިބިގެންދޭ، އަޅުގަނޑުމެންނަށް އެބަ ލިބޭ އަދާލަތު ޕާޓީއާއެކުގައި މަޝްވަރާކޮށްގެން އަދާލަތު ޕާޓީއާއެކުގައި މަސައްކަތްކުރުމުގެ ވަރަށް ބޮޑު ޖާގަ، ހަމައެއާއެކީގައި ކާނަލް ނާޒިމާއި ޑރ. ޖަމީލަށް ތާއީދުކުރާ ފަރާތްތަކާ އެކީގަވެސް މަސައްކަތް ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބިގެންދޭ، އަޅުގަނޑު އަދިވެސް އުންމީދު ކުރަނީ ޖުމްހޫރީ ޕާޓީ ވެސް އަދި ރައީސް މައުމޫން ވެސް އަޅުގަނޑުމެން މި ސިޔާސީ އެކުވުމުގައި މިހާރަށް ވުރެ މާބޮޑަށް ބައިވެރިވެވަޑައިގެން މަސައްކަތް ކުރައްވާނެ ކަމަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިނުވަން އަދާލަތު ޕާޓީން ނިންމިޔަސް، އެ ޕާޓީއާ ވެސް ގުޅުން ގޯސްނުވާ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރުމަކީ މުހިންމު ކަމެއް ކަމަށާއި ސިޔާސީ ކަންކަމުގައި "މޫނުމަތީގެ އަގަށް" ބަލަންޖެހޭނެ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު