Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަޙުމަތައްލިލްޢާލަމީން ކެމްޕެއ

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

މި ކެމްޕެއިން ކުރިއަށްދަނީ ފުލުހުންނާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ހިންގާ ކެމްޕެއިނެއް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2017 | ބުރާސްފަތި 16:20
ަޙުމަތައްލިލްޢާލަމީން ކެމްޕެއިން

ަޙުމަތައްލިލްޢާލަމީން ކެމްޕެއިން

އިސްލާމީ ތަފާތު ވިސްނުން ގެންގުޅޭ ފަރާތްތަކުން އެފަރާތްތަކުގެ ވިސްނުން ފެތުރުމަށްޓަކައި ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރަމުންދާ ކަމަށާއި ދިވެހިން މައިގަނޑު ގޮތެއްގައި ޤާބޫލުކޮށްފައިވާ އިސްލާމީ ޤާބޫލުކުރުންތަކާ ހިލާފު ވިސްނުމާއި ފިކުރުތައް ދިވެހިންގެ ތެރޭގައި ފެތުރެމުންދާކަމީ ނުރައްކާތެރި ކަމެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވެފައިވަނީ ރަޙުމަތައްލިލްޢާލަމީން ގެ ނަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ގުޅިގެން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަރީފް ވިދާޅުވީ، މިފަދަ ތަފާތު ފިކުރުތަކާއި ވިސްނުންތަކުގެ ސަބަބުން ޖިނާޢީ އަދި އިޖުތިމާޢި ކުށްތައް ކުރުމާއި އެއްވެސް ކުށެއް ނެތް މައުސޫމް ކުދިންތަކެއްގެ ހައްގުތަކަށް އިހުމާލުވުމާލު ވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

އަދި ދިވެހިންގެ އެއްބައިވަންތަކަމަށް ބުރޫއަރައި ބައިބައިވުން އުފެދުމަށް ފުރުސަތު ހުޅިވިގެންދާކަމަށް އޭނާ ވިދާޅުވި އެވެ.

މިފަދަ ފިކުރުތަކުގެ ސަބަބުން ދިވެހިންގެ ތެރޭގައި އޮތް ހަމަޖެހުން ގެއްލުމަށް މަގުފަހިވެގެން ދާކަމަށާއި ގައުމީ ސަލާމަތަށް ނުރައްކާވުމަކީވެސް އެކަށީގެންވާކަމެއްކަން އޭނާ ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހު އިސްކަންދަރު ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ކެމްޕެއިން އިފްތިތާޚްކޮށްދެއްވީ ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، މި ކެމްޕެއިނަކީ ވަރަށް މުހިއްމު ކެމްޕެއިނެއް ކަމަށާއި މި ކެމްޕެއިނަށް ދިވެހިރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ބާޤިރު ވިދާޅުވީ، ދިވެހިންގެ ތެރޭގައި ކުރިން ހުރި ރީތި ބައެއް އަދާތައް މިއަދު މުޖުތަމައުގެ ތެރޭގައި ފެންނަން ނެތްކަމަށެވެ.

އަދި އެފަދަ އާދަތައް ނެތުމުގެ މައިގަނޑު ސަބަބުތަކަކީ ދީނީ އަސާސީ ވިސްނުމާއި ފިކުރު ގެއްލިގެން ދިއުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ދީނީ ގޮތުން ސައްޙަ މަޢުލޫމާތު ފޯރުކޮށްދީ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ގުޅިގެން ހިންގާ މި ކެމްޕެއިންގައި ދީނީ ކަންކަން އޮންނަޖެހޭ ގޮތްތައް ސާފުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދީނީ ކަންކަމުގައި މިހާރަށްވުރެ ބޮޑަށް މުޖުތަމައު ހޭލުންތެރިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ ގައުމީ ކެމްޕެއިނެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު

ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު

12 އެޕްރީލު 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017
ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!

ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!

31 މާރިޗު 2017
މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

13 މާރިޗު 2017
ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު

ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު

07 މާރިޗު 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު