Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮސްޓްރޭލިއާ އަލިފާންގަނޑު

އޮސްޓްރޭލިއާ އަލިފާންގަނޑު: ގޯސްތަކެއް ހެދުނުކަމަށް ބޮޑުވަޒީރު އިއުތިރާފުވެވަޑައިގެންފި

އަލިފާންގަނޑު ކޮންޓްރޯލް އެދެވޭވަރުގެ މަސައްކަތެއް ނުކުރެވޭ ކަމަށްބުނެ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވޭ

އަމަން ހަލީމް
އަމަން ހަލީމް | 12 ޖެނުއަރީ 2020 | އާދީއްތަ 06:11
އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން

އޮސްޓްރޭލިއާގެ އެކި ސަރަހައްދުތަކުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރަން ކުރެވުނު މަސައްކަތުގައި ގޯސްތަކެއް ހެދުނުކަމަށް އެގައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން އިއުތިރާފުވެވަޑައިގެންފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޮސްޓްރޭލިއާގެ އެކި ސަރަހައްދުތަކުގައި ރޯވި އަލިފާންގަނޑުތަކާއި ގުޅިގެން، މިހާތަނަށް އައިއިރު 28 މީހެއްގެ ފުރާނަ ގެއްލި، އެތައް ހާސް ބައެއްގެ ގެދޮރު ވަނީ ނެތިގެން ގޮސްފައެވެ. އަދި މިހާދިސާތަކާއި ގުޅިގެން މަރުވި ޖަނަވާރުތަކުގެ އަދި ބައި މިލިއަނަށް ވުރެ ގިނަކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ އަންދާޒާކޮށްފައެވެ.

ފާއިތުވި މަހުގެ ތެރޭގައި ރޯވި ސަރަހައްދުތަކަށް ބޮޑުވަޒީރު މޮރިސަން ކުރެއްވި ޒިޔާރަތްތަކުގައި، އެސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ވަނީ އެމަނިކުފާނާ ދެކޮޅަށް ނުރުހުންފާޅުކޮށްފައެވެ. ވޯޓު ހޯދަން އެމަނިކުފާނަށް އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެން، އޮސްޓްރޭލިއަން ބްރޮޑްކާސްޓިންގ ކޯޕަރޭޝަން (އޭބީސީ) އަށް ދެއްވި އިންޓަވިއުއެއްގައި މޮރިސަން ވަނީ، މިމައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރިޔަށްވުރެ ގާތުން މަސައްކަތްތަކެއް ކުރަން ތައްޔާރަށް ތިބިކަން ހާމަކުރައްވާފައެވެ.

އޭގެ އިތުރުން، އަލިފާންގަނޑުގެ މައްސަލައިގައި ސަރުކާރުން އަމަލުކުރީ ރަނގަޅައްތޯ ބެލުމަށް ރޯޔަލް ކޮމިޝަން ރިވިއުއަކަށް އެދިވަޑައިގަންނަވާނެ ކަމަށްވެސް މޮރިސަން ވިދާޅުވިއެވެ. މިޒާތުގެ ކޮމިޝަންތަކަކީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކޮށްފައިވޭތޯ ބެލުމަށް އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި އުފައްދާ މިނިވަން މުސްތަގިއްލު ކޮމިޝަންތަކެކެވެ.

އަލިފާންގަނޑުތައް ރޯވުމާއި ގުޅިގެން، މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް އޮސްޓްރޭލިއާ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. މިހާދިސާތައް ދިމާވާން މެދުވެރިވީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެންތޯ ކަނޑައެޅުމަށް ދިރާސާއެއް ހެދުމަށް އޮސްޓްރޭލިއާ ސަރުކާރުން ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
19 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި
18 އެޕްރީލު 2017

އޮސްޓްރޭލިއާގައި މިޔަރު ހަމަލާއެއްގައި އަންހެންކުއްޖަކު މަރުވެއްޖެ

18 އެޕްރީލު 2017
އޮސްޓްރޭލިއާގައި މިޔަރު ހަމަލާއެއްގައި އަންހެންކުއްޖަކު މަރުވެއްޖެ
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
04 އެޕްރީލު 2017

އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ

04 އެޕްރީލު 2017
އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ
28 މާރިޗު 2017

ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

28 މާރިޗު 2017
ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު