Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކަމަލަ މިލްސް ޝޮޕިން ސެންޓަރު

ކަމަލަ މިލްސް ޝޮޕިން ސެންޓަރު ގައި އަލިފާން ރޯވުން: މަރުވި މީހުންގެ އަދަދު 15 އަށް އަރައިފި

އަލިފާންގަނޑު ނިއްވާލެވިފައި ވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 30 ޑިސެމްބަރު 2017 | ހޮނިހިރު 00:18
އަލިފާނުގެ ހާދިސާ ހިނގި އިމާރާތް

އަލިފާނުގެ ހާދިސާ ހިނގި އިމާރާތް

އިންޑިއާގެ މުމްބާއިގެ ޝޮޕިން ސެންޓަރެއް ކަމަށްވާ "ކަމަލަ މިލްސް" ގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މަދުވެގެން 15 އަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ރޭ މެންދަމު ހިނގި މި ހާދިސާގައި 30 މިނެޓުގެ ތެރޭގައި މި އިމާރާތުގައި އެއްކޮށް އަލިފާން ރޯވިކަމަށް ރިޕޯޓުތައް ބުނެއެވެ. އަލިފާން ރޯވީ ޝޮޕިން ސެންޓަރުގެ ރެސްޓޯރަންޓެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ޝޮޕިން ކޮމްޕްލެކްސްގައި ރޯވި އަލިފާންގަނޑު ނިއްވާލެވިފައި ވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

މި ހާދިސާގައި މީހުން މަރުވެފައި ވަނީ އިމާރާތުގެ ސީލިން ވެއްޓުމުގެ ސަބަބުން އިމާރާތުގެ ތެރޭގައި ތާށިވެގެންކަމަށް ވާއިރު މި ހާދިސާގައި މަރުވި 15 މީހުންގެ ތެރެއިން 11 މީހުންނަކީ އަންހެނުންނެވެ. އަދި އެ މީހުންނަކީ އަލިފާން ރޯވި ރެސްޓޯރަންޓުގައި އޮތް އުފަންދުވަހުގެ ޕާޓީއަކަށް ދިޔަ މީހުން ކަމަށް އިންޑިއާގެ މީޑިއާތަކުގައިވެއެވެ. މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު 21 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މުމްބާއީގެ ފުލުހުންގެ ތަރުޖަމާނު ދީޕަކް ދީރަޖް ވަނީ އަލިފާން ރޯވި ރެސްޓޯރަންޓުގެ ވެރިފަރާތާއި ޕާޓްނަރުންނާ ދެކޮޅަށް މައްސަލައެއް ހުށަހެޅިފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު