Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާ ފްލައިޓްގައި ރޯވުން

ރަޝިއާގެ ފްލައިޓްގައި ރޯވުން: މަރުވި މީހުންގެ އަދަދު 41 އަށް

ފްލައިޓްގައި ދަތުރު ކުރަމުން ދިޔައީ 78 ފަސިންޖަރުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 6 މެއި 2019 | ހޯމަ 17:49
ފްލައިޓް ކްރޭޝް ލޭންޑް ކުރަން ޖެހުނު ސަބަބު އެއްވެސް ރަސްމީ ފަރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވޭ

ފްލައިޓް ކްރޭޝް ލޭންޑް ކުރަން ޖެހުނު ސަބަބު އެއްވެސް ރަސްމީ ފަރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވޭ

ރަޝިއާގެ އެއާލައިނެއް ކަމަށްވާ އެރޯފްލޮޓްގެ ފްލައިޓެއްގައި ރޯވެ، މަރުވި މީހުންގެ 41 އަށް އަރައިފިއެވެ.

އެރޯފްލޮޓް ފްލައިޓް އެސްޔޫ 1492 ގައި މަރުވި މީހުންގެ ތެރޭގައި ދެ ކުޑަ ކުދިން ވެސް ހިމެނެއެވެ.

އާދިއްތަ ދުވަހު މޮސްކޯއިން މަރމަންސްކް އަށް ދަތުރު ކުރަމުން ދިޔަ މި ފްލައިޓްގައި ދިމާވި އެމަޖަންސީއެއްގެ ސަބަބުން ފްލައިޓް އަނބުރާލުމަށް ފަހު ކްރޭޝް ލޭންޑް ކުރަން އުޅުމުގެ ތެރޭގައި ވަނީ ރޯވެފައެވެ.

ފްލައިޓް ކްރޭޝް ލޭންޑް ކުރަން ޖެހުނު ސަބަބު ރަސްމީ އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކޮށްފައި ނުވާއިރު، ރަޝިއާގެ 'އިންޓަފެކްސް ނިއުސް' އިން ރިޕޯޓް ކުރާ ގޮތުގައި ފްލައިޓް އަނބުރާލަން ޖެހުނީ ހޮނު އެޅުމުގެ ސަބަބުން ކޮމިއުނިކޭޝަން ގެއްލުމުންނެވެ.

މަރމަންސްކް އަށް ދަތުރު ކުރަމުން ދިޔަ އެރޯފްލޮޓް ފްލައިޓް އެސްޔޫ 1492 މޮސްކޯއަށް އަނބުރާލީ ނައްޓާލިތާ 30 މިނިޓް ފަހުންނެވެ.

ފްލައިޓް ޖެއްސި އިރުގެ ވީޑިއޯތަކުން ދައްކާ ގޮތުގައި ލޭންޑް ކުރަން ދިޔަ އިރު ރޯވެފައެއް ނެތެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ބާރަށް އައިސް ޖެއްސުމުން ފްލައިޓް ކަހާލައިގެން ދެއެވެ. އަދި ދެވަނަ ފަހަރަށް ރަންވޭގައި ޖެހުމާ އެކު ރޯވާ މަންޒަރު ފެނެއެވެ.

އެ އަށް ފަހު 55 ސިކުންތު ތެރޭގައި ހުރިހާ ފަސިންޖަރުން ނެރެފައިވާ ކަމަށް އެރޯފްލައިޓުން ބުނެފައި ވެއެވެ.

އެރޯފްލޮޓް ފްލައިޓް އެސްޔޫ 1492ގައި ދަތުރު ކުރަމުން ދިޔަ ހުރިހާ ފަރާތްތައް ސަލާމަތް ކުރުމަށް އެންމެހާ މަސައްކަތް ކުރިކަމަށާއި ފްލައިޓުން އެންމެ ފަހުން ފާބައިފައިވަނީ އޭގެ ކެޕްޓަންކަމަށް އެރޯފްލޮޓުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައި ވެއެވެ.

މި ފްލައިޓްގައި 78 މީހުން ދަތުރު ކުރަމުން ދިޔަ އިރު، 37 މީހުން ވަނީ ސަލާމަތް ވެފައެވެ. އެއީ 33 ފަސިންޖަރުންނާއި ހަތަރު ކްރޫ މެމްބަރުންނެވެ. އަދި ރަޝީއާގެ އިންވެސްޓިގޭޓިވް ކޮމިޓީގެ ތަރުޖަމާނު، އެލެނާ މާކޮސްކަޔާ ވިދާޅުވި ގޮތުގައި އެތަނުން ފަސް މީހުންނަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އަދި ކަންތައް ވީގޮތް ބެލުމަށް "ފުރިހަމަ" ތަހުގީގެއް ހިންގުމަށް ރަޝިއާގެ ރައީސް ވްލާޑަމިއެރ ޕުޓިން ވަނީ އަންގާފައެވެ.

އެގޮތުން، އިންވެސްޓިގޭޓިވް ކޮމިޓީން ތަހުގީގު ކުރާ ކަންތަކުގެ ތެރޭގައި މިކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކުގެ ގާބިލްކަން ބެލުން ހިމެނެއެވެ. އަދި ތަހުގީގަށް ބޭނުންވާ ފްލައިޓްގެ ރިކޯޑަރުތައް މިހާރު ވަނީ ހޯދިފައެވެ.

އެރޯފްލޮޓް ފްލައިޓް އެސްޔޫ 1492 އަކީ 2011 ވަނަ އަހަރު ތައާރަފްވި ސުކޮއި ކުންފުނީގެ ފްލައިޓެކެވެ. އެއީ ރަޝިއާގެ ކުންފުންޏަކަށްވާއިރު، އޭގެ 100 އަށް ވުރެ ގިނަ ފްލައިޓް ދުނިޔޭގައި އެކި ކަންކޮޅުގައި އޮޕަރޭޓް ކުރާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ހާދިސާއަށް ފަހު ވެސް، ސުކޮއިގެ ފްލައިޓްތައް ގްރައުންޑް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ރަޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، އެ ކުންފުނީގެ ކުރީގެ އިންޖިނިއަރަކު ވަނީ އެ ފްލައިޓްތަކުގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއް ސަބަބަކީ 2014 ވަނަ އަހަރު ރަޝިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުގެ ސަބަބުން ފްލައިޓަށް ބޭނުންވާ ބައިތައް ހޯދަން އުނދަގޫވުން ކަމަށް އޭނާ ފާހަގަކޮށްފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު