Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިމަބިހި ނައްތާލުމުގެ ކެމްޕެއި

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ 95 ޕަސެންޓް ކަވަރ ކުރެވޭނެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2017 | އާދީއްތަ 14:33
މިނިސްޓަރ އަބްދުﷲ ނާޒިމް

މިނިސްޓަރ އަބްދުﷲ ނާޒިމް

ހިމަބިހި ނައްތާލުމަށްޓަކައި، ހެލްތް މިނިސްޓްރީން ފެށި ކެމްޕެއިނުގައި 70،000 މީހުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި މި ކެމްޕެއިނަށް ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ހެލްތް މިނިސްޓްރީން ހާމަކޮށްފި އެވެ.

ވިހި ވިއްސާ ހަމައަށް ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުން މި ބަލި ނައްތާލުމަކީ މި ސަރަހައްދުގެ އަމާޒެވެ. ޑަބްލިޔޫއެޗްއޯގެ އުސޫލު އޮންނަ ގޮތުން މި ބަލި ނައްތާލާފައިވާކަން ކަށަވަރުކުރުމުގެ މަސައްކަތް ފަށާނީ ބަލި ނުފެންނަތާ ތިން އަހަރު ފަނުންނެވެ. ރާއްޖޭގައި ހިމަބިހި ނުފެންނަތާ ހަ އަހަރު ވެއްޖެ އެވެ. އެންމެ

Advertisement - newsAdvertisement

ހިމަބިހި ނައްތާލުމަށްޓަކާ ހެލްތް މިނިސްޓްރީން ފެށި ކެމްޕެއިންނާ ގުޅޭ ގޮތުން ރައީސް އޮފީހުގާ އާދީއްތަ ދުވަހު ފެށި ކެމްޕެއިނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ ރާއްޖެއިން ހިމަބިހި ނައްތާލުމަށް ފަށާފައިވާ ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ހިމަބިހީގެ ވެކްސިން ދިނުމަށް ރޭވިފައިވާ ކަމަށެވެ.

މާލޭގެ ސްކޫލުތައް ހިމެނޭ ގޮތަށް މާލޭގެ 11 ތަނެއްގައި ވެކްސިން ދިނުމުގެ ހަރަކާތްތައް ކުރިއަށްދާ އިރު އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުގައި ވެސް ވެކްސިން ދިނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިމަބިހި ނައްތާލުމަށް ފެށި ވެކްސިން ދިނުމުގެ ޕްރޮގްރާމަކީ ބަޖެޓްގެ ތެރެއިން ހިނގާ ހަރަދެއް ނޫން ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި ވެކްސިން ކެމްޕެއިނަށް ވެކްސިން ހޯދާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ މެދުވެރިކޮށް ބޮޑު ޑިސްކައުންޓަކާއެކު ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ

"މީގެ ކުރިންރާއްޖެއިން މެލޭރިޔާ، ފައިލޭރިޔާ ޕޯލިއޯ ވެސް ވަނީ ނައްތާލެވިފައި. މިއަހަރުގެ ތެރޭގައި ހިމަބިހިވެސް ނައްތާލެވިދާނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް،" މިނިސްޓަރ ނަޒިމް ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ޑަބްލިއޫއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެންޓޭޓީވް ޑރ. އަރްވިންދު މާތޫރު ވިދާޅުވީ ރާއްޖެއަށް އާއްމުކޮށްގެން ވެކްސިން ގެންނަނީ ރާއްޖޭގެ ބަޖެޓުގެ ތެރެއިން ކަމަށާއި އެހެން ނަމަވެސް މި ކެމްޕެއިނަށް ޚަރަދުކުރަނީ ޑަބްލިއުއެޗްއޯ އިން ކަމަށެވެ. އެގޮތުން ވެކްސިން ޑޯސްއެއްގެ އަގަކީ ގާތްގަނޑަކަށް 70 ސެންޓް ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ. މި ޕްރޮގްރާމްގެ ވެކްސިނަށް ޖުމުލަ 49،000 ޑޮލަރު ހަރަދުވާއިރު، އެއީ 755،000ރުފިޔާ އެވެ.

"ހިމަބިހީގެ ވެކްސިން އަކީ އާއްމުގޮތެއްގާ އެހެން ވެކްސިންތަކާ ބަލާ އިރު އަގުހެޔޮކޮށް ލިބެން ހުންނަ ވެކްސިންއެއް. އަދި ސިއްހަތުގެ ޖަމިއްޔާ މެދުވެރިކޮށް މި ވެކްސިން ހޯދުމުން އިތުރަށް ހަރަދު ކުޑަވާނެ" ޑރ އަރްވިންދު މާތޫރު ވިދާޅުވި އެވެ.

ހިމަބިއްސަކީ އެންމެ ފަސޭހައިން ގައިންގަޔަށް އަރާ އެއް ބައްޔެވެ. މި ބަލި ޖެހެނީ ނޭވާލާ ނިޒާމުގެ ތެރެއިންނެވެ. މި ބަލިން ރައްކާތެރިވުމަށް ވެކްސިން ނުޖަހާ ނަމަ 10 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 90 ޕަސެންޓް ކުދިންނަށް މި ބަލި ޖެހުން ގާތެވެ. މިބަލީގެ އަސަރު އެންމެ ބޮަޑަށް ކުރާނެ ކަމަށް ބެލެވެނީ ފަސް އަހަރުން ދަށުގެ ކުދިންނާއި 20 އަހަރުން މަތީގެ މީހުންނަށެވެ. އަދި ބަލިޖެހޭ ކުދިންގެ ތެރެއިން 10 ޕަސެންޓް ކުދިން ބަލީގައި މަރުވުމުގެ ފުރުސަތު އޮންނަ ކަމަށް ސިއްހީ މާހިރުން ހާމަކުރެއެވެ.

މި ސެޓްފިކެޓް ލިބިއްޖެ ނަމަ މީސްލްސް ނުވަތަ ހިމަބިހި ނައްތާލެވުނު ސަރަހައްދުގެ ފުރަތަމަ ގައުމަށްވުމަކީ މުޅި ގައުމަށް ލިބޭ ފަހުރެއްގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ލިބިގެންދާނެ ކުރިއެރުމެއް ކަަމަށް ހެލްތު މިނިސްޓްރީން ފާހަގަކުރެ އެވެ.

އަލަށް ފަށާ މިކެމްފެއިންގެ ތެރެއިން 95 ޕަސެންޓް މީހުންނަށް ވެކްސިންގެ ދެ ޑޯސް ޖަހައި، މުޅި ރާއްޖެ ރައްކާތެރިކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މީހުންނަށް މުއްދަތެއް ނެތް ގޮތަށް ޗުއްޓީ ދީފި

ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މީހުންނަށް މުއްދަތެއް ނެތް ގޮތަށް ޗުއްޓީ ދީފި

16 މާރިޗު 2017
އެއް ދުވަސްތެރޭގައި  ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

12 މާރިޗު 2017
އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި

އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި

26 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު