Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދު

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

އެމްޑީޕީ މެންބަރުން އެދެނީ އަޅުގަނޑު ވާދަކުރުމަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2017 | ހޮނިހިރު 21:33
ރައީސް ނަޝީދު: އެމްޑީޕީގެ މެންބަރުން އެދެނީ އެމަނިކުފާނު ވާދަކުރުމަށް

ރައީސް ނަޝީދު: އެމްޑީޕީގެ މެންބަރުން އެދެނީ އެމަނިކުފާނު ވާދަކުރުމަށް

ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަނުކުރެވިއްޖެނަމަ އެމްޑީޕީ އިން ރިޔާސީ އިންތިހާބުގައި ބައިވެރިނުވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ރައީސް ނަޝީދު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެމަނިކުފާނަށް ދިވެހި ރައްޔިތުން ވަރަށް ބޮޑު ހޭދައެއްކޮށްފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ކުރައްވާ މަސައްކަތްތަކާ ރައްޔިތުންގެ އުންމީދުތަކާ ގުޅުވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރުންނާއި އަދި އެހެން ރައްޔިތުން ވެސް ދެކޭ ގޮތުގައި އެންމެ ރަނގަޅު ގޮތަކަށް ވާނީ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި އެމަނިކުފާނު ހުންނެވުން ކަމަށެވެ.

"ވޭތުވެދިޔަ 20-15 އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުން އަޅުގަނޑަށް ވަރަށް ބޮޑު ހޭދައެއްކޮށްފި، އެ ރައްޔިތުންގެ އުންމީދުތަކެއް ވަނީ އަޅުގަނޑަށް މަސައްކަތްތަކަކާ ވަރަށް ބޮޑަށް ގުޅުވާފަ، ވަރަށް ގިނަ ގައުމީ މަޖިލީހުގެ މެންބަރުން ވެސް އަދި އެހެން ރައްޔިތުން ވެސް އެބަ ދެކޭ އަޅުގަނޑުމެންނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ އަޅުގަނޑުމެންގެ ފަރާތުން ކެނޑިޑޭޓެއްގެ ގޮތުގައި އަޅުގަނޑު ހުރުމޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެންބަރުން ދެކޭ ގޮތުގައި އެމަނިކުފާނު ނޫން އެހެން އެމްޑީޕީގެ ކެނޑިޑޭޓެއް ހޯދުމުގެ ބޭނުންތެރިކަން ކުޑަ ކަމަށެވެ.

"އެހެން ކެންޑިޑޭޓެއް ހޯދުމުގެ ބޭނުންތެރިކަން އެބޭފުޅުންނަށް ކުޑަ، އަޅުގަނޑަށް ސާފުވޭ އެބަ ބައެއް ބޭފުޅުން ވިދާޅުވާނެ އަޅުގަނޑަށް ކުރިމަތިލުމުގެ ފުރުސަތު ނެތް ކަމަށް ޝަރުތު ހަމަނުވާ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހާއި އާންމު މެންބަރުންނާ ބައްދަލުކުރެއްވުމަށް ސްރީ ލަންކާގައި ހުންނެވި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެންބަރުން އެދޭ ކެންޑިޑޭޓަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވިއްޖެނަމަ، އެ މެންބަރުން އެދެނީ އެހެން ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް ކަމަށެވެ. އަދި ތާއީދުކުރާ ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓަކަށް ވުމަށް މެންބަރުން ނޭދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އެމްޑީޕީ ދެކޭ ގޮތުގައި އެމްޑީޕީ އެދޭ ކެންޑިޑޭޓަކަށް، ޕާޓީ އެދޭ ކެންޑިޑޭޓަކަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވިއްޖެނަމަ ދެން އެދެނީ އެހެން ކެންޑިޑޭޓަކަށް ޕާޓީ އިން ތާއީދުކުރަން، އެ އަނެއް ކެންޑިޑޭޓަކީ އެބޭފުޅުންނެއް ނޭދޭ ޕާޓީގެ ކެނޑިޑޭޓަކަށް ވުމަކަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އެދޭ ކެންޑިޑޭޓަށް އިންތިޚާބުގައި ވާދަކުރުން ކަށަވަރުކުރުމަކީ ޕާޓީގެ ގައުމީ މަޖިލީހުން އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ކުރާނެ މަސައްކަތް ކަމަށާއި އެކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

އެހެން ނަމަވެސް، އެންމެ ފަހު ވަގުތާ ހަމައަށް ދާއިރު ވެސް، އެމްޑީޕީގެ މެންބަރުން އެދޭ ކެނޑިޑޭޓަށް އިންތިޚާބުގައި ވާދަނުކުރެވިއްޖެނަމަ، އަމަލުކުރާނެ ގޮތް މިހާރު ކަނޑައެޅިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ދެން އެހެންނަމަވެސް އެންމެ ފަހު ވަގުތު އެކަން އެހެން ނުވެ އޮވެއްޖެނަަމަ ދެން އަމަލުކުރާނެ ގޮތެއް މިހާރު މިވަނީ ކަނޑައެޅިފައި، އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި މިވަގުތު އަޅުގަނޑުމެންނަށް ނިންމިފައިމިވާ ނިންމުންތަކުން ޕާޓީގެ މުސްތަގުބަލު ވެސް އަދި އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިރާއްޖޭގެ މުސްތަގުބަލު ވެސް ކަށަވަރުވެގެންދޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީނާއި އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓަށް ވާން ނުޖެހޭނެ ކަމަށް ފާހަގަ ކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓަށް ވާދަ ނުކުރެވި ސައްހަ އިންތިހާބެއް ރާއްޖޭގައި ނުބޭއްވޭނެ ކަމަށެވެ. ބައިނަލްއަގުވާމީ ފަރާތްތަކުން މިހާރު މައިތިރިކޮށް އޮތަސް، އިންތިހާބު ކައިރިވުމުން ކަންކަމާ ނުބެހި ނޯންނާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ވެސް އަދި އެހެން އެއްވެސް ބޭފުޅަކަށް އެމްޑީޕީ ކޮންޓްރޯލެއް ނުކުރެވޭނެ"

ރައީސް ނަޝީދު ސްރީ ލަންކާ އަށް ވަޑައިގެންނެވީ އެމަނިކުފާނަށް ޕާޓީގެ ކޮންޓްރޯލް ގެއްލެމުންދާތީ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް އެމަނިކުފާނު ވަނީ ދޮގު ކުރައްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް އިރެއްގައި އެއްވެސް ބޭފުޅަކަށް ނެންގެވިދާނެ ކަމަށް އެމަނިކުފާނަށް ގަބޫލުނުކުރެއްވެވޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ގިނަ މެންބަރުންނަކީ ރާއްޖޭގައި ތިބި މިނިވަން ޚިޔާލުގެ މީހުން ކަމަށާއި އެއީ ޑިމޮކްރަސީ ގަބޫލުކުރާ ގިނަ ރައްޔިތުންތަކެއް ކަމަަށެވެ. އަދި އެފަދަ ރައްޔިތުންތަކެއްގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނުނެންގެވޭނެ ކަމަށް އެމަނިފާނު ވިދާޅުވި އެވެ.

"ހަގީގަތުގައި އެމްޑީޕީގެ ގިނަ މެންބަރުންނަކީ ރާއްޖޭގައި ތިބި މިނިވަން ޚިޔާލުގެ ބޭފުޅުން އަދި ރާއްޖޭގައި ތިބި ޑިމޮކްރަސީ ގަބޫލުކުރާ ގިނަ ބައިވަރު ރައްޔިތުން، އެ ރައްޔިތުންގެ އެ މެންބަރުންގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނުނެންގެވޭނެ، އަޅުގަނޑަކަށް ވެސް އަދި އެހެން އެއްވެސް ބޭފުޅަކަށް ވެސް، އެ މެންބަރުން އަމަލުކުރައްވަމުން ގެންދަވާނީ އެ ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި ޕާޓީއަށާއި ރާއްޖެއަަށް އެންމެ ފައިދާހުރި ގޮތަކަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަކީ ހާއްސަކޮށް ސިޔާސީ ކަންކަމާ ގުޅޭ ގޮތުން ވަރަށް ފުން ނަޒަރަކުން ވިސްނައި، ކަންތައްތައް ބަލާ ރައްޔިތުންތަކެއް ކަމަށެވެ. އެހެންކަމުން އެ މެންބަރުންގެ ކޮންޓްރީލް ނެގުމަކީ ބޭނުންތެރިކަމެއް ކަމަށް ވެސް ދެކިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ ބޭފުޅުން ވިސްނަވާނެ، އަޅުގަނޑަށް ފެނިފައި އޮތް ތަނުގައި އެބޭފުޅުންނަކީ ވިސްނުން ތޫނު ހާއްސަކޮށް ސިޔާސީ ކަންކަމާ ގުޅޭ ގޮތުން ފުން ނަޒަރަކުން ބައްލަވާ ބޭފުޅުންތަކެއް، އެހެންވީމަ އަޅުގަނޑެއް ނުދެކެން އެ މެންބަރުންގެ ކޮންޓްރޯލް ނެގުމަކީ ބޭނުންތެރިކަމެއް ކަމަށް ވެސް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު