Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓްރެޝަރީ ބޮންޑު

ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު

ޓްރެޝަރީ ބޮންޑު ވިއްކައިގެން ހަމަޖެއްސޭނީ މަހެއްގެ ޚަރަދު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2017 | ހޮނިހިރު 22:30
ރައީސް ނަޝީދު ލަންކާގައި: ރައީސް ޔާމީނުގެ އިގްތިސާދީ ސިޔާސަތު ވަނީ ފެއިލްވެފަ

ރައީސް ނަޝީދު ލަންކާގައި: ރައީސް ޔާމީނުގެ އިގްތިސާދީ ސިޔާސަތު ވަނީ ފެއިލްވެފަ

ރާއްޖޭގެ އިގްތިސާދު އޮތް ހާލަތުން ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ ކަމަށާއި، އެފަދަ ބޮންޑެއް ވިއްކައިގެން ލިބޭނެ ކުރިއެރުމެއް ނެތް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި މިވަނީ، 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑެއް ވިއްކަން ސަރުކާރުން އިއުލާނުކޮށްފައިވަނިކޮށެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ރައީސް ނަޝީދު ވިދާޅުވީ 200 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކައިގެން އިގްތިސާދު ހަމައަކަށް އެޅުވުމަށް ސަރުކާރުން އުންމީދު ކުރާ ކަމަށެވެ. ނަމަވެސް، ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެއީ ހަމަ އެންމެ މަސް ދުވަހެއްގެ ހަމަޖެހުން ކަމެވެ.

"އެނގިވަޑައިގަންނަވާނެ ސަރުކާރަށް ޖެހޭ މަހެއްގެ މައްޗަށް މުސާރައިގެ ގޮތުގައި 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރަން، ފެނަށް ކަރަންޓަށް ބޭހަށް ކާޑަށް މިއީ ކޮންމެ މަހަކު ސަރުކާރުން ސަކާކޮށްފައި ހުންނަން ޖެހޭ ފައިސާ، އަޅުގަނޑުމެންނަކަށް ނެތް އެއްކައިރި ކުރެވިފައި، އެކަންކަން މިހެން ދާކަމަށް ވާނަމަ އަޅުގަނޑުމެންނަށް ކުރިމަތިލާން މިޖެހެނީ ވަރަށް ބަނަ ދުވަސްވަރަކާ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ބޮންޑު ވިއްކައިގެން ވެސް ނުވާނެ އެވެ. ބޮންޑު އަނބުރާ ދައްކަންޖެހޭއިރު، އެކަމާއެކު އެހެން ޚަރަދުތައް ވެސް ކުރަންޖެހޭނެކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ރިޒާވް ގައި 50 މިލިއަން ޑޮލަރު ހުރިއިރު، އަދި ބޮންޑު އަނބުރާ ދައްކަންޖެހެނީ ޑޮލަރުން ކަމަށްވާއިރު، އެ ފައިސާ އަނބުރާ ދައްކަނީ ކިހިނެއްތޯ ރައީސް ނަޝީދު ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑު ދަންނަވަން އެނގޭތޯ ފުރަތަމަ ކަމަކަށް އަޅުގަނޑު ދެކޭ ގޮތުގައި 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑެއް ވިއްކައިގެން ނުވާނެ، އެ ބޮންޑުގެ އިންޓްރެސްޓް ރޭޓާއެކީގައި އެ ބޮންޑު އަނބުރާ ދައްކަންޖެހޭނީ ހަމަ ޑޮލަރުން، މިއަދު 50 މިލިއަން ޑޮލަރު އަޅުގަނޑުމެންގެ ރިޒާވުގައި ހުރިއިރު، އެ ވިއްކަވާ ޓްރެޝަރީ ބޮންޑު އަނބުރާ ދައްކަވަން ކޮންތާކުންތޯ އެ ފައިސާ އަނބުރާ ދައްކަވަނީ، ކިހާ ދުވަހެއްގެ ތެރޭގައިތޯ އެ އަނބުރާ ދައްކަން ޖެހެނީ، 120 ދުވަހުގެ ތެރޭގައި އާންމުކޮށް ޓްރެޝަރީ ބޮންޑެއް އަނބުރާ ދައްކަންޖެހޭ، 120 ދުވަސް ވާއިރުގައި އެފައިސާ އަނބުރާ ޖަމާވަނީ ކޮން މަގަކުންތޯ، މީގެން އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ސާފެއް ނުވޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރަށް ބޮންޑެއް ވިއްކުނު ނަމަވެސް، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި އެކަމުން ސަރުކާރަށް އަރައެއް ނުގަނެވޭނެ އެވެ. އަދި އެފަދަ ބޮންޑަކުން މަސް ދުވަހު ހަަމަޖައްސާލެވުނަސް ކުރިއެރުމެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ޓްރެޝަރީ ބޮންޑެއް ސަރުކާރަށް ވިއްކުނު ކަމަށް ވިޔަސް އަޅުގަނޑަށް ފެންނަ ފެނުމުގައި މީގައި ސަރުކާރަށް އަރައި ގަންނަން ވަރަށް ދަތި، މިއަންނަ މަސް ހަމަޖެއްސިދާނެ އެ ބޮންޑުން އެހެން ނަމަވެސް ކުރިއަށް އޮތް ތަން ސަރުކާރަށް ހަމަޖެއްސޭކަށް ނެތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތު ކަނޑައެޅިގެން ފެއިލްވެއްޖެ ކަމަށާއި ރައީސް ޔާމީނަށް އެއްގޮތަކަށް ވެސް އިގްތިސާދީ ކަންކަން ކުރިއަށް ގެންދަވަން އެނގިވަޑައިނުގެންނެވި ކަމަށެވެ.

"ވަރަށް ގިނަ ބޭފުޅުންނަށް ވާގޮތެއް އަޅުގަނޑު ހިތުން، މިސާލަކަށް ގްރޭޑް 10 އަކާ ހަމައަށް އިގްތިސާދު ކިޔުއްވާފައި ހުންނެވީމާ ދެން ބައެއް ފަހަރު ހީފުޅު ކުރައްވަނީ ތިމަންނާއަށް މިކަން ވަރަށް ބޮޑަށް އެނގެޔޭ، އެކަމަކު ގައުމެއްގެ އިގްތިސާދު ހިންގުން އެއީ އަދި އެކަނި މިފޮތުގައި އޮންނަ ގޮތަށް އެކަނި ވަމުންދާ ގޮތެއް ނޫން، ވަރަށް ގިނަ ބައެއްގެ ލަފަޔާ އިރުޝާދާއެކީގައި މެނުވީ ވާކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން އެސްޓީއޯ ބެލެހެއްޓެވި އިރު އެތަން ވެސް ބަނގުރޫޓު ވެގެން ދިޔައީ ކަމަށާއި ސްޓެލްކޯގެ ކަންތައް ވެސް ހުރީ ހަމަ އެ ހިސާބުގައި ކަމަށެވެ. އަދި ރާއްޖޭގެ މާލިއްޔަތާ ހަވާލުުވެވަޑައިގަތުމާއެކު ރާއްޖޭގެ މާލިއްޔަތު ވެސް ބަނގުރޫޓުވެގެން ދިޔައީ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ކައުންސިލް އިންތިހާބު ފަސްކުރަނީ ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ނުވާނެތީ:ނިޒާރު

ކައުންސިލް އިންތިހާބު ފަސްކުރަނީ ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ނުވާނެތީ:ނިޒާރު

19 މާރިޗު 2017
މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު

މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު

07 މާރިޗު 2017
ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ރާއްޖެޓީވީއަށް އިންޒާރުދީފި

ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ރާއްޖެޓީވީއަށް އިންޒާރުދީފި

02 މާރިޗު 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު