Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންޑަންގެ ފްލެޓެއްގައި ރޯވުން

ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވުން:"މިއީ އެތައް އަހަރެއްގެ އިހުމާލު" ކަމަށް މޭޔަރ ވިދާޅުވެއްޖެ

ބީބީސީން ބުނެފައިވަނީ 70 މީހަކު މަރުވިކަން އެނގިފައިވާކަމަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 19 ޖޫން 2017 | ހޯމަ 04:42
ޚާން ވިދާޅުވީ އަލިފާނުގެ ހާދިސާއަކީ ގައުމީ ކާރިސާއެއް ކަމަށާއި ގައުމީ އިޖާބައެއް ބޭނުންވާ ކަމެއްކަމަށް

ޚާން ވިދާޅުވީ އަލިފާނުގެ ހާދިސާއަކީ ގައުމީ ކާރިސާއެއް ކަމަށާއި ގައުމީ އިޖާބައެއް ބޭނުންވާ ކަމެއްކަމަށް

ގްރެންފެލް ޓަވަރުގެ އަލިފާނުގެ ހާދިސާއަކީ ލޯކަލް ކައުންސިލް އަދި ކާމިޔާބު ސަރުކާރުތަކުގެ "އެތައް އަހަރެއްގެ އިހުމާލު"ކަމަަށް ލަންޑަންގެ މޭޔަރ ސާދިގް ޚާން ވިދާޅުވެއްޖެއެވެ.

މަރުވި މީހުންގެ ޖަނާޒާއަށް ހާޒިރުވެ ވަޑައިގަތުމަށްފަހު ޚާން ވިދާޅުވީ އަލިފާނުގެ ހާދިސާއަކީ ގައުމީ ކާރިސާއެއް ކަމަށާއި ގައުމީ އިޖާބައެއް ބޭނުންވާ ކަމެއްކަމަށެވެ.

ކެންސިންގްޓަން އަދި ޗެލްސީ ކައުންސިލްގެ ލީޑަރު ވިދާޅުވީ ބުދަ ދުވަހު ހިނގި ހާދިސާއަށްފަހު ސައްވީސް ގަޑިއިރު އޮފިޝަލުން މަސައްކަތް ކުރަމުންދާކަމަށެވެ.

ސަރުކާރުން ބުނެފައިވަނީ ގެދޮރު ގެއްލުނު ފަރާތްތަކަށް 5،500 ޕައުންޑް ދިނުމަށް ނިންމާފައިވާކަމަށެވެ.

ހުކުރު ދުވަހު އިއުލާނުކުރި 5 މިލިއަން ޑޮލަރުގެ އިމަރޖެންސީ ފަންޑުން ކޮންމެ ގޭ ބިސީއަކަށް މަދުވެގެން 500 ޕައުންޑް ނަގުދުު ފައިސާއިން ދޭއިރު އެކައުންޓަށް 5000 ޕައުންޑު ޖަމާކުރެވިގެންދާނެއެވެ.

ކެންސިންގޓަންގައި ހުންނަ 24 ބުރީގެ އިމާރާތުގައި ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގާފައިވާ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މަދުވެގެން 58 އަށް އަރާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން މިހާރުވަނީ ލަފާކޮށްފައެވެ.

މަރުވި މީހުންގެ ތެރެއަށް އިތުރުވީ އަދަދު ހޯމަ ދުވަހު ފުލުހުން ހާމަ ކުރާނެކަމަށް ބެލެވެއެވެ.

ބީބީސީން ބުނެފައިވަނީ 70 މީހަކު މަރުވިކަން އެނގިފައިވާކަމަށެވެ.

އަށާރަ މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާއިރު ނުވަ މީހެއްގެ ހާލު ނާޒުކު ކަމަށް އޮފިޝަލުން ބުނެއެެވެ.

އިތުރަށް ކިޔާލަން

12 ޖޫން 2017

އެތައް ސަތޭކަ ކޮންޓޭނަރުގެ ކާބޯތަކެތި އޮމާނުން ޤަތަރަށް ފޮނުވައިފި

12 ޖޫން 2017
އެތައް ސަތޭކަ ކޮންޓޭނަރުގެ ކާބޯތަކެތި އޮމާނުން ޤަތަރަށް ފޮނުވައިފި
12 ޖޫން 2017

ފުޓިންގެ ވެރިކަމާމެދު ނުރުހުންވެ އެތައް ހާސް ބަޔަކު ރަޝިޔާގައި މުޒާހަރާ ކުރަނީ

12 ޖޫން 2017
ފުޓިންގެ ވެރިކަމާމެދު ނުރުހުންވެ އެތައް ހާސް ބަޔަކު ރަޝިޔާގައި މުޒާހަރާ ކުރަނީ
23 މެއި 2017

މެންޗެސްޓަރ އެރީނާގައި ދިން ހަމަލާގައި 19 މީހުންް މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

23 މެއި 2017
މެންޗެސްޓަރ އެރީނާގައި ދިން ހަމަލާގައި 19 މީހުންް މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
01 މެއި 2017

އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ

01 މެއި 2017
އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ
28 އެޕްރީލު 2017

ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

28 އެޕްރީލު 2017
ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު