Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފ. އަތޮޅު

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

21 ފެބުރުއަރީ 2017 | އަންގާރަ 04:35

ޓްރާންސްޕޭރަންސީން ވަނީ ފ. އަތޮޅުގައި ދިވެހިންގެ އުއްމީދެއް ނެތީތޯ ސުވާލު އުފައްދާފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 21 ފެބުރުއަރީ 2017 | އަންގާރަ 04:35
ރައީސް ޔާމީން ފ. އަތޮޅަށް ވަޑައިގަންނަވަނީ -  އެ އަތޮޅު ވިއްކާލާކަމުގެ އަޑުތައް ވަނީ ފެތުރިފައި

ރައީސް ޔާމީން ފ. އަތޮޅަށް ވަޑައިގަންނަވަނީ - އެ އަތޮޅު ވިއްކާލާކަމުގެ އަޑުތައް ވަނީ ފެތުރިފައި

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުން ނިންމާފައިވާކަމުގެ އަޑުތައް ފެތުރިފައިވާއިރު، ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލައި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ސޯޝަލް މީޑިއާ ކެމްޕޭނެއް ފަށައިފި އެވެ.

އާންމުވެފައިވާ ބައެއް މައުލޫމާތުތައް ބުނާ ގޮތުން ސަރުކާރުން ވަނީ ފ. އަތޮޅު ވިއްކާލުމަށް ނިންމާފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައިނުވާއިރު، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޭރަންސީން ސޯޝަލް މީޑިއާގައި ވަނީ ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއްތޯ ސުވާލު އުފައްދާފަ އެވެ.

ޓްރާންސްޕޭރަންސީން ވަނީ ފ. އަތޮޅުގައި ދިވެހިންގެ އުއްމީދެއް ނެތީތޯ ސުވާލު އުފައްދާފަ އެވެ. އެ އަތޮޅުގެ ރައްޔިތުންނަށްވެސް ބަސްބުނުމުގެ ހައްގުނެތީތޯ އެ ޖަމިއްޔާއިން ސުވާލު އުފައްދާފައިވެއެވެ. އެ ސުވާލުތައް އުފެއްދުމަށްފަހު، ޓްރާންސްޕޭރަންސީން ވަނީ ފ. އަތޮޅަށް ހަދަން އުޅޭގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ދިވެހި ސަރުކާރަށް ގޮވާލާފަ އެވެ.

ޓްރާންސްޕޭރަންސީން ކޮށްފައިވާ އެ ޕޯސްޓްތަކުގައި ވަނީ ފ. އަތޮޅު ވިއްކާލުމަށް ނިންމާފައިވާކަން ދޭހަވާ ގޮތަށް ރައީސް އަބްދުﷲ ޔާމީން ދައްކަވާފައިވާ ބައެއް ވާހަކަތައްވެސް ފާހަގަކޮށްފަ އެވެ. އެގޮތުން ފ. އަތޮޅަކީ ސައުދީ އަރަބިއްޔާގެ ސަރުކާރުގެ އިސްކޮށް ތިއްބެވި ބޭފުޅުންގެ ފަރާތުން ވަރަށް ހާއްސަ ޝައުގުވެރިކަމެއް އޮތް އަތޮޅެއް ކަމަށް ރައީސް ޔާމީން ވިދާޅުވި ވާހަކަފުޅު އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ އަތޮޅެއް ވިއްކާލުމުގެ އަޑުތައް ފެތުރިފައިވާއިރު، މިއީ މިފަދަ ގޮތަކަށް ދިވެހިރާއްޖޭގެ އަތޮޅެއް ވިއްކާލެވޭ ފުރަތަމަ ފަހަރަށްވެގެންދާނެ އެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައަކާއި ގުޅޭ ގޮތުން ސަރުކަރުން އެއްވެސް ބަހެއް ހާމަކޮށްފައެއް ނުވެ އެވެ. އެއްވެސް ވާހަކައެއް ދޮގުކޮށްފަ އެއްނުވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސައުދީ ރަސްގެފާނު އަންނަ މަހުގައި ރާއްޖެ ވަޑައިގަންނަވާނެ އެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް