Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

ގދ ގިނަ ރައްރަށަށް ވަޑައިގެންނެވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2017 | ހުކުރު 00:00
ގދ. އަތޮޅަށް ހަސަން ލަތީފް ކުރެއްވި ކެމްޕެއިން ދަތުރުގެ ތެރެއިން

ގދ. އަތޮޅަށް ހަސަން ލަތީފް ކުރެއްވި ކެމްޕެއިން ދަތުރުގެ ތެރެއިން

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތި ލައްވާފައިވާ ހަސަން ލަތީފްގެ ކެމްޕެއިނާ އެމްޑީޕީގެ ވަރުގަދަ ކުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން ގދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން މަޝްވަރާ ބައްދަލުވުންތަކާއި ދޮރުން ދޮރަށް ހިނގުންފަދަ ކެމްޕެއިންގެ ހަރަކާތްތައް ވަރަށް ކާމިޔާބު ކަމަށް ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ބުނެފި އެވެ.

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ބުނީ އެ ޓީމް ގދ. އަތޮޅުގެ ރަށްރަށަށް މިމަހުގެ 17 އިން 19 އަށް ކުރިދަތުރުގައި ގދ. އަތޮޅުގެ ގިނަ ރައްރަށަށް ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ވަޑައިގެން ކެމްޕެއިން ހަރަކާތްތަކާއި މަޝްވަރާ ބައްދަލުވުންތައް ބާއްވަވާފައިވާ ކަމަށެވެ. އެގޮތުން ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅަށް ކުރެއްވި ދަތުރުގައި މަޑަވެއްޔާއި ހޯޑެއްދޫއާއި ނަޑެއްލާ އަދި ރަތަފަންދޫއަށް ވަޑައިގެންނެވުމަށްފަހު މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ފަރެސްމާތޮޑާއަށް ވަޑައިގެން މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާ ކަމަށް ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ބުނެއެވެ. ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ބުނީ 18 ވަނަ ދުވަހުގެ ހެނދުނު ފަރެސްމާތޮޑާއިން ފިޔޯރީއަށާއި ވާދޫއަށާއި ގައްދޫ އަދި ދެއްވަދޫއަށް ވަޑައިގެން އެރަށްރަށުގައިވެސް މަޝްވަރާ ބައްދަލުވުންތަކާއި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި 18 ދުވަހުގެ ރޭ ތިނަދޫއަށް ވަޑައިގެން ތިނަދޫގައި ވެސް ކެމްޕެއިންގެ ގިނަ ހަރަކާތްތަކެއް ހިންގަވާފައިވާ ކަމަށް ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން މައުލޫމާތު ދެއެވެ. އަދި ތިނަދޫއިން ކޮލަމާފުއްޓާއި ދާންދޫއާއި ވިލިނގިއްޔަށް ވަޑައިގެން ކެމްޕެއިންގެ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށްވެސް ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ބުނެއެވެ.

ހަސަން ލަތީފް މިދިއަ ހަފްތާގައި ވަނީ ނ އަދި ޅ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މަޝްވަރާބައްދަލުވުންތަކާއި ކެމްޕެއިންގެ ހަރަކާތްތައް ހިންގަވާފައެވެ.

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުންދަނީ މާލޭގައި ވެސް ދޮރުން ދޮރުން ހިނގުންފަދަ ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ.

އެމްޑީޕީގެ ޗެއާރޕާސަން ކަމުގެ މަގާމަށް ކުރިމަތި ލައްވާފައިވަނީ ހަސަން ލަތީފް އެކަންޏެވެ.

މި ކެމްޕެއިން ހަރަކާތްތަކުގައި ހަސަން ލަތީފް ވަނީ، އެމަނިކުފާނަށް އެމްޑީޕީގެ ޗެއަރޕާސަންކަން ކާމިޔާބު ވެއްޖެ ނަމަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ޗެއަރޕާރސަންގެ އިންތިޚާބުގެ ވޯޓްލުން 10 ފެބްރުއަރީ 2017 ވާ ހުކުރު ދުވަހު ބާއްވާގޮތަށް އެޕާޓީން ވަނީ ނިންމާފަ އެވެ.

އެމްޑީޕީ އާއި އިދިކޮޅު އިއްތިހާދު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ހާއްސަ ހަރަކާތްތަކެއް ރ. އަތޮޅުގައި ހިންގުމަށް ނިންމާ ބުރާސްފަތި ދުވަހު ވަނީ އެހަރަކާތްތައް ފަށާފަ އެވެ. މި ހަރަކާތްތައް ހުކުރު ދުވަހު ވެސް ކުރިއަށްދާނެ ކަމަށް އެމްޔޫއޯއިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު