Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެޓީވީއަށް އިންޒާރެއް

ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ރާއްޖެޓީވީއަށް އިންޒާރުދީފި

އަތޮޅަށް އެރިޔަސް ފުނޑާލަނަން

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 2 މާރިޗު 2017 | ބުރާސްފަތި 11:53
ފ. ނިލަންދޫ، ހިމާޔާތް ހޯދި ނޫސްވެރިން ވެސް ތިބީ މިރަށުގައި

ފ. ނިލަންދޫ، ހިމާޔާތް ހޯދި ނޫސްވެރިން ވެސް ތިބީ މިރަށުގައި

ފ. އަތޮޅު ބޭރުގެ ބަޔަކަށް ދިނުމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ހޯދުމަށް އެ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ބުނެ ރާއްޖެޓީވީއަށް އިންޒާރުދީފިއެވެ.

ފ.އަތޮޅުގެ މަޝްރޫޢުގެ މައުލޫމާތު ހޯދަން އެ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް "ރާއްޖެޓީވީ"އަށް ގުޅި ފަރާތުން ބުނެފައިވަނީ އެ އަތޮޅަށް "ރާއްޖޭޓީވީގެ ބަޔަކު އަރައިފިނަމަ ފުނޑާލާނަން" ކަމަށެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހުގެ ތިން ފަހަރެއްގެ މަތިން ރާއްޖޭޓީވީއަށް ފޯނުންގުޅައި އިންޒާރު ދިން ފަރާތުން ބުނެފައިވަނީ "ތިތަނުގެ ބަޔަކު މިކޮޅަށް އަންނަން އުޅޭކަން އެނގޭ ކަމަށާއި، އަންނަ ގަޑިޔާ ހުރިހާ މައުލޫމާތެއް ވަނީ ލިބިފައި" ކަމަށެވެ.

ވަރަށް ހަޑި ހުތުރުބަހުން މުޢާމަލާތް ކުރަމުން އެ ފަރާތުން ބުނެފައިވަނީ "އަތު ޖެހިއްޖެއްޔާ މަރާލާނަން" ކަމަށެވެ.

ރާއްޖެޓީވީން ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށްބުނެ ދީފައިވާ އިންޒާރު ރާއްޖެޓީވީން ދަނީ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށް ރާއްޖޭޓީވީގެ މެނޭޖްމަންޓު ބުނެއެވެ.

ރާއްޖޭޓީވީން ފ. އަތޮޅަށް ދަނީ އެ އަތޮޅުގެ ބައެއް، ބޭރުގެ ފަރާތްތަކަށް ދިނުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން އެ ކަމުގައި އާންމުން ދެކޭގޮތާއި އަދި ދިނުމަށް ނިންމާފައިވާ ސަރަހައްދާއި ބެހޭ މައުލޫމާތު އެއްކުރުމަށެވެ.

ރާއްޖެޓީވީން ބުނެފައިވަނީ ސްޓޭޝަނުގެ ނޫސްވެރިނަށް މަރުގެ އިންޒާރުދީ ބިރުދެއްކި ނަމަވެސް، ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި އެ ސްޓޭޝަނުން ކުރަމުން އަންނަ މަސައްކަތުގައި ފަސް ނުޖެހޭނެ ކަމަށެވެ.

ރާއްޖެޓީވީއަށް އިންޒާރުދީފައިވާ އިރު ފ. އަތޮޅުގެ މަޝްރޫޢުގެ މައުލޫމާތު ހޯދަން އެ އަތޮޅު ނިލަންދޫއަށް ދިޔަ ދެ ނޫސްވެރިޔަކަށް ބަޔަކު އިންޒާރުދިނުމުގެ ސަބަބުން ވަނީ ފުލުހުންގެ ހިމާޔަތަށް އެދިފައެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

21 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެމްޑީޕީގެ ވެފުދެއް އދ އަތޮޅަށް

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެމްޑީޕީގެ ވެފުދެއް އދ އަތޮޅަށް
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
04 ފެބުރުއަރީ 2017

ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު