Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެއިރޯފްލޮޓްގެ ބޯޓެއްގައި ރޯވުން

އެއިރޯފްލޮޓްގެ ބޯޓެއްގައި ރޯވުން: ޕައިލެޓަށް ގޯސްތަކެއް ހެދިފައިވާކަމަށް ބުނަން ފަށައިފި

ޕައިލެޓަށް ހެދިފައިވާ ގޯސްތަކެއް ތަހުގީގު ޓީމުން ފާހަގަކުރޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 8 މެއި 2019 | ބުދަ 03:24
ބޯޓުންް ދަތުރުކުރި 41 މީހަކު ވަނީ މަރުވެފައި

ބޯޓުންް ދަތުރުކުރި 41 މީހަކު ވަނީ މަރުވެފައި

އެއިރޯފްލޮޓްގެ މަތިންދާ ބޯޓެއް މޮސްކޯގެ ޝެރެމެޓިއެވޯ އެއަރޕޯޓްގައި ކުއްލި ހާލަތުގައި ޖައްސައި ބޯޓުން ދަތުރުކުރި 41 މީހުން މަރުވި ހާދިސާ ހިނގުމުގައި ޕައިލެޓަށް ގޯސްތަކެެއް ހެދިފައިވާކަމަށް ބެލެވޭކަމަށް ހާދިސާ ތަހުގީގުކުރާ ރަޝިއާގެ ޓީމުން ބުނެފިއެވެ.

ކުރޫއިންނާއި ފަސިންޖަރުން ބުނެފައިވާ ގޮތުގައި ސުޚޮއި ސުޕަރޖެޓް-100 ގަދަ ވިދުވަރެއްގައި ޖެހި ބޯޓާއި ގްރައުންޑް ކޮންޓްރޯލާއި ދެމެދު މުއާސަލާތު ކުރުންވަނީ ކެނޑިފައެވެ. ނަމަވެސް ބޯޓުގައި ހުރި ތެޔޮ ހުސްނުކޮށް ތެލުގެ ބަރާއެކު ބާރު ދުވެލީގައި ބޯޓު ޖެއްސުމަކީ އާއްމުކޮށް ކަންކޮށް އުޅޭގޮތެއް ނޫނެވެ.

ހުޅުރޯވެފައިވާ ފްލައިޓް ޖެއްސި ވަގުތުގެ ވީޑިއޯއެެއް އާއްމުވެފައިވާއިރު ބޯޓް ޖެއްސި ވަގުތު އޮފިޝަލުންތަކެއް ބޯޓް ޖައްސާ މަންޒަރު ބަލަމުން ޖޯކް ޖަހަމުން ދިޔަ އަޑުއިވެއެވެ.

ޓްވިޓަރގައި އާއްމުވެފައިވާ ވީޑިއޯގައި ވާހަކަ ދައްކަނީ ކޮށް އޮފިޝަލުުންނެއްކަމެއް އެނގިފައެއް ނުވެއެވެ.

ޝެރެމެޓިއެވޯ އެއަރޕޯޓްގެ މެނޭޖްމަންޓުން ބުނީ އެ އޮފިޝަލުންނަކީ އޭއޯ މޭޝް ނުވަތަ އެއިރޯފްލޮޓްގެ މުވައްޒަފުން ނޫންކަމަށެވެ. އެ އޮފިޝަލުން އެކުރީ ޕްރޮފެޝަނަލް ސުލޫކާއި ޚިލާފް އަމަލެއްކަމަށްބުނެ އެމީހުންނަށް އަދަބުދިނުމަށް އެއަރޕޯޓް މެނޭޖްމަންޓްގެ ބަޔާނުގައި ބާރުއަޅާފައިވެއެވެ.

ވީޑިއޯގައި އެކަކު ހެމުން ބުނާ އަޑު އިވެނީ "އޭތި ރަނގަޅަށް ޖައްސައިފި ކުޑަކޮށް ހުުޅު ހުރީ" އެވެ. ޓީވީ ސްކްރީން ތަކުން ފެނުނު ވީޑިއޯގައި ބޯޓުގެ ފަހަތުބައިގައި އެކީ ވަނީ ހުޅުހިފާފައެވެ.

ތަހުގީގު ޓީމާ ގާތް ފަރާތަކުން ނަންް ހާމަ ނުކޮށް ކޮމަރސަންޓް ޑެއިލީގައި ބުނެފައިވަނީ ފާހަގަ ކުރެވޭ ގިނަ ކަންތައްތަކަށް ބަލާއިރު ޕައިލެޓަށް ހެދިފައިވާ ގޯހެއްކަމަށް ބެލެވިފައިވާކަމަށެވެ.

ޕައިލެޓަށް ހެދިފައިވާކަމަށް ބެލެވޭ ގޯސްތައް:

  • ކޮޅިގަނޑުގެ ކުރިމައްޗަށްވާ ގޮތަށް ދުއްވަން އިޚުތިޔާރު ކުރުން، މިކަމަމީ ރިސްކު މަތިވާނެ ކަމެއް
  • އާއްމު ޕްރޮސީޖާއަކީ އެއަރޕޯޓްގެ މަތިން ވަށައިގެން ދުއްވާ ތެޔޮ ހުސްކުރުން ނަމަވެސް ލޭންޑް ކުރަން އަވަސް އަރުވާލުން
  • ލޭންޑް ކޮށްފައިވަނީ އިމަރޖެންސީ ކޮންޓްރޯލް މޫޑުގައި، އޮޓޮމެޓިކް ސިސްޓަމް ފެއިލްވެފައިވާއިރު, އެކަމީ އިތުރު ހުނަރު ހުންނަން ޖެހޭކަމެއް
  • ފެންނަ ފެނުމަށް ބޯޓް ޖައްސާފައިވަނީ ލޭންޑިންގ ސްޕީޑަށްވުރެ ބާރަށް، އަދި ބޯޓްގެ ތެޔޮ ޓޭންކުގައި ގިނަ އަދަދަކަށް ތެޔޮ ހުރުމުން ރަންވޭގައި ބައުންސްވުމަށް ފުރުސަތު ފަހިވުން

ޕައިލެޓް ޑެނިސް ޔެވްޑޮކިމޮވް އާއި ހަވާލާދީ ރަޝިއާގެ ޓެލެގްރާމް ޗެނަލްއެއްކަމަށްވާ ބާޒާގައި ބުނެފައިވަނީ އަލިފާން ހިފީ ބޯޓް ލޭންޑް ކުރިފަހުން ކަމަށެވެ. އަދި ޓޭންކް ފުލްކޮށް ތެޔޮ ހުއްޓައި ޖެއްސުމުން ދިމާވިކަމެއްކަމަށް އޭނާ ގަބޫލް ކުރާކަމަށް ބުނިކަމަށް އެ ޗެނެލްގައި ވެއެވެ.

އެރޯފްލޮޓް ފްލައިޓް އެސްޔޫ ސުޚޮއި ސުޕަރޖެޓް-100 ގައި ރޯވީ އާދީއްތަ ދުވަހު މޮސްކޯއިން މަރްމަންސްކްއަށް ދަތުރުކުރަނިކޮށެވެ.

ޖުމްލަ 73 މީހުން ދަތުރުކުރި މި ފްލައިޓް އެމަރޖެންސީކޮށް މޮސްކޯގެ ޝެރެމެޓިއެވޯ އެއާޕޯޓަށް ޖެއްސަން އަނބުރާލީ ނައްޓާލިތާ 30 މިނިޓް ފަހުންނެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2020

އޮސްޓްރޭލިއާ އަލިފާންގަނޑު: ގޯސްތަކެއް ހެދުނުކަމަށް ބޮޑުވަޒީރު އިއުތިރާފުވެވަޑައިގެންފި

12 ޖެނުއަރީ 2020
އޮސްޓްރޭލިއާ އަލިފާންގަނޑު: ގޯސްތަކެއް ހެދުނުކަމަށް ބޮޑުވަޒީރު އިއުތިރާފުވެވަޑައިގެންފި
04 ސެޕްޓެމްބަރު 2019

ޑައިވިންގެ ބޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 34 މީހުން މަރުވެއްޖެ

04 ސެޕްޓެމްބަރު 2019
ޑައިވިންގެ ބޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 34 މީހުން މަރުވެއްޖެ
06 މެއި 2019

ރަޝިއާގެ ފްލައިޓްގައި ރޯވުން: މަރުވި މީހުންގެ އަދަދު 41 އަށް

06 މެއި 2019
ރަޝިއާގެ ފްލައިޓްގައި ރޯވުން: މަރުވި މީހުންގެ އަދަދު 41 އަށް
01 އޯގަސްޓު 2018

އިންޑިއާގެ މަތިންދާބޯޓެއްގައި ނޭވާ ހާސްވެގެން ކުޑަކުއްޖަކު މަރުވެއްޖެ

01 އޯގަސްޓު 2018
އިންޑިއާގެ މަތިންދާބޯޓެއްގައި ނޭވާ ހާސްވެގެން ކުޑަކުއްޖަކު މަރުވެއްޖެ
30 ޑިސެމްބަރު 2017

ކަމަލަ މިލްސް ޝޮޕިން ސެންޓަރު ގައި އަލިފާން ރޯވުން: މަރުވި މީހުންގެ އަދަދު 15 އަށް އަރައިފި

30 ޑިސެމްބަރު 2017
ކަމަލަ މިލްސް ޝޮޕިން ސެންޓަރު ގައި އަލިފާން ރޯވުން: މަރުވި މީހުންގެ އަދަދު 15 އަށް އަރައިފި
15 އޮކްޓޯބަރު 2017

ކެލިފޯނިއާގެ ޖަންގަލިތަކުގައި ރޯވުން:މަރުވި މީހުންގެ އަދަދު 40 އަށް

15 އޮކްޓޯބަރު 2017
ކެލިފޯނިއާގެ ޖަންގަލިތަކުގައި ރޯވުން:މަރުވި މީހުންގެ އަދަދު 40 އަށް
22 ޖޫން 2017

ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވުން: ކެންސިންގޓަން ކައުންސިލްގެ ޗީފް އިސްތިއުފާ ދެއްވައިފި

22 ޖޫން 2017
ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވުން: ކެންސިންގޓަން ކައުންސިލްގެ ޗީފް އިސްތިއުފާ ދެއްވައިފި
20 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ

20 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ
19 ޖޫން 2017

ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވުން:"މިއީ އެތައް އަހަރެއްގެ އިހުމާލު" ކަމަށް މޭޔަރ ވިދާޅުވެއްޖެ

19 ޖޫން 2017
ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވުން:"މިއީ އެތައް އަހަރެއްގެ އިހުމާލު" ކަމަށް މޭޔަރ ވިދާޅުވެއްޖެ
14 ޖޫން 2017

ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވުން: މަރުވި މީހުންގެ އަދަދު 12 އަށް އަރައިފި

14 ޖޫން 2017
ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވުން: މަރުވި މީހުންގެ އަދަދު 12 އަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު