Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބިން ވިއްކުން ހ

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

ގާނޫނުއަސާސީއަށް ހުށަހަޅާ އިސްލާހު ބުރާސަފަތި ދުވަހު މަޖިލީހަށް ހުށަހެޅޭތޯ ދަނީ މަސައްކަތް ކުރަމުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2017 | ބުދަ 16:06
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު--

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު--

ރާއްޖޭގެ ބިންތައް ބޭރު ބަޔަކަށް ވިއްކުމާ އެމްޑީޕީން ކަނޑައެޅިގެން ދެކޮޅު ކަމަށާއި ގާނޫނުއަސާސީއަށް އިސްލާހު ހުށައަޅުއްވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ބުދަ ދުވަހު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މި ބައްދަލުވުމުގައި ތިންކަމަކަށް މަޝްވަރާކޮށް ގޮތެއް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ތިން ކަމުގެ ތެރެއިން އިބޫ މީޑިއާއަށް ހިއްސާކުރައްވާފައިވަނީ ސަރުކާރުން ފ. އަތޮޅު ވިއްކާލަން އުޅޭތީ އެކަމާބެހޭ ގޮތުން ނިންމާފައިވާ ނިންމުން އެކަންޏެވެ.

Advertisement - newsAdvertisement

"އަޅުގަނޑުމެން މަޝްރަވާކޮށްފަ މިއަދު މިނިންމީ ގާނޫނުއަސާސީއަށް މިގެނެވުނު އިސްލާހު، ބިން ވިއްކުމުގެ ފުރުސަތު ލިބޭގޮތަށް މިހާރު ގެނެވިފައިވާ އިސްލާހު، އިސްލާހު ކުރުމަށްޓަކައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގޮތަށް،" އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ބޭރު ބަޔަކަށް ރާއްޖޭގެ ބިން ވިއްކުމަށް ފުރުސަތު ލިބޭ ގޮތަށް ގާނޫނުއަސާސީއަށް މިހާރު ގެނެސްފައިވާ އިސްލާހު، އިސްލާހު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ބުރާސްފަތި ދުވަހު މަޖިލީހަށް އެބިލަށް ވެއްދޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އިބޫ ވިދާޅުވި އެވެ.

މީގެ އިތުރުން އިބޫ ވިދާޅުވީ ރާއްޖޭގެ ބިން ބޭރުގެ ބަޔަކަށް މިލްކު ކުރެވޭގޮތަށް އެއްވެސް އިރެއްގައި އެމްޑީޕީން ތާއީދުކޮށް، އެއްވެސް ބަޔަކާ މަޝްވަރާކޮފައިކޮށްފައި ނުވާނެ ކަމަށެވެ.

"ގާނޫނުއަސާސީއަށް ގެނެވުނު އެއިސްލާހު ގެނެވުނުއިރު، އެމްޑީޕީން ސަރުކާރާއެކު، އަދި އެއްވެސް ބަޔަކާއެކު ޑީލެއް ހަދާފައެއް ނުވާނެ،" ބިން މިލްކު ކުރެވޭގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ ގުޅޭގޮތުން އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ރާއްޖޭގެ އެއްވެސް ބިމެއް ރާއްޖޭން ބޭރުގެ އެއްވެސް ފަރާތަކަށް ވިއްކުމަށް އެމްޑީޕީން ތާއީދު ނުކުރާ ކަމަށާއި ރާއްޖޭގެ ރައްޔިތުންގެ ގާތްގަނޑަކަށް 99 ޕަސެންޓް ރައްޔިތުން ދެކެނީވެސް އެގޮތަށް ކަމަށެވެ. އަދި އެމްޑީޕީން އަބަދުވެސް ކަންކަން ނިންމާނީ ރާއްޖޭގެ ރައްޔިތުން އެދޭ ގޮތަށްކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ގާނޫނުއަސާސީގައި ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭގޮތަށް އޮތް މާއްދާ އިސްލާހު ކުރުމަށް ސަރުކާރު ކޯލިޝަން މެމްބަރުންނާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ މެމްބަރުންނާއި އަދި ވަކިޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު