Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންޑަންގެ އަލިފާނުގެ ހާދިސާ

ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވުން: މަރުވި މީހުންގެ އަދަދު 12 އަށް އަރައިފި

މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ފުލުހުން ބުނޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 14 ޖޫން 2017 | ބުދަ 16:26
އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގޭ ކަމަށް އޮފިޝަލުން ބުނޭ

އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގޭ ކަމަށް އޮފިޝަލުން ބުނޭ

އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގެ ހުޅަނގު ސަރަހައްދެއްގައި ހުންނަ އެޕާޓްމަންޓު ބްލޮކެއްގައި ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 12 އަށް އަރައިފިއެވެ.

މި އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް ފުލުހުން ލަފާކުރެއެވެ.

ލަންޑަނުގެ ނޯތު ކެންސިންޓަންގައި ހުންނަ 24 ބުރީގެ ގްރެންފެލް ޓަވަރުގައި އަލިފާން ރޯވެފައިވާ މަންޒަރު ދުށް މީހުން ބުނި ގޮތުގައި އިމާރާތުގެ ތެރޭގައި ތާށިވެފައި ތިބި ވަރަށް ގިނަ ބަޔަކު އެހީއަށް އެދި އެމީހުންގެ ކުދިން ސަލާމަތް ކޮށްދިނުމަށް ގޮވަމުން ދިޔަތަން ފެނިފައިވެއެވެ.

ލަންޑަން އެމްބިއުލާން ސާވިސް އިން ބުނާގޮތުން ހޮސްޕިޓަލުން 70 މީހަކަށް ފަރުވާދޭން ޖެހުނުއިރު 20 މީހެއްގެ ހާލު ސީރިއަސްއެވެ. އޭގެ ތެރޭގައި ސަލާމަތްވުމަށް އިމާރާތުން ފުންމައިލި ކުޑަކުދިންނާއި މީހުން ހިމެނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އަލިފާން ރޯވި 24 ބުރީގެ އިމާރާތް ބިމާ ހަމަވެދާނެ ކަމުގެ ބިރު ވެސް މިހާރު އެބައޮތެވެ.

ލަންޑަނުގެ ފަޔާ ކޮމިޝަނަރު ޑެނީ ކޮޓަން ވިދާޅުވީ ވަރަށް ބޮޑު ހާދިސާއެއް ކަމަށާއި މިފަދަ ކަމެއް އަދި އޭނާ ނުދެކޭ ކަމަށެވެ. ލަންޑަންގަޑިން މެންރު އެކެއް ޖެހިއިރު ފަޔަރ ކޮމިޝަނަރ ޑެނީ ކޮޓޮން ވިދާޅުވީ ފަޔަރ ފައިޓަރުން އިތުރު 24 ގަޑިއިރު ހާދިސާ ހިނގު ސަރަހައްދުގައި ތިބެން ޖެހިދާނެ ކަމަށެވެ. 12 ގަޑިއިރުވި އިރު އަލިފާންގަނޑު ކޮންޓްރޯލްވި ނަމަވެސް ދޭތެރެ ދޭތެރެއިން އެކި ދިމަދިމާ އިން ހުޅުފަޅައިގެން ދިޔަ މަންޒަރު ފެނުނެވެ.

އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގޭ ކަމަށް އޮފިޝަލުން ބުނެއެވެ. ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހާދިސާ ރިޕޯޓްކުރުމަށް ފުލުހުންނަށް ގުޅާފައިވަނީ ބުދަ ދުވަހުގެ ރޭ މެންދަމު 12:54ގައި ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ 120 އަށް ވުރެ ގިނަ އާއިލާ ދިރިއުޅޭ އެ ބިލްޑިންގެ އެޕާޓްމަންޓެއްގައި ހުރި ފްރިޖެއްގައި ހުޅު ރޯވެގެންނެވެ.

އަލިފާން ރޯވި ގްރެންފެލް ޓަވަރަކީ 1974 ގައި އިމާރާތް ކޮށްފައިވާ 120 ފްލެޓް ހިމެނޭ ޓަވަރެކެވެ. ނަމަވެސް ދާދިފަހުން އިމާރާތުގެ އާބާރުތަ ފިލުވުމަށް 10.9 މިލިއަން ޑޮލަރު ހޭދަކޮށްފައި ވެއެވެ. ނަމަވެސް އަލިފާނުން ރައްކާތެރިވުމުގެ ނިޒާމު ގާއިމުކުރުމުގެ ޕްލޭން އަދި ވަނީ ނުނިމިއެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި

20 މެއި 2017
ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު