Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫނު ބުރުގާ މަނާ

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ ކަމަށް އެންގީ އެޑިއުކޭޝަން މިނިސްޓްރީން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 ޖެނުއަރީ 2017 | އާދީއްތަ 21:20
އއ. މަތިވެރި ސްކޫލްގައި ހިންގި ހަރަކާތެއްގެ ތެރެއިން: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެކަން އަންގާފައިވަނީ އެ ރަށުގެ ޓީޗަރަކަށް

އއ. މަތިވެރި ސްކޫލްގައި ހިންގި ހަރަކާތެއްގެ ތެރެއިން: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެކަން އަންގާފައިވަނީ އެ ރަށުގެ ޓީޗަރަކަށް

މޫނު ބުރުގާ އަޅައިގެން ސްކޫލަށް ހާޒިރުވެގެން ނުވާނެ ކަމަށް ސަރުކާރުން ޓީޗަރަކަށް އަންގައިފި ކަމަށް، އެ ޓީޗަރު ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް އިންޒާރު ދީފައިވަނީ އއ. މަތިވެރި ސްކޫލްގެ ޓީޗަރެއް ކަމަށްވާ އާއިޝަތު ޝުޒީ އަށެވެ. އޭނާ ވަނީ މިކަން "ރާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

ޝުޒީ ވިދާޅުވީ މިނިސްޓްރީން މަތިވެރި ސްކޫލަށް ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައިވަނީ، ކާކުކަން އެނގޭ ގޮތަށް ނޫން ގޮތެއްގައި ސްކޫލަށް ހާޒިރުވެގެން ނުވާނެ ކަމަށެވެ. މި އެންގުމާ ގުޅިގެން، ސްކޫލްގެ ވެރިން އޭނާއަށް އަނގަބަހުން ނަސޭހަތް ވެސް ދެއްވި ކަމަށް ޝުޒީ ވިދާޅުވި އެވެ.

މި އިންޒާރާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވާކަން ފާހަގަ ކުރައްވަމުން ޝުޒީ ވިދާޅުވީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި މިފަދަ ކަންކަން ހިނގައިގެން ނުވާނެ ކަމަށެވެ. އިންޒާރު ދިން ނަމަވެސް، މޫނު ބުރުގާ އަޅައިގެން ނޫން ގޮތަކަށް ސްކޫލަށް ވަޑައިނުގަންނަވާނެ ކަމަށާއި ސްކޫލުން ވަކިކުރި ނަމަވެސް އެންމެ ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

ޝުޒީއަކީ މަތިވެރި ސްކޫލްގެ ގްރޭޑް އެކަކަށް، ހިސާބު، އިނގިރޭސި، ސޯޝަލް ސްޓަޑީޒް، ސައިންސް އަދި ހެލްތް އެންޑް ޕީއީ ކިޔަވައިދެމުން އަންނަ ޓީޗަރެކެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

މިއަހަރުގެ ދިރާސީ އާ އަހަރު މި ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހު ފަށާފައިވާއިރު، ބައެއް ސްކޫލްތަކަށް ޓީޗަރުން ހަމަނުވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

ސަރުކާރުގެ ބައެއް އޮފީސްތަކުގެ ފިރިހެން މުވައްޒަފުން ތުނބުޅިއާއި ފަޓްލޫނުގެ ފައިކުރި ކުރުނުކުރެވޭ ގޮތަށް ނުވަތަ ޔުނީފޯމް އަޅަންވީގޮތުގެ އުސޫލްތަކެއް ވަނީ ކަނޑައަޅާފައިވެއެވެ. އެގޮތުން ދާދިފަހުން ވަނީ ތުނބުޅި ދިގުކޮށް އަދި ފަޓްލޫންގެ ފައިކުރި ކުރުކޮށް ހުރި މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވެއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު