Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެލިފޯނިއާ އަލިފާން

ކެލިފޯނިއާގެ ޖަންގަލިތަކުގައި ރޯވުން:މަރުވި މީހުންގެ އަދަދު 40 އަށް

އަދިވެސް 16 ތަނެއްގައި އަލިފާން ވަނީ ރޯވެފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 15 އޮކްޓޯބަރު 2017 | އާދީއްތަ 06:59
މިހާތަނަށް ނުނިވި ވާ 16 ތަނަކުން އަލިފާން ނިއްވުމަށް 10،000 އަށްވުރެ ގިނަ ފަޔަރަ ފައިޓަރުން މަސައްކަތް ކުރަމުން ދޭ

މިހާތަނަށް ނުނިވި ވާ 16 ތަނަކުން އަލިފާން ނިއްވުމަށް 10،000 އަށްވުރެ ގިނަ ފަޔަރަ ފައިޓަރުން މަސައްކަތް ކުރަމުން ދޭ

ކެލިފޯނިއާގެ ޖަންގަލިތަކުގައި އަލިފާން ރޯވެ އަނދަމުންދާތާ 6 ދުވަސް ވެފައިވާއިރު މަރުވި މީހުންގެ އަދަދު 40 އަށް އަރައި އެތައް ހާސް ގެއެއް އަނދައިގެން ގޮސްފިއެވެ.

ކެލިފޯނިއާގެ ގަވަރނަރ ވިދާޅުވީ މިއީ އެ ސްޓޭޓަށް މިހާތަނަށް ކުރިމަތިވި " އެންމެ ބޮޑު އެއް ކާރިސާ" ކަމަށެވެ.

މިހާތަނަށް ނުނިވި ވާ 16 ތަނަކުން އަލިފާން ނިއްވުމަށް 10،000 އަށް ވުރެ ގިނަ ފަޔަރ ފައިޓަރުން މަސައްކަތް ކުރަމުން ދެއެވެ.

ގަޑިއަކު 45 މޭލު ބާރު މިނުގައި ޖެހެމުންދާ ވައިގެ ސަބަބުން އިތުރު ޓައުންތަކަށް އަލިފާން ފޯރައި އެތައް ބަޔަކު ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރަން ވަނީ މަޖުބޫރުވެފައެވެ.

އެންމެ ބޮޑަށް އަސަރު ކޮށްފައިވާ ސަރަހައްދަކީ ވައިން އުފައްދާ ސޮނޯމާ ސަރަހައްދު ކަމަށްވާއިރު އެ ސަރަހައްދުން ހޮނިހިރު ދުވަހު ވެސް ވަނީ 3،000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކޮށްފައެވެ.

"މިއީ ގަބޫލު ކުރަން ވެސް ދަތި ގެއްލުންތަކެއް" ގަވަރނަރ ޖެރީ ބްރައުން އެ ސިޓީއަށް ޒިޔާރަތްކުރައްވައި ވިދާޅުވިއެވެ.

" މިއީ އެއްވެސް މީހަކަށް ޚިޔާލަށް ވެސް ނުގެނެވޭނެ ފަދަ ބިރުވެރިކަމެއް"

މިއީ ކެލިފޯނިއާގެ ތާރީޚުގައި ކުރިމަތިވި އެންމެ ގެއްލުން ބޮޑު އަލިފާނުގެ ހާދިސާ ކަމަށްވާއިރު މިހާތަނަށް 100،000 އެއްހާ މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. އަދި އެތައް އަވަށްތަކެއްވަނީ އަޅިއަށްވެގެން ގޮސްފައެވެ.

އަލިފާން ނިއްވުމުގައި މަސައްކަތް ކުރާ ފަރާތްތަކަށް ހުކުރު ދުވަހުވަނީ ކުޑަ ކުރިއެރުމެއް ލިބިފައެވެ. އެ ފަރާތްތަކުން ވަނީ ދެކުނުގެ ސަރަހައްދުތަކުގައި ހުރި އަލިފާން ހިފާފާނެ ސާމާނު އެހެން ސަރަހައްދުތަކަށް ބަދަލު ކޮށްފައެވެ. ނަމަވެސް ބާރު ވަޔާއި ވައިގެ ތެތްކަށް ދަށަށް ގޮސްފައިވާ ވަރުން އަލިފާންގަޑު ދަނީ އިތުރަށް ފެތުރެމުންނެވެ.

އިތުރަށް ކިޔާލަން

31 މެއި 2017

ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި

31 މެއި 2017
ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި
20 މެއި 2017

ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި

20 މެއި 2017
ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު