Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

އުއްމީދާއި އެކުގައި މަސައްކަތް އެކުރެވެނީ ޕާޓީގެ ވިންދެއް ހުރީތީވެ

ލީވާން އަލީ
ލީވާން އަލީ | 21 ޖެނުއަރީ 2017 | ހޮނިހިރު 10:19
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް

އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް ކޮންމެ މަސައްކަތެއްގައި އުޅުނު ނަމަވެސް އެމްޑީޕީގެ މެންބަރުންގެ ވިސްނުމާއި ފިކުރާއި ޕާޓީގެ މެންބަރުންގެ އުއްމީދު ކަސިޔާރު ނުވާނެ ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ އުއްމީދާއި އެކުގައި މަސައްކަތް އެކުރެވެނީ ޕާޓީގެ ވިންދެއް ހުރީތީވެ ކަމށެވ. އަދި އެ ވިންދަކީ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

ލާމަރުކަޒީ ނިޒާމުގެ ހަގީގީ މޭސްތިރިއަކީ ވެސް ރައީސް ނަޝީދުކަން ފާހަގަ ކުރައްވާ ޝިފާޒް ވިދާޅުވީ މިއަދު ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން އެކަމަކަށްޓަކައި ވަކާލާތު ކުރަމުންދާ ލާމަރުކަޒީ ރާއްޖެއަށް އެމްޑީޕީން ފަރިތަ ކޮށްދޭނެ ކަމަށެވެ.

މިހިނގާ ޖެނުއަރީ މަހުގެ 14 ގައި ބޭއްވުމަށް ފުރަތަމަ ކަނޑައެޅި ލޯކަލް ކައުންސިލް އިންތިހާބު އަދި ނުލިބޭ ކަމަށާއި އެމްޑީޕީން ހިންގާ ހަރަކާތްތަކަކީ އިންތިޚާބް ހޯދަންކުރާ މަސައްކަތްތަކެއް ކަމަށް ޝިފާޒް ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި ކިތެންމެ ވަރަކަށް ގާނޫނުތަކުގައި ބަޔާންކޮށްފައި އޮތްކަމުގައިވީ މަނަވެސް އެއިން އެއްޗެއް އަޅުގަނޑުމެންނަކަށް ނުލިބޭ، އަޅުގަނޑުމެން އެ އެއްޗެއް ހޯދަން ކުރާ މަސައްކަތަކުން ނޫނީ. އެގޮތުން މި އިންތިޚާބަކީ އަޅުގަނޑުމެން ހޯދަން ޖެހޭ އިންތިޚާބެއް" ޝިފާޒް ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުން ލާމަރުކަޒީ ނިޒާމްގެ މަތިން ފޫހިކުރުމުގެ ބޭނުމުގައި އެތައް އެތައް މަސައްކަތްތަކެއް ރައީސް ޔާމީންކުރެއްވިކަން ފާހަގަކޮށް ޝިފާޒް ވިދާޅުވީ ކައުންސިލްތަކުގެ ބާރު ނިގުޅައިގަނެ ކައުންސިލަރުންގެ އަދަދު މަދުކޮށް ކައުންސިލަރުންގެ މުސާރަ ކުޑަކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު އިންތިޚާބަށް ކުރިމަތިވި ވަގުތު އެކިއެކި ނުފޫޒްތައް ބޭނުންކޮށްގެން އިންތިޚާބްގެ ތާރީހްތައް ބަދަލުކުރަމުންދާކަމަށް ޝިފާޒް ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީގެ ކެންޑިޑޭޓުން ނިކުތީ ރައީސް ޔާމީންގެ ސަރުކާރަކީ ވައްކަމާ ފަސާދައާއި ކޮރަޕްޝަންގެ ސަރުކާރެއްކަން އެނގި ތިބެ ކަމަށް އޭނާ ވިދާޅުވި އެވެ

ޝިފާޒް ވިދާޅުވީ އެމްޑީއަށް ލާ ވޯޓަކީ ރައީސް ޔާމީންގެ ވައްކަމާއި ފަސާދައާއި ކޮރަޕްޝަންގެ ސަރުކާރު ބަދަލުކުރެވި، ލާމަރުކަޒީ ރާއްޖެއެއް ކަށަވަރުކުރެވި، ރާއްޖޭގެ ރައްޔިތުންނަށް އެރައްޔިތުންގެ ބާރުވެރިކަން ކަށަވަރު ކުރެވި، ރައްޔިތުންގެ އުއްމީދު ކަމުގައިވާ އެމްޑީގެ ވެރިކަމެއްގައި ރައީސްގެ ގޮތުގައި ރައީސް ނަޝީދު ފެނިގެންދާނެ ވޯޓަކަށް ވެގެން ދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު